އަޒަރުބައިޖާން
| Republic of Azerbaijan
Azərbaycan Respublikası
|
||||||
|---|---|---|---|---|---|---|
|
|
||||||
| Anthem: Azərbaycan Marşı (އިނގިރޭސިބަހުން: March of Azerbaijan) |
||||||
| Capital (and largest city) |
Baku 40°22′N 49°53′E / 40.367°N 49.883°E |
|||||
| Official languages | Azerbaijani | |||||
| Demonym | Azerbaijani | |||||
| Government | Presidential republic | |||||
| - | President | Ilham Aliyev | ||||
| - | Prime Minister | Artur Rasizade | ||||
| Formation and independence | ||||||
| - | Azerbaijan Democratic Republic established | May 28, 1918 |
||||
| - | Azerbaijan Soviet Socialist Republic | April 28, 1920 |
||||
| - | Independence from the Soviet Union Declared
Completed |
August 30, 1990 October 18, 1991 |
||||
| Area | ||||||
| - | Total | 86,600 km2 (113th) 33,436 sq mi |
||||
| - | Water (%) | 1.6% | ||||
| Population | ||||||
| - | 2010 estimate | 9,000,000[1][2] (90st) | ||||
| - | 1999 census | 7,953,438[3] | ||||
| - | Density | 103/km2 (104th) 264.1/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $74.856 billion[4] (71st) | ||||
| - | Per capita | $8,634[4] (70th) | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $46.378 billion[4] (72nd) | ||||
| - | Per capita | $5,349[4] (74th) | ||||
| Gini (2006) | 36.5 (58th) | |||||
| HDI (2007) | ||||||
| Currency | Manat (AZN) |
|||||
| Time zone | (UTC+4) | |||||
| - | Summer (DST) | (UTC+5) | ||||
| Drives on the | right | |||||
| Internet TLD | .az | |||||
| Calling code | 994 | |||||
އަޒަރުބައިޖާނަކީ ހުޅަނގު އޭޝިޔާގެ ކޯކަސް ސަރަޙައްދަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]
އަޒަރުބައިޖާންގެ ރަސްމީ ބަހަކީ އަޒަރުބައިޖާނީ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ އަޒަރުބައިޖާނީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބަކޫއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. އަޒަރުބައިޖާނަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 8 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 91 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 86600 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ az. އެވެ. ކޯލިން ކޯޑަކީ +994 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ މަނާތެވެ.
ނަން[އުނިއިތުރު ގެންނަވާ]
އަޒަރުބައިޖާންގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް އަޒަރުބައިޖާންއެވެ. “އަޒަރުބައިޖާން” މި ނަން ނެގިފައިވަނީ “އާދުރުބާދަގާން” މި ބަހުން ކަމަށް ބެލެވިފައިވެއެވެ. މި ބަހުގެ އަނެއް ގޮތަކީ އައްތްރޮޕަތޭން އެވެ. މި ބަހުގެ މާނައަކީ “މާތްވެގެންވާ އަލިފާނުގެ ރައްކައުތެރިކަން ލިބިގެންވާ” ތަނެވެ. ޖުޣުރާފީ އަޒަރުބައިޖާން އޮތީ ހުޅަނގު އޭޝިޔާ އާއި އިރުމަތީ ޔޫރަޕު ބައްދަލުވާ އަނގޮޅީގައެވެ. އަޒަރުބައިޖާންގެ އިރުމަތީގައި އޮތީ ކަސްބީ ކަނޑެވެ. އުތުރުގައި އޮތީ ރަޝިޔާއެވެ. ހުޅަނގު އުތުރުގައި އޮތީ ޖޯޖިޔާއެވެ. ހުޅަނގުގައި އޮތީ އަރްމީނިޔާއެވެ. ދެކުނުގައި އޮތީ އީރާނެވެ. ތުރުކީއާ ވެސް ބޯޑަރުގެ ގޮތުން ގުޅިފައިވެއެވެ. ތާރީޚު އަޒަރުބައިޖާންގެ ގޯބުސްތާނުގައި ހުރި ކުރެހުންތަކަކީ މީލާދުގެ 10 ސާސްކަފު ކުރީގެ އެއްޗެހި ކަމަށް ވަނީ ބެލެވިފައެވެ. އެހެންކަމުން އަޒަރުބައިޖާނުގައި އިންސާނުން އާބާދުވެފައިވަނީ ވަރަށް ކުރީންކަމަށް ބެލެވެއެވެ. އަޒަރުބައިޖާނަށް ޒަރްދަޝްތީން ގޮސްފައިވާކަމަށް ބެލެވިފައިވަނީ މީލާދުގެ 550 އަހަރު ކުރީންކަމަށް ތާރީޚު ޢިލްމުވެރީން ވިދާޅުވެއެވެ. މި ސަރަޙައްދުގެ އަޞްލު ވަޒަންވެރީން ކަމުގައިވާ ކޯކާސީ އަލްބާނީންވަނީ ޢީސާއީ މީލާދުގެ ހަތަރު ޤަރުނު ކުރީން މި ސަރަޙައްދުގައި ރަސްކަމެއް ޤާއިމުކޮށްފައެވެ. މި ސަރަޙައްދުގައި އީރާނީންގެ މީހުން ވަޒަންވެރިވެފައިވުމުގެ ތާރީޚަށް ބަލާއިރުގައި، ޢީސާއީ މީލާދުގެ 9 ޤަރުނު ކުރީގައި ވެސް އީރާނީންގެ އާބާދީތައް މި ހިސާބުގައި ޤާއިމުވެފައި ހުރިކަން ފާހަގަކުރެވެއެވެ. ޒަރްދަޝްތީން ނުވަތަ އަލިފާނަށް އަޅުކަން ކުރާ ފާރިސީން މި ހިސާބަށް އައިސްފައިވަނީ އީރާނުންނެވެ. ޤަދީމީ ޒަމާނުގައި މި ތަނުގައި އުޅުނު އަޒޭރީން ވާހަކަ ދައްކާ ބަހަކީ ޤަދީމީ އަޒޭރީ ބަހެވެ. މިބަހަކީ ވިލާތު-ހިންދުސްތާނީ ދަރިކޮޅުގެ އީރާނީ ގޮތްޕަށް ނިސްބަތްވާ ބަހެކެވެ. މީލާދީން 8 ވަނަ ޤަރުނުން ފެށިގެން 17 ވަނަ ޤަރުނާ ހަމަޔަށް އަޒަރުބައިޖާންގައި ވެރިކަންކޮށްފައިވަނީ ޝިރްވާންޝާހް ދަރިކޮޅުންނެވެ. މިއަދުގެ އަޒަރުބައިޖާން ވުޖޫދަށް އައިސްފައިވަނީ 28 މެއި 1918 ގައެވެ. މި ޖުމްހޫރިއްޔާއަކީ ސޯވިއެޓް ސޯޝަލިސްޓް ޖުމްހޫރިއްޔާއަކަށްވީ 28 އެޕްރީލް 1920 ގައެވެ. ސޯވިއެޓް ޔޫނިއަން އިން ވަކިވެ މިނިވަންކަން އިޢުލާންކޮށްފައިވަނީ، 30 އޯގަސްޓު 1990 ގައެވެ. ފުރިހަމަ މިނިވަންކަމެއް ލިބިފައިވަނީ 18 އޮކްޓޯބަރު 1991 ގައެވެ.
ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]
އަޒަރުބައިޖާާންގެ އާބާދީގެ ބޮޑު ބަޔަކީ ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ޝީޢީ މަޒުހަބުގެ ބައެކެވެ. 1999 ވަނަ އަހަރަށް ބަލާއިރުގައި އަޒަރުބައިޖާންގެ އާބާދީގެ 90.6% މީހުންނަކީ އަޒޭރީންނެވެ. 1.8% މީހުންނަކީ ރަޝިޔަނުންނެވެ. މީގެ އިތުރުން އަރްމީނިޔަނުންނާއި ޖޯޖިއަނުންނާއި އަދި އެހެން ބައެއް މީހުން ވެސް ހިމެނެއެވެ.
ސަގާފަތު[އުނިއިތުރު ގެންނަވާ]
ސަގާފަތަށް ބަލާއިރުގައި އަޒަރުބައިޖާނާ އެންމެ ގާތް އެއް ޤައުމަކީ އީރާނެވެ. އެހެން ނަމަވެސް މިއަދު އަޒަރުބައިޖާނުގެ ސަގާފަތުގެ ތެރެއަށް ވަރަށް ބޮޑަށް ހުޅަނގުގެ ނުފޫޒުތައް ވަންނަމުންދާކަން ފާހަގަކުރެވެއެވެ. އިސްލާމީ ދުނިޔޭގައި އެންމެ ފުރަތަމައަށް ޑިމޮކްރެޓިކް އަދި ސެކިޔުލަރ ނިޒާމެއް ޤާއިމުކުރުމުގައި އެކަން ކުރަން އުޅުނު މީހުންނަށް ކާމިޔާބު ލިބުނު ފުރަތަމަ ޤައުމަކީ ވެސް އަޒަރުބައިޖާން ކަމަށް އިނގިރޭސި ވިކިޕީޑިޔާގައި ލިޔެފައިވެއެވެ.
އިޤްތިޞާދު[އުނިއިތުރު ގެންނަވާ]
އަޒަރުބައިޖާނަކީ ތެލުގެ ގޮތުން މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ. އިޤްތިޞާދީ ގޮތުން ރަނގަޅު ފިޔަވަޅުތަކެއް އަޅަމުން އަންނަ އަޒަރުބައިޖާނަކީ އިޤްތިޞާދީ ގޮތުން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 8634 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found