އަލަނާސި

ވިކިޕީޑިއާ އިންވިކިޕީޑިއާ
އަލަނާސި

އަލަނާސި(ސައިންޓިފިކް ނަން: Ananas comosus)ނުވަތަ (އިނގިރޭސި ބަހުން: pineapple) އަކީ މޭވާގެ ބާވަތެކެވެ. މިއީ ޅަބޯކެޔޮގަހެއްކަހަލަ ގަހެއްގެކުރިން ނުކުންނަ ރަތްކުލައެއްގެ ފޮނި މޭވާއެކެވެ މިހުންނާނީ ބޮޑެތި އުންތަކެއް ފަޅައިފައެވެ. މިމޭވާގެމަތީކުރިވެސްދާނީ ހެދެމުންނެވެ. ނަމަވެސް އެކުރިޔަކު ދެނެއް މޭވާއެއް ނުގަންނާނެއެވެ. މީވަރަށްމީރު އަދި މީރުވަސްދުވާ މަޝްހޫރު މޭވާއެކެވެ.

އަލަނާސި އަކީ ވެސް އާންމު ގޮތެއްގައި ހޫނު ގައުމުތަކުގައި ހެދޭ އެއްޗެކެވެ. އަލަނާސި ގަސް އާންމުކޮށް ހެދެނީ 1.5-1 މީޓަރާއި ދެމެދުގެ އުސްމިނަކަށެވެ. އަލަނާސި ގަހުގެ ފަތުގެ ދިގުމިނުގައި 100-30 ސެންޓިމީޓަރާއި ދެމެދުގެ ދިގުމިނެއް ހުރެއެވެ.