އިދްރީސްގެފާނު
ވިކިޕީޑިއާ އިން
އިދްރީސްގެފާނަކީ މުސްލިމުންގެ ގާތުގައި ނަބީ އެކެވެ. ބުނެވޭ ގޮތުގައި ގަލަން ބޭނުންފުޅު ކުރައްވައިގެން އެންމެ ފުރަތަމަ ލިޔުއްވަން ފެއްޓެވީ މި ކަލޭގެފާނެވެ. ސަލާމްލެއްވި އިދްރީސްގެފާނުގެ ވާހަކަ ކީރިތި ޤުރުއާނުގައި ޛިކުރުވެވިގެންވަނީ، މަދަޙައާއި ޘަނާގެ ބަސްތަކުންނެވެ. އެކަލޭގެފާނަކީ، ތެދުވެރި އަދި ވަޢުދުފުއްދަވާ ބޭކަލެއްކަމުގައި ކީރިތި ޤުރުއާނުގައި ބަޔާންވެގެންވެއެވެ. މަރްޔަމް ސޫރަތުގެ 57،56 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުތަކުގެ މާނާގައި ވަނީ މިފަދައިންނެވެ. އަދި އިދްރީސްގެފާނުގެ ފަތްފުށްތައް ހަނދުމަފުޅަށް ގެންނަވާ ހުށިކަމެވެ. ހަމަކަށަވަރުން އެކަލޭގެފާނީ، ތެދުވެރިއެކެވެ. ނަބީ ބޭކަލެކެވެ. ތިމަންﷲ، މަތިވެރިވެގެންވާ ދަރަޖައަކަށް އެކަލޭގެފާނު އުފުއްލެވީމެވެ.
އެންމެހާ އިންސާނުންގެ ފުރަތަމަ ބަފައިކަލުން، އާދަމް ޢަލައިހިއްސަލާމް ނަބީ ބޭކަލެއްގެގޮތުގައި ލެއްވެވުމަށްފަހު، ދެން ﷲ ފޮނުއްވި ނަބިއްޔަކީ ޝީޘް ޢަލައިހިއްސަލާމްކަމަށް ތާރީޚްފޮތްތައް ބުނެއެވެ. އަދި އެއަށްފަހު ފޮނުއްވުނު ނަބިއްޔަކީ، އިދްރީސް ޢަލައިހިއްސަލާމެވެ.
ތާރީޚީ ފަތްފުށްތަކުގައި ބުނާގޮތުން، އާދަމްގެފާނުގެ ޙަޔާތްޕުޅުން 308 އަހަރު އިދްރީސްގެފާނު ދެކެވަޑައިގަތެވެ. އިދްރީސްގެފާނު ވެވަޑައިގަތީ މުޅި އިންސާނިއްޔަތުގެ ތަހުޒީބަށްޓަކައި، ވަރަށްގިނަ އާކަންތައްތަކެއް އަލަށް ކުރައްވަން ފެށްޓެވި ޙިކްމަތްތެރިއެއްކަމަށް ކަމުގައިވެސް ތާރީޚް ފޮތްތައް ބުނެއެވެ.
އިބްނު އިސްޙާޤް ރިވާކުރައްވާގޮތުގައި، އެންމެ ފުރަތަމަ ޤަލަމުން ލިޔުއްވި އިންސާނަކީ އިދްރީސް ޢަލައިހިއްސަލާމެވެ. އެހެން ބައެއް ރިވާޔަތްތަކުގެ އަލީގައި ނަޒަރު ހިންގާލާއިރު، އެންމެ ފުރަތަމަ ސައިބޯނި ކަހަލަ މާއްދާއެއް އުފެއްދެވުމާއި، ފައްސަވައިގެން ފޭރާންކޮޅު ތުރުކުރައްވުންފަދަ ކަންކަމުގެ ފެށުން ނިސްބަތްވަނީވެސް ސަލާމްލެއްވި އިދްރީސްގެފާނަށެވެ. އިދްރީސްގެފާނު ދުނިޔޭގައި އުޅުއްވެވި މުއްދަތަކާއިމެދުއާއި، އެކަލޭގެފާނުގެ ދަރިފަސްކޮޅާއި މެދުގައި ޢިލްމުވެރީންގެ މެދުގައި، ތަފާތު ރިވާޔަތްތަކެއް ވެއެވެ. އިސްރާއާއި މިޢްރާޖުގެ މަތިވެރި ނިޢުމަތް ކީރިތި ރަސޫލާއަށް ދެއްވުނު ޙާދިސާއާއި ގުޅިފައިވާ ރިވާޔަތްތަކުގެ ތެރެއިން، ޞަޙީޙު މުސްލިމްގައިވާ ރިވާޔަތްތައް ބުނާގޮތުން، އެބަރަކާތްތެރިރޭ، އުޑުތަކަށް ކީރިތިރަސޫލާ އުފުއްލެވުމުގައި 4 ވަނަ އުޑާއި ހަމައިން، ސަލާމްލެއްވި އިދްރީސްގެފާނު ދެކެވަޑައިގަތުމުގެ ނަޞީބު ކީރިތި ރަސޫލާއަށް މިންވަރުކުރެއްވިއެވެ.
[އުނިއިތުރު ގެންނަވާ] ރިފަރެންސް
| ޤުރުއާނުގައި ނަންފުޅު އައިސްފައިވާ ނަބީން | ||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|
| އާދަމްގެފާނު | އިދްރީސްގެފާނު | ނޫހުގެފާނު | ހޫދުގެފާނު | ޞާލިޙުގެފާނު | އިބްރާހީމްގެފާނު | ލޫޠުގެފާނު | އިސްމާޢީލުގެފާނު | އިސްޙާޤުގެފާނު | ޔައުޤޫބުގެފާނު | ޔޫސުފުގެފާނު | އައްޔޫބުގެފާނު | |
| آدم | ادريس | نوح | هود | صالح | إبراهيم | لوط | اسماعيل | اسحاق | يعقوب | يوسف | أيوب | |
| އާދަމްގެފާނު | އިދްރީސްގެފާނު | ނޫހުގެފާނު | ހޫދުގެފާނު | ޞާލިޙުގެފާނު | އިބްރާހީމްގެފާނު | ލޫޠުގެފާނު | އިސްމާޢީލުގެފާނު | އިސްޙާޤުގެފާނު | ޔައުޤޫބުގެފާނު | ޔޫސުފުގެފާނު | އައްޔޫބުގެފާނު | |
|
|
||||||||||||
| ޝުޢައިބުގެފާނު | މޫސާގެފާނު | ހާރޫނުގެފާނު | ޛުލްކިފްލުގެފާނު | ދާއޫދުގެފާނު | ސުލައިމާނުގެފާނު | އިލްޔާސްގެފާނު | އަލްޔަސަޢުގެފާނު | ޔޫނުސުގެފާނު | ޒަކަރިއްޔާގެފާނު | ޔަޙްޔާގެފާނު | އީސާގެފާނު | މުޙައްމަދުގެފާނު |
| شعيب | موسى | هارون | ذو الكفل | داود | سليمان | إلياس | اليسع | يونس | زكريا | يحيى | عيسى | محمد |
| ޝުޢައިބުގެފާނު | މޫސާގެފާނު | ހާރޫނުގެފާނު | ޛުލްކިފްލުގެފާނު | ދާއޫދުގެފާނު | ސުލައިމާނުގެފާނު | އިލްޔާސްގެފާނު | އަލްޔަސަޢުގެފާނު | ޔޫނުސުގެފާނު | ޒަކަރިއްޔާގެފާނު | ޔަޙްޔާގެފާނު | އީސާ މަސީހު | ބާރްޤަލީޠު |

