އެވަޓާރ - ދަ ލާސްޓް އެއަރ ބެންޑަރ
ވިކިޕީޑިއާ އިން
| Avatar: The Last Airbender | |
|---|---|
| ބާވަތް | Animation |
| އުފެއްދީ | Michael Dante DiMartino Bryan Konietzko |
| ތަރިން | Zach Tyler Eisen Mae Whitman Jack DeSena Jessie Flower Dante Basco Mako (deceased) Greg Baldwin Dee Bradley Baker Grey DeLisle Crawford Wilson Olivia Hack Cricket Leigh Clancy Brown Mark Hamill Jason Isaacs |
| އަސްލު ދައްކާ ޤައުމު | |
| No. of seasons | 3 |
| އެޕިސޯޑް ތަކުގެ އަދަދު | 51 aired, 61 planned (List of episodes) |
| ޕްރޮޑަކްޝަން | |
| ދިގު މިން | 24 minutes |
| ބްރޯޑްކާސްޓް | |
| އަސްލު ދައްކާ ޗެނަލް | Nickelodeon |
| އެންމެ ފުރަތަމަ ދެއްކީ | February 21, 2005 – Present |
| އިތުރު ފާލަންތައް | |
| ރަސްމީ ވެބްސައިޓް | |
| IMDbގެ ޕްރޮފައިލް | |
| TV.comގެ ޚުލާސާ | |
އެވެޓާރ - ދަ ލާސްޓް އެއަރ ބެންޑަރ އަކީ މަޝްހޫރު ޓީވީ ސިލްސިލާ ކާރޓޫނަކަށް ދެވިފައިވާ ނަމެކެވެ. ބައެއް ޤައުމުތަކުގައި މިކާރޓޫނު މަޝްހޫރުވެފައިވަނޫ އެވެޓާރ – ދަ ލެޖެންޑް އޮފް އޭންގ ގެ ނަމުންނެވެ. މިކާރޓޫނު ދައްކަމުން އަންނަނީ ޓީވީ ޗެނެލް ނިކޮލޯޑިއަން އިންނެވެ. މި ކާރޓޫނުގައި ފެނިގެން ދާނީ ޖާދުލާއި ތަޅާ ފޮޅުމުގެ ޚިޔާލީ ދުނިޔެ އެއްގައި ބައިބައިވެފައިވާ 4 ޤައުމުގެ ތެރެއިން ފަޔާރ ނޭޝަން ގެ އަތްދަށުން ބާކީ އޮތް ދެޤައުމު ސަލާމަތް ކުރުމަށް އޭންގ ނަމަކަށް ކިޔާ 12 އަހަރުގެ ފިރިހެން ކުއްޖަކު ކުރާ މަސައްކަތެވެ. މި 12 އަހަރުގެ ފިރިހެން ކުއްޖަކީ އެވެޓާރ އެވެ. އަދި އޭންގ ގެ މިމަސައްކަތުގައި އޭނާގެ އެކުވެރިން ސޮކާ، ކެޓާރާ، ޓޯފް އަދި އޭންގ ގެ އެކުވެރި ދެ ޖަނަވާރުން ވާ އެހީ އެވެ.
މިކާރޓޫނު ލިޔެފައިވަނީ ފޮތެއްގެ ބައިތަކެއްގެ މައްޝަށެވެ. މިގޮތުން ކޮންމެ ބަޔަކީ ޗެޕްޓާރ އެކެވެ. އަދި ކޮންމެ ސީޒަނަކީ ފޮތެކެވެ. މިގޮތުން ފުރަތަމަ ސީޒަނަށް ދެވިފައިވާ ނަމަކީ ބުކް ވަން - ވޯޓާރ އެވެ. ނުވަތަ ފުރަތަމަ ފޮތް – ވޯޓާރ އެވެ. މިކާރޓޫނު އެންމެ ފުރަތަމަ ދައްކަން ފެށުނީ 2004 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ.
މިޝޯވ އުފައްދައި ތައްޔާރު ކުރީ މައިކަލް ޑޭންޓް ޑި މާރޓިނޯ އަދި ބްރަޔަން ކޮނިއެޓްޒްކޯ އެވެ. ނިކް ޓޫންސް ލައިން އަޕް ގައި މިކާރޓޫނަށް ވަރަށް ރަނގަޅު މަޤާމެއް ލިބިފައިވެއެވެ. އަދި ހަމައެހެންމެ ބެލުންތެރިންގެ މެދުގައިޔާއި ފާޑުކިޔާ ފަރާތްތަކުގެ މެދުގައި މިކާރޓޫނު ވަނީ މަޤްބޫލު ޝޯވ އަކަށް ވެފައެވެ.
މިސިލްސިލާގެ ކާމިޔާބުކަމާއި ހެދި ނިކޮލޯޑިއަން އަށް މަޖްބޫރުވީ މިސިލްސިލާގެ ދެވަނަ ސީޒަނެއް އުފެއްދުމަށެވެ. އަދި މިސިލްސިލާގެ 3 ވަނަ ސީޒަނެއް 2007 ވަނަ އަހަރުގެ ތެރޭގައި ރިލީޒްކުރުމަށްވަނީ ހަމަޖެހިފައެވެ.
މިކާރޓޫނގެ ސިލްސިލާގެ އިތުރަށް ހުރިހާ އެޕިސޯޑްގެ މައްޗަށް ހިމެނޭ 6 ޑީވީޑީގެ ސެޓެއް،
[އުނިއިތުރު ގެންނަވާ] ޝަޙްސިއްޔަތުތައް
[އުނިއިތުރު ގެންނަވާ] މުހިންމު ޝަހްސިއްޔަތުތައް
މިކާރޓޫނުގައި ދައްކުވައިދޭ މުހިންމު ޝަހްސިއްޔަތުތައް ފެނިގެންދާނީ އިންސާނުންގެ ގޮތުގައެވެ. މިގޮތުން ފެނިގެންދާ މުހިންމު ޝަހްސިއްޔަތު ތަކުގެ ތެރޭގައި:
އޭންގ ގެ ބަޔަށް އަޑު އަޅާފައިވަނީ މިޗެލް މަސޯއެވެ. އޭންގ އަކީ މަޖާ ކުރުމަށް ލޯބި ކުރާ 12 އަހަރުގެ ކުއްޖެކެވެ. (މީގެ އިތުރަށް އޭންގ 100 އަހަރު ގަނޑުފެންގަނޑެއްގެ ތެރޭގައި ތާށިވެފައި އޮތެވެ. ނޭވާ ނުލެވި، ހިތް ހުއްޓިފައެވެ. އހެން ނަމަވެސް މަރު ނުވެއެވެ.) އޭންގ އަކީ އެވެޓާރ ކަން އެނގުމުން އޭނާ 4 އެލެމެންޓް ދަސް ކުރަން ޖެހޭ ކަން އެނގެއެވެ. މިގޮތުން ވިއްސާރަ ރެއެއްގައި އޭންގ ގެ އުދުހޭ ޖަނާވާރާއި އެއްކޮށް ނިކުމެ އުޅެނިކޮށް މޫދަށް ވެއްޓި ގަނޑުވެއެވެ. މިގޮތުން މިގޮތުގައި 100 އަހަރު ތާށިވެފައި ވަނިކޮށް އޭންގ ސަލާމަތްވަނީ ކެޓާރާ އަދި ސޮކާ އާއި ހެދިއެވެ.
ދުނިޔޭގައި ދަތުރުކޮށް އާ ކަންތައް ދަސްކުރުމަކީ އޭންގ ކުރާ ހިތްވާ ކަމެކެވެ. އެހެންނަމަވެސް އޭންގ ގެ މީހުން ނެތުމުގެ ސަބަބުން އެކަމުގެ އަސަރު އޭނާ އަށް ވަރަށް ކުރެ އެވެ. މިހިތާމަ އޭނާގެ ހިތުތެރެއިން ފޮހެވެނީ އޭންގ ކެޓާރާ ދެކެ ވާ ލޯތްބާއި ޓޯފް އާއި ސޮކާ އާއި ދެމެދު އޮންނަ ވަރުގަދަ އެކުވެރިކަމުގެ ގުޅުމެވެ. އޭންގ އކީ އެއަރ ބެންޑާރ އިންގެ ތެރެއިން ދިރި ހުރި އެންމެ ފަހު އެއަރ ބެންޑާރ އެވެ. އަދި ހަމަ އެހެންމެ އެވެޓާރ ވެސް މެއެވެ.
ކެޓާރާ (މޭ ވައިޓްމަން) - އަކީ ސަދާން ވޯޓާރ ޓްރައިބްގެ ދިރި ހުރި ހަމައެކަނި ވޯޓާރ ބެންޑާރ އެވެ. އޭންގ ގަނޑުފެންގަނޑު ތެރޭގައި ތާށިވެފައިވަނިކޮށް ފެންނަ ހަމައެކަނި ބަޔަކީ ވެސް ކެޓާރާ އާއި އޭނާގެ ބޭބެ ސޮކާ އަށެވެ. ބައިބައި ވެފައިވާ 4 ޤައުމު އެކަތިގަނޑަކަށް ހެދުމަށާއި ފަޔަރ ލޯޑް ބަލިކުރުމަށް އޭންގ ކުރާ ހަނގުރާމައިގައި އޭންގ އަށް އެހީވާ މީހުންގެ ތެރޭގައި އެންމެ ކުރީ ސަފުގައި މި ދެމީހުން ފައިތިލަ ސާބިތު ކޮށްގެން ތިބެއެވެ. މިކާރޓޫނުގެ ސީޒަން 2ގައި އޭނާ ދެކެމުން އަންނަ ހުވަފެން ހަޤީޤަތަކަށް ހަދައެވެ. މިގޮތުން އޭނާ ވޯޓާރ ބެންޑިންގ މާސްޓާރ އަކަށް ވެއެވެ.
[އުނިއިތުރު ގެންނަވާ] ލިބިފައިވާ އެވޯޑް ތަކާއި ކާމިޔާބީތައް
| އެވޯޑް | ނަތީޖާ | |
| 2005 ވަނަ އަހަރުގެ ޕަލްސިނާ އެވޯޑްސް: | ||
| ބެސްޓް އެކްޝަން/އެޑްވެންޗަރ ޓީވީ ސީރީސް | ހާސިލްކުރެވުނު | |
| ބެސްޓް ޓީވީ ސީރީސް | ހާސިލްކުރެވުނު | |
| 33ވަނަ އަދި 34 ވަނަ އެނުއަލް އެމީ އެވޯޑްސް: | ||
| ބެސްޓް އެނިމޭޓެޑް ޓެލެވިޒަން ޕްރޮޑަކްޝަން | ނޮމިނޭޓްވި | |
| ސްޓޯރީބޯޑިންގ އިން އެން އެނިމޭޓެޑް ޓެލެވިޒަން ޕްރޮޑަކްޝަން (ދަ ޑެޒާރޓް) | ހާސިލްކުރެވުނު | |
| ރައިޓިންގ ފޯރ އެން އެނިމޭޓެޑް ޓެލެވިޒަން ޕްރޮޑަކްޝަން | ނޮމިނޭޓްވި | |
| ކެރެކްޓަރ އެނިމޭޝަން އިން އެން އެނިމޭޓެޑް ޓެލެވިޒަން ޕްރޮޑަކްޝަން (ދަ ބްލައިންޑް ބޭންޑިޓް) | ހާސިލްކުރެވުނު | |
| ޑައިރެކްޓިންގ އެން އެނިމޭޓެޑް ޓެލެވިޒަން ޕްރޮޑަކްޝަން (ދަ ޑްރިލް) | ހާސިލްކުރެވުނު | |
| ޖެނެސިސް އެވޯޑްސް 2007: | ||
| އައުޓްސްޓޭންޑިންގ ޗިލްޑްރެންސް ޕްރޮގްރާމިންގ (އާޕާސް ލޮސްޓް ޑޭސް) | ހާސިލްކުރެވުނު | |
| ޕްރައިމް ތައިމް އެމީ އެވޯޑްސް: | ||
| އައުޓްސްޓޭންޑިންގ އެނިމޭޓެޑް ޕްރޮގްރާމް (ސިޓީ އޮފް ވޯލްސް އެންޑް ސީކްރެޓްސް) | ނޮމިނޭޓްވި | |
| އިންޑިވިޖުއަލް އެޗީވްމެންޓް އެވޯޑް (ސެންގް ޖިން ކިމް އަދި ލޭކް ލައޮގާއި އަށް) | ހާސިލްކުރެވުނު | |

