އުއްދަނޑި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ރަތް އުއްދަނޑިތަކެއް

އުއްދަނޑި(އިނގިރޭސި ބަހުން: Saccharum)ނުވަތަ (އިނގިރޭސި ބަހުން: Sugarcane) އަކީ ފަތް ހިމަދިގުކޮށް ހުންނަ ފީނިވާގަހެކެވެ. މިއީ އޮނުހެދޭހެން ބަދަބަދައަށް ހެދޭ ގަހެކެވެ. މީގެ ބޭރު ހިލަތޮށި ނޫންހައި ތަނެއް ފޮނިވާނެއެވެ. ހަކުރު ގިނައިން ހަދަނީ މީގެ ދިޔައިންނެވެ. މީގެ ރަތާ ހުދާ ދެބާވަތް ހުރެއެވެ. އުއްދަނޑި އަކީ ދުނިޔޭގެ ވަރަށް ގިނަ ހިސާބު ތަކުގައި ހައްދާ އެއްޗެކެވެ. އުއްދަނޑި އާންމުކޮށް ހެދެނީ 6-2 މީޓަރާއި ދެމެދުގެ އުސްމިނަކަށެވެ. 6 ޖިންސް އަކުން ތަފާތު 37 ވައްތަރެއްގެ އުއްދަނޑި ހުންނަކަމަށް މިހާތަނަށް ހޯދިފައި ވެއެވެ.

2005 ވަނަ އަހަރު ދުނިޔޭގައި އެންމެ ގިނައަދަދަކަށް އުއްދަނޑި ހައްދާފައިވާނީ ބްރެޒިލް ގައެވެ.