އުޒްބެކިސްތާން
| Republic of Uzbekistan
O‘zbekiston Respublikasi
Ўзбекистон Республикаси |
||||||
|---|---|---|---|---|---|---|
|
|
||||||
| Anthem: National Anthem of the Republic of Uzbekistan |
||||||
| Capital (and largest city) |
Tashkent 41°16′N 69°13′E / 41.267°N 69.217°E |
|||||
| Official languages | Uzbek | |||||
| Recognised regional languages | Karakalpak | |||||
| Language for inter-ethnic communication |
Russian | |||||
| Ethnic groups | 80.0% Uzbek 5.5% Russian 5.0%-5.5% Tajik[1][2][3][4] 3.0% Kazakh 2.5% Karakalpak 1.5% Tatar 2.5% Others [5] |
|||||
| Demonym | Uzbekistani;[6] also Uzbek | |||||
| Government | Presidential republic | |||||
| - | President | Islam Karimov | ||||
| - | Prime Minister | Shavkat Mirziyoyev | ||||
| Independence | from the Soviet Union | |||||
| - | Formation | 17471 | ||||
| - | Uzbek SSR | 27 October 1924 | ||||
| - | Declared | 1 September 1991 | ||||
| - | Recognized | 8 December 1991 | ||||
| - | Completed | 25 December 1991 | ||||
| Area | ||||||
| - | Total | 447,400 km2 (56th) 172,742 sq mi |
||||
| - | Water (%) | 4.9 | ||||
| Population | ||||||
| - | 2009 estimate | 27,606,007 [7] (45th) | ||||
| - | Density | 61.4/km2 (136th) 159.1/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $71.618 billion[8] | ||||
| - | Per capita | $2,634[8] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $27.918 billion[8] | ||||
| - | Per capita | $1,026[8] | ||||
| Gini (2000) | 26.8 |
|||||
| HDI (2007) | ||||||
| Currency | Uzbekistan som (O'zbekiston so'mi) (UZS) |
|||||
| Time zone | UZT (UTC+5) | |||||
| - | Summer (DST) | not observed (UTC+5) | ||||
| Drives on the | right | |||||
| Internet TLD | .uz | |||||
| Calling code | 998 | |||||
| 1 | As Bukharian Emirate, Kokand Khanate, Khwarezm. | |||||
ރިޕަބްލިކް އޮފް އުޒްބެކިސްތާނަކީ މެދުތެރޭ އޭޝިޔާއަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ. ކުރިން މި ޤައުމަކީ ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި އޮތް ޤައުމެކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
އުޒްބެކިސްތާނުގެ ރަސްމީ ބަހަކީ އުޒްބެކް ބަހެވެ. އިނގިރޭސި ބަހުން އުޒްބެކިސްތާނު މީހުންނަށް ކިޔަނީ އުޒްބެކްސް ނުވަތަ އުޒްބެކިސްތާނީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތަޝްކަންތެވެ. އުޒްބެކިސްތާނުގެ ވެރިރަށަކީ ވެސް ތަޝްކަންތެވެ. އަފްޣާނިސްތާނަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 27 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 45 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.4 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ uz. އެވެ. ކޯލިން ކޯޑަކީ +998 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އުޒްބެކިސްތާން ސޯމްއެވެ.
[އުނިއިތުރު ގެންނަވާ] ނަން
އުޒްބެކިސްތާން މި ނަމުގެ މާނައަކީ އުޒްބެކުންގެ ބިމެވެ. އުޒްބެކިސްތާނަށް މި ނަން ދެވިފައިވަނީ އެ ޤައުމުގައި އެންމެ ގިނައީ އުޒްބެކް ނަސްލުގެ މީހުން ކަމުގައިވާތީއެވެ.
[އުނިއިތުރު ގެންނަވާ] ޖުޣުރާފީ
އުޒްބެކިސްތާނުގެ ހުޅަނގާއި އުތުގައި ގައި އޮތީ ކަޒަކިސްތާނެވެ. އިރުމަތީގައި އޮތީ ކިރްގިސްތާނާއި ތަޖިކިސްތާނެވެ. ދެކުނުގައި އޮތީ އަފްޣާނިސްތާނާއި ތުރުކުމަނިސްތާނެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
އެންމެ ފުރަތަމައަށް މެދުތެރޭ އޭޝިޔާއަށް އައީ އީރާނީ އަޝާޔަރުން (ވަކި ބިމެއްގައި ދާއިމީ ގޮތަކަށް ވަޒަންވެރިވެގެން ނޫޅޭ މީހުން ނުވަތަ ނޯމޭޑުން) ނެވެ. މި މީހުން އުޒްބެކިސްތާން އޮތް ސަރަޙައްދަށް އައިސްފައިވާ ކަމަށް ބެލެވެނީ ޢިސާއީ މީލާދުގެ ފުރަތަމަ ސާސްކަފުގެ ކުރީންނެވެ. މި ހިސާބުގައި އެންމެ ފުރަތަމަ ޝަހަރުތަކެއްގެ ގޮތުގައި ފާޅުވާން ފެށީ ބުޚާރާ އާއި ސަމަރްޤަންދެވެ. އުޒްބެކިސްތާނުގެ ބުޚާރާއަކީ މަޝްހޫރު ޙަދީޘް ޢިލްމުވެރިޔާ އިމާމް ބުޚާރީ އުފަންވެ ވަޑައިގަތް ޝަހަރެވެ. އެލެގްޒެންޑަރ ދަ ގްރޭޓް ވަނީ އީސާއީ މީލާދުގެ 327 އަހަރު ކުރީން މި ސަރަޙައްދު ފަތަޙަ ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ބާޚްތަރީ ވެރިޔާގެ ދަރިކަނބަލުން ރޯޝަންގާ ކައިވެނި ބައްލަވައިގެންފައެވެ. ރޯޝަންގަށް ކިޔާ އެހެން ނަން ނަމުގެ ތެރެއިން ރުޚްސާނާ އާއި ރުކްސާނާ ހިމެނެއެވެ. އުޒްބެކިސްތާނު ކުރީން އޮތީ އީރާނުގެ ސާސާނީ އަދި އަޝްކާނީންގެ ވެރިކަމުގެ ދަށުގައެވެ. ޗެންގީޒް ޚާންގެ ވެރިކަމުގައި މޮންގޯލުން ވަނީ 13 ވަނަ ޤަރުނުގައި މި ސަރަޙައްދު ފަތަޙަކޮށްފައެވެ. މީގެ ސަބަބުން މި ސަރަޙައްދަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. މޮންގޯލުން ވަނީ މި ހިސާބުގެ އަދިވާސީން ކަމުގައިވި ހިންދުއީރާނީ ދަރިކޮޅުގެ މީހުން އެއްކޮށް ހެން މި ބިމުން ބޭރުކޮށްފައި ނުވަތަ އެެމީހުންނާ ދެކޮޅަށް ޤަތުލުޢާއްމު ހިންގާފައެވެ. ޗެންގީޒް ޚާން އަވަހާރަވީ 1227 ގައެވެ. އޭނާ އަވަހާރަވުމުން އޭނާގެ ވެރިކަން ބަހާލެވުނީ އޭނާގެ ހަތަރު ދަރިންނާއި ޢާއިލާގެ މެންބަރުންގެ މެދުގައެވެ. މީލާދީން 16 ވަނަ ޤަރުނު ފެށުނުތަނާހެން އަރާލް ކަނޑުގެ އުތުރުގައި ދިރިއުޅެމުން ދިޔަ އުޒްބެކް ނަސްލުގެ މީހުންވަނީ މަވަރައްނަހްރަށް ޙަމަލާދޭން ފަށާފައެވެ. 20 ވަނަ ޤަރުނު ފެށުނު އިރު މުޅި މެދުތެރޭ އޭޝިޔާ އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. 27 އޮކްޓޯބަރު 1924 ގައި އުޒްބެކް ސޯވިއެޓް ސޯޝަލިސްޓް ރިޕަބްލިކް އުފަންވިއެވެ. 31 އޯގަސްޓް 1991 ގައި އުޒްބެކިސްތާނަށް ރަޝިޔާގެ ކިބައިން ފުރިހަމަ މިނިވަންކަން ލިބުނެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
އުޒްބެކިސްތާނުގެ އާބާދީގެ 80% މީހުންނަކީ އުޒްބެކް ނަސްލުގެ މީހުންނެވެ. 5.5% އަކީ ރަޝިޔާ ނަސްލުގެ މީހުންނެވެ. 5% މީހުންނަކީ ތަޖިކް ނަސްލުގެ މީހުންނެވެ. 3% މީހުންނަކީ ކަޒަކް ނަސްލުގެ މީހުންނެވެ. 2.5% މީހުންނަކީ ކަރަކަލްޕާކް ނަސްލުގެ މީހުންނެވެ. 1.5% މީހުންނަކީ ތަތާރުންނެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
އުޒްބެކިސްތާނަކީ މެދުތެރޭ އޭޝިޔާގެ މުއްސަނދި ސަގާފަތު އެންމެ ބޮޑަށް އޮތް އެއްް ޤައުމެވެ. ޢިލްމާއި ފަންނުވެރިކަމުން ވަރަށް ބޮޑު ކުރިއެރުމެއް އުޒްބެކުން ހޯދާފައިވެއެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
މިނިވަންކަމަށް ފަހު ފުރަތަމަ ކޮޅުގައި އުޒްބެކިސްތާނުގެ އިޤްތިޞާދަށް ހީނަރުކަމެެއް ލިބުނު ކަމުގައި ވިޔަސް މިހާރު އުޒްބެކިސްތާނުގެ އިޤްތިޞާދަކީ ކުރިއަރަމުން އަންނަ އިޤްތިޞާދެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 2634 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found