އިބްރާހީމް ދޮށިމޭނާ ކިލެގެފާނު
ވިކިޕީޑިއާ އިން
އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަކީ މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ގެ ކާފާ ފުޅެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] ނަސަބު
އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަކީ ހުރާ ދޮންމަރުދުރު ފަޑިއްކަލޭގެފާނުގެ އިބްރާހީމް އެދުރު ތަކުރުފާނުގެ ބޮޑު މުރީދު ތަކުރުފާނު ގެ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ ، އަޙުމަދު ދޮށިމޭނާ ކިލެގެފާނު (ދޮން އަޙުމަދު ދީދީ)ގެ ގަލޮޅުގޭ ޢަލި ދޮށިމޭނާ ކިލެގެފާނުގެ ދޮށީ ދަރިކަލުން، އިބްރާހީމް ދީދީ އެވެ. މަންމައަކީ މާލޭ ދީނުގޭ ކަލޭފާނުގެ މަރިޔަމް ދީދީ އެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 15 ޖުމާދިލް އޫލާ 1260ހ، 2 ޖޫން 1844 ގައެވެ.
އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ބޮޑުފުޅުވި ބޭފުޅުންނަކީ ސުމުއްވުލް އަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނު، ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުއައްނަބީލް ޢަބުދުލް ޙަމީދު ދީދީ އެވެ. އަދި އައްނަބީލާ ތުއްތު ދޮންދީދީ އެވެ.
[އުނިއިތުރު ގެންނަވާ] ތަޢުލީމް ޙާޞިލްކުރެއްވުން
ތަޢުލީމް ޙާޞިލް ކުރެއްވީ މާލޭގެ އެޒަމާނުގެ ބައެއް އެދުރުބޭކަލުންގެ އަރިހުންނާއި، އަދި އިންޑިޔާގެ ކަލްކަތާ އިންނެވެ. ބޮޑުފުޅުވީ އޭނާގެ ބައްޕަ އަލްއަމީރު ޢަލި ދޮށިމޭނާ ކިލެގެފާނުގެ ފުރިހަމަ ތަރުބިއްޔަތާއި އެކުގައެވެ. އެކިލެގެފާނު ދައުލަތުގެ ވެރިއެއްގެ ގޮތުން ޚިދުމަތް ކުރެއްވި ދުވަސްވަރު އެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އުރުދޫ ބަސް، އިގިރޭސި ބަސް، އަދި ޢަރަބި ބަސް ފުދޭވަރަކަށް ދެނެވަޑައިގަނެއެވެ. އަދި ދިވެހިންގެ މެދުގައި އެޒަމާނުގައި އޮތް ހެވިކަމުގެ ފަންނުގައި ކުޅަދާނަ ބޭފުޅެއްވެސް މެއެވެ.
[އުނިއިތުރު ގެންނަވާ] ގައުމީ ޚިދުމަތް
އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ފުރަތަމަ ރަސްކަމުން ފެށިގެންނެވެ. އެރަދުންގެ ބޮޑު ވަޒީރު ކަމުގެ މަގާމްގައި ޚިދުމަތްކުރައްވަން ފެއްޓެވި އެވެ. އޭގެ ފަހުން ތިއްބެވި އެކި ރަސްރަސްކަލުންގެ ދައުރުގައި ވެސް އެކި ވަގުތު އެމަގާމް ފުރުއްވެވި އެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވިއިރު ހުންނެވީ މުޙައްމަދު ޝަމްސުއްދީން ރަދުންގެ ބޮޑު ވަޒީރު ކަމުގައެވެ. އެއީ ރަސްކަމުގެ ކުރީކޮޅު އެވެ.
އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ހިމެނެނީ އަތިރީގެ ޚާންދާންގެ ވެރިކަމުގެ އެންމެ ޚާއްޞަ އެއް ޝަޚްޞިއްޔަތު ކަމުގައެވެ. ސިޔާސީ ގޮތުން އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަކީ ދިވެހި ދައުލަތަށް ކުރިމަތިވި ހަމަނުޖެހުން ތަކެއްގައި އުޅުއްވަން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ. ވެރިކަމުގެ ދާއިރާގައި އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގައި ވެސް، ކެތްތެރިކަމާއެކު، ގައުމަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ވަރަށް ގިނަ ރޮނގު ރޮނގުން ކާމިޔާބާއި ނާކާމިޔާބު އެމަނިކުފާނާއި ކުރިމަތި ލެއްވި އެވެ. ނަމަވެސް އެންމެ ފަހުން އެމަނިކުފާނަކީ އަތިރީގޭ ޚާންދާންގެ ވެރިކަން ތަމްކީން ކުރެއްވި ޝަޚްޞިއްޔަތެއް ކަމުގައި ވިއެވެ. މިމަނިކުފާނަށް ކިލެގެކަން ލިބިވަޑައިގަތީ ހިޖުރައިން 1302 ވަނަ އަހަރުގެ ޝައްވާލު މަހުގެ ތެރޭގައެވެ.
ބޭރު ދުނިޔޭގައި ވެސް އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ފާހަގަ ކުރެވިގެން ވިއެވެ. ތުރުކީގެ ފަރާތުން އޮޅުދޫ ކަރައިގެ ގާލީގައި ހުންނަ ކޮންސަލް ކަމާއި، އަދި ޖޭޕީގެ ޢިއްޒަތް ލިބިވަޑައިގަތެވެ.އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަކީ ގިނަ ރޮނގުތަކެއްގައި ތަފާތު ފައިދާހުރި ކަންތައްތަކެއް ދިވެހި ގައުމަށް ކޮށްދެއްވި، އިޚްލާޞްތެރި ވެރިއެކެވެ. ވަރަށް ހަރުދަނާ ޝަޚްޞިއްޔަތެއް މެއެވެ. އިސްކޮޅުން މެދުމިނުގެ ދޮން ބޭފުޅެކެވެ.
[އުނިއިތުރު ގެންނަވާ] އަވަހާރަވުން
އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވީ ދިވެހި ދައުލަތުގެ ބޮޑު ވަޒީރުގެ ގޮތުގައި ހުންނަވައި 4 ރަމަޟާން 1343ހ، 31 މާރޗް 1925 ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ހުކުރު މިސްކިތުގައެވެ.
[އުނިއިތުރު ގެންނަވާ] ރިފަރެންސް
- ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަޖިލިސް
- ހަދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ-1 – 1981 - ދިވެހިނާދީ /ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
- ރާއްޖޭގެ ވެރިކަމުގެ ތާރީޚްގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން - މަލަސް 26 - އިބްރާހީމް ޝިހާބު - 15 ޖެނުއަރީ 1990 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
- އަޅުގަނޑުގެ ހަދާންތައް - މުޙައްމަދު އަމީން