އެންސީއޯއިންގެ ޢަޒުމު

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަހަރެންނަކީ ނަން ކޮމިޝަންޑްއޮފިސަރެއް. އަހަރެންނަކީ ސިފައިންގެލީޑަރެއް. އަހަރެންގެފަންނުގައި އެންމެ މޮޅުމީހަކަށްވުމަކީ އަހަރެންގެޢަޒުމް.

ނަން ކޮމިޝަންޑްއޮފިސަރުންނަކީ ސިފައިންގެމައިބަދަ. ނަން ކޮމިޝަންޑް އޮފިސަރަކަށްވީތީ އަހަރެން ފަޚުރުވެރިވަން. އިސްލާމީ އަގުހުރި ސިފަތަކާއި، ސިފައިންގެ އަޚުލާޤީ ވާޖިބުތަކާއި އަދި ސިފަވަންތަ ހަރުދަނާއުޞޫލުތަކާ އެއްގޮތަށް އަހުރެންގެޢަމަލުތައް ބަހައްޓާނަން. ދީނީރުކުންތައް ފުރިހަމައަށް އަދާކުރާ، އަދި އެހެން މީހުންނަށްވެސް އެރުކުންތައް އަދާކުރުމަށް ބާރުއަޅާ މީހަކަށް އަހަރެންވާނަން.

އަހަރެންގެޢަމަލުތައް ބަހައްޓާނީ ނަން ކޮމިޝަންޑް އޮފިސަރުންނަށާއި، އެމް.އެން.ޑީ.އެފްއަށް އަދި ދިވެހިޤައުމަށްފަޚުރާއި ރީތިނަން ލިބޭފަދަ ގޮތަކަށް. އަދިކޮންމެފަދަ ޙާލަތަކާއި ކުރިމަތިލާން ޖެހުނަސް އަހަރެންގެޢަމަލުތައް ތެދުވެރިކަމާއި ސާބިތުކަންމަތީޤާއިމްކޮށް ބަހައްޓާނަން.

އަމިއްލަ އުފަލާއި ފައިދާއަށް އަދި އަމިއްލަ ސަލާމަތަށްޓަކައި ރޭންކާއިމަޤާމްގެބޭނުން ނުހަމަގޮތެއްގައި އަހަރެން ނުހިފާނަން.ޤާބިލްކަމަކީ އަހަރެންގެ ޒާތީސިފައެއް. އަހަރެން އަބަދުވެސް އެންމެ އިސްކަމެއްދޭނީ އަހަރެންނާއި ޙަވާލުކުރެވޭ މިޝަން ޙާޞިލްކުރުމަށް. އެއަށްފަހު އަހަރެންގެ ޓްރޫޕްސްގެ ސަލާމަތާއި ރައްކާތެރިކަން އަދި އެމީހުންގެ ވެލްފެއަރގެ ކަންތައްތަކަށް.

ފަންނީ އަދި އަސްކަރީ އުކުޅުތަކަށް މޮޅުމީހަކަށް ވުމަށް އަހަރެން އަބަދުވެސް މަސައްކަތްކުރާނަން. ނަން ކޮމިޝަންޑް އޮފިސަރެއްގެ ޙައިސިއްޔަތުން އަހަރެންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތު އަހަރެން ވަޒަންކުރަން. އަދި މިޒިންމާ އަހަރެން ފުރިހަމައަށް އަދާކުރާނަން.އަހަރެންގެ ދަށުން މަސައްކަތްކުރާ މީހުންނަކީ އެންމެމަތީ ފެންވަރުގެ ލީޑަރޝިޕްއަށް ޑިމާންކުރުމުގެ ފުރިހަމަ ޙައްޤުލިބިފައިވާ ހުނަރުވެރިޤާބިލްބައެއް. އެމީހުން އެއެދޭފަދަ ލީޑަރޝިޕެއް އަހަރެން ފޯރުކޮށްދޭނަން.

އަހަރެންގެ ޓްރޫޕްސްގެ ބޭނުންތައް އަހަރެންދަންނަން. އެމީހުންގެ ބޭނުންތައް އަމިއްލަ ކަންކަމުގެ ކުރިއަށް އަހަރެންނެރޭނަން. ޓްރޫޕްސް އާއިއެކުކުރެވޭ މުޢާމަލާތްތަކުގައި އަހަރެން ތެދުވެރިވާނަން. އަދި އެމީހުންނަށް ތެދު އަދި ފުރިހަމަ މައުލޫމާތު އަހަރެން ފޯރުކޮށްދޭނަން. އަހަރެންގެ ޓްރޫޕްސްގެ ރަނގަޅު އަދި ނުރަނގަޅުޢަމަލުތައް ފާހަގަކޮށް އިނާޔަތްތައް ދިނުމުގައްޔާއި އަދަބުދިނުމުގައި އަހަރެން އިންސާފު ވެރިވާނަން. އަދި ހަމަހަމަކަން ގެންގުޅޭނަން.

އަހަރެންގެ ޔުނިޓްގެ އޮފިސަރުންނަށް އަހަރެންގެ މަސްއޫލިއްޔަތު އަދާކުރާކަށް ނުޖެހޭނެ. އެއަށްވުރެ އަހަރެންގެ މަސައްކަތް ފުރިހަމަވެފައި ރަގަޅުވާނެ. އޮފިސަރުންނާއި ޓްރޫޕްސްގެ އިޙުތިރާމާއި އިތުބާރު އަހަރެންހޯދާނަން. އިސްފަރާތްތަކާއި، އެކީގައި މަސައްކަތްކުރާމީހުން އަދި ދަށުގައި މަސައްކަތްކުރާމީހުންނަށް އަހަރެން ތެދުވެރިވާނަން.

ފުރިހަމަ އިރުޝާދު ނުލިބޭ ދަނޑިވަޅު ތަކުގައިވެސް އަހަރެން އިސްނަގައިގެން މަސައްކަތްކުރާނަން.އަހަރެންގެ ތެދުވެރިކަމާއި އިޚުލާޞްތެރިކަމަށް ކުޑަނަމަވެސް ކިލަނބުކަމެއް އަޔަނުދިނުމަށް އަހަރެން މަސައްކަތްކުރާނަން. އަހަރެމެންނަކީޕްރޮފެޝަނަލް މީހުންކަމާއި ނަންކޮމިޝަންޑް އޮފިސަރުންކަން އަދި ލީޑަރުންކަން އަހަރެން ހަނދާން ނައްތައެއްނުލާނަން. އަދި އެހެންމީހުންނަށްވެސް އަހަރެން އަބަދުވެސް މިކަން ހަނދާން ކޮށްދޭނަން.

އަހަރެންނަކީ ނަން ކޮމިޝަންޑް އޮފިސަރެއް. އަހަރެންނަކީ ސިފައިންގެލީޑަރެއް. އަހަރެންގެ ފަންނުގައި އެންމެމޮޅު މީހަކަށްވުމަކީ އަހަރެންގެޢަޒުމް.


  --Allosaeed 05:11, 22 ޖެނުއަރީ 2012 (UTC)