އެބްޑަމިނަލް އެއޯޓާ

ވިކިޕީޑިއާ އިން
އެއޯޓާގެ ބައިތައް ދައްކައިދޭ ކުރެހުމެއް

އެބްޑަމިނަލް އެއޯޓާ ނުވަތަ (އިނގިރޭސި ބަހުން: Abdominal aorta) އަކީ ތިރިއަށްފައިބާ އެއޯޓާ ގައި ޑައަފްރަމް އަށްވުރެ ތިރީގައިވާ ބަޔެވެ. އެހެން ކަމުން މިބައި ހިމެނޭނީ ހަޖަމުކުރާ ނިޒާމް ގެ ގުނަވަންތައް ހިމެނޭ ހިސާބުގައެވެ. މިބައި ފެށެނީ ތޮރަސިކް އެއޯޓާ ނިމޭ ހިސާބުންނެވެ. މާނައަކީ މޭމައްޗާ ދިމާލުން މައިބަދައިގައިވާ ކަށިކޮޅުތަކުގެ ތެރެއިން 12 ވަނަ ކަށިކޮޅާ ހިސާބުންނެވެ. އެބްޑަމިނަލް އެއޯޓާ ނިމޭ ހިސާބުން އިންނަނީ ކޮމަން އިލިއެކް އާޓަރީ(Common iliac artery) ތަކަށް ކަފިވެގެން ގޮސްފައެވެ.

Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން