އުރުދުން

ވިކިޕީޑިއާ އިން
الأردنّ al-'Urdunn
MottoArabic: الله، الوطن، الملك
Transliteration: Allah Al-Watan Al-Malek
Translation: "God, The Homeland, The King"
Anthem عاش المليك
The Royal Anthem of Jordan
  ("As-salam al-malaki al-urdoni")1
Long Live the King

Capital Amman
31°57′N 35°56′E / 31.95°N 35.933°E / 31.95; 35.933
Official languages Arabic
Ethnic groups  98% Arab and 2% others [1]
Demonym Jordanian
Government Constitutional monarchy
 -  King Abdullah II
 -  Prime Minister Samir Rifai
Independence
 -  End of British League of Nations mandate
25 May 1946 
Area
 -  Total 92,300 km2 (112th)
35,637 sq mi 
 -  Water (%) 0.8
Population
 -  2009 estimate 6,316,000[2] (102nd)
 -  July 2004 census 5,611,202 
 -  Density 68.4/km2 (131st)
138.8/sq mi
GDP (PPP) 2008 estimate
 -  Total $32.416 billion[3] 
 -  Per capita $5,661[3] 
GDP (nominal) 2008 estimate
 -  Total $21.225 billion[3] 
 -  Per capita $3,776[3] 
Gini (2002–03) 38.8 (medium
HDI (2007) Green Arrow Up Darker.svg 0.773 (medium) (86th)
Currency Jordanian dinar (JOD)
Time zone UTC+2 (UTC+2)
 -  Summer (DST) UTC+3 (UTC+3)
Drives on the Right
Internet TLD .jo
Calling code 962
1 Also serves as the Royal anthem.

އުރުދުންއަކީ އޭޝިޔާ ބައްރުގެ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ.

ފިހުރިސްތު

[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް

އުރުދުންގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޖޯޑާނިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އައްމާނެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ދުސްތޫރީ ރަސްކަމެއް ހިނގާ ޤައުމެކެވެ. ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 105 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 92300 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ jo. އެވެ. ކޯލިން ކޯޑަކީ +962 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ދީނާރެވެ.

[އުނިއިތުރު ގެންނަވާ] ނަން

އުރުދުންގެ ރަސްމީ ނަމަކީ “އަލްމަމްލަކަތުލް އުރްދުނިއްޔާ އަލްހާޝިމިއްްޔާ” އެވެ.

[އުނިއިތުރު ގެންނަވާ] ޖުޣުރާފީ

ބަޙްރުލް މައްޔިތު ނުވަތަ ޑެޑް ސީ އަކީ އުރުދުން އާއި އިސްރާއީލުން ޙިއްޞާކުރާ ކަނޑެކެވެ. އުރުދުންގެ ބޮޑުބައިގައި ވަނީ އަރަބި ޞަޙަރާއެވެ. އުރުދުންގެ އުތުރުގައި އޮތީ ސޫރިޔާއެވެ. އިރުއުތުރުގައި އޮތީ ޢިރާޤެވެ. އިރުމައްޗާއި ދެކުނުގައި އޮތީ ސަޢުދީ ޢަރަބިއްޔާއެވެ. ހުޅަނގުގައި އޮތީ އިސްރާއީލެވެ. ދުނިޔޭގެ އެންމެ ތިރީގައިވާ ހިކި ފަސްތަން ވެސް އޮންނަނީ އުރުދުންގައެވެ.

[އުނިއިތުރު ގެންނަވާ] ތާރީޚު

އުރުދުންގެ ދިގު ތާރީޚުގައި އެ ޤައުމުވަނީ ވަރަށް ގިނަ ޙަޟާރަތްތަކެއް ދެކިފައެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ނިމި އުސްމާނީންގެ ވެރިކަމުގެ ދަށުގައި އޮތް އުރުދުން އިނގިރޭސީންނާ ޙަވާލުކުރެވުނެވެ. އެއީ ބްރިޓިޝް މޭންޑޭޓް ޕެލެސްޓައިންގެ ގޮތުގައެވެ. މި ބިމުގެ 76% އަށް ވުރެ އިތުރީ އުރުދުން ކޯރުގެ އިރުމަތީގައި އޮތް ޓްރާންސްޖޯޑަންގެ ބިމެވެ. 1965 ގައި އުރުދުން އާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ބިން ބަދަލުކުރުމުގެ ވިޔަފާރިއެއް ހިނގިއެވެ. މި ގޮތުން ޢަޤަބާއާ ދިމާއިން އައްސޭރި ފަށުން ބިންކޮޅެއް ދިނުމުން އުރުދުން އިން ވަނީ ސަހަރާގެ ބޮޑު ބައެއް ސަޢުދީ ޢަރަބިއްޔާއަށް ދީފައެވެ. އުރުދުންއަކީ ޢަރަބި ޤައުމުތަކުގެ ތެރެއިން މިހާރު އިސްރާއީލާ އެންމެ ގާތް ގުޅުމެއް އޮންނަ އެއް ޤައުމެވެ. ނަތީޖާއެއްގެ ގޮތުން އިސްރާއީލުން އުރުދުންގެ އެދުމަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއެވެ.

[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް

އުރުދުންއަކީ ދުނިޔޭގައި އެންމެ ގިނައިން މީހުން ހިޖުރަކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މިހާރުވެސް ޢިރާޤު، ފަލަސްޠީން، ޝީޝާން ފަދަ ޤައުމުތަކުގެ ރެފިއުޖީންގެ ތެރެއިން އެތައް ބަޔަކު އުރުދުންގައި ދިރިއުޅެމުން އެބަ ގެންދެއެވެ.

[އުނިއިތުރު ގެންނަވާ] ސަގާފަތު

އުރުދުންގެ ބަހާއި ސަގާފަތާއި އާދަކާދަ އާއި ނަސްލަކީ ހުރިހައި ގޮތަކުން ބެލިކަމުގައި ވިޔަސް އަރަތްބެވެ. އުރުދުން އަކީ މަޞްލަޙަތާއި ކެތްތެރިކަމާއި އަމާންކަން ފަދަ ސިފަތަކުން ޒީނަތްވެގެންވާ ޤައުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ތަންތަނުން އައިސް އުރުދުންގައި ވަޒަންވެރިވެފައިވެއެވެ. މީގެ ތެރޭގައި އަރްމީނިޔާގެ މީހުންނާއި ޝީޝާންގެ މީހުންގެ އިތުރުން ޢިރާޤާއި ފަލަސްޠީނުގެ މީހުން ހިމެނެއެވެ. އުރުދުންގައި ވަރަށް ބޮޑަށް ތަމްރީން ދެވިފައިވާ، ވަރަށް ޕްރޮފެޝަނަލް ފުލުހުންގެ މައްޗަށް ބިނާވެފައިވާ ފުލުހުންގެ ފޯސްއެއް އޮވެއެވެ. މުޅި ދުނިޔެއިން ވެސް ފުލުހުންގެ ޚިދުމަތުގެ ގޮތުން 14 ވަނައިގައި އުޅެނީ އުރުދުންއެވެ. މިއީ ސަރަޙައްދުގެ ނިސްބަަަަަަަަަތުން ބަލާނަމަ 1 ވަނައެވެ. އޯގަނައިޒްޑް ކްރައިމް ހުއްޓުވުމުގައި މުޅި ދުނިޔޭގައި 9 ވަނަ އަދި ސަރަޙައްދުން 1 ވަނަ ލިބިފައިވާ ޤައުމަކީ އުރުދުންއެވެ. ނަތީޖާއެއްގެ ގޮތުން އުރުދުންއަކީ މުޅި ދުނިޔެއަށް ބެލި ކަމުގައި ވިޔަސް އެންމެ ރައްކައުތެރި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.

[އުނިއިތުރު ގެންނަވާ] އިޤްތިޞާދު

އުރުދުންއަކީ މާބައިވަރު ޤުދުރަތީ ވަޞީލަތެއް ލިބިފައި ނުވާ އަދި ކުޑަ ޤައުމެކެވެ. 1999 ވަނަ އަހަރުގައި އުރުދުންގެ ރަސްކަމުގެ ދާނުގައި މަލިކު ޢަބްދުﷲ އިށީނދެ ވަޑައިގަތުމަށް ފަހު، އެއް ދުވަހުން އަނެއް ދުވަހަށް އުރުދުންގެ އިޤްތިޞާދު ދަނީ ކުރިޔަށެވެ. މިއަދު އުރުދުން އަކީ މުޅި މެދުއިރުމަތީގައި ވެސް އޮތް އެންމެ ފްރީމާކެޓް އިކޮނޮމީއެވެ. މީގެ ސަބަބުން ޤައުމުގެ އިޤްތިޞާދުގެ ދުވެލި ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 5661 ޑޮލަރެވެ.


Cite error: <ref> tags exist, but no <references/> tag was found

Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން