އަމާނާތް (ފިލްމް)
Lua error in މޮޑިއުލް:Infobox at line 416: attempt to call field '_main' (a nil value).
'ދެރިޔާ' ކާމިޔާބީއަށް ފަހު މުޙައްމަދު ނިޔާޒް ޓެޑްރީ ޕޮރޮޑިއުސްކޮށް މަހްދީ އަހުމަދު ޑައިރެކްޓްކުރި އަމާނާތް ވެސް ވަނީ ބޮޑެތި ކާމިޔާބުތައް ހޯދާފައެވެ. ހިންދީ ފިލްމު މައުސޫމް އަސްލަކަށް ބަލައިގެން ހެދި ފިލްމްގެ ބަތަލް ބައިވެސް ކުޅުނީ 'ދެރިޔާ' ގެ ވެސް ލީޑް ރޯލް އަދާކޮށްފައިވާ އަލީ ޚާލިދު އެވެ. މީގެ އިތުރުން ޖަމްޝީދާ އަދި ފާތިމަތު ރަމީޒާ ބޮޑު ބަޔެއް މިފިލްމްގައި އަދާކޮށްފައި ވެއެވެ. ކުޑަ 3 ކުދިންގެ މުހިއްމު ރޯލްތަކެއް ހިމެނޭ މިފިލްމު ވަނީ 3 ވަނަ ގައުމީ ފިލްމީ އެވޯޑްގައި 12 އެވޯޑް ހާޞިލްކޮށް ރިކޯޑް މުގުރާލައިފައެވެ.
އުފާވެރި ދިރިއުޅުމެއް އުޅޭ އަލީ ޚާލިދު އާއި ފާތިމަތު ރަމީޒާގެ ލޯބި ލޯބި 2 އަންހެންކުދިން ތިބެއެވެ. މިދިރިއުޅުމުގެ އުފާވެރިކަމަށް ނިމުމެއް އަންނަނީ ޚާލިދު ގާތުގައި އޭނާގެ ފިރިހެން ދަރިއަކު އައްޑޫގައި ހުންނަ ވާހަކަ އަބްދުއް ސައްތާރު ބުނާ ހިސާބުންނެވެ.
އަލީ ޚާލިދުއަށް އޭނާގެ މާޒީގައި އައްޑުއަށް ކުރި ދަތުރެއްގައި، އޭނާ ހުރި ގޭގައި އުޅުނު ޖަމްޝީދާ އަހުމަދު އާއި އެކު ބަދަހިވި ގުޅުމުގެ ހަނދާންތަށް އާވެގެން ދެއެވެ.
ލިބިފައިވާ އެވޯޑްތައް
[އުނިއިތުރު ގެންނަވާ]- އެންމެ މޮޅު އެކްޓްރެސް: ޖަމްޝީދާ އަހުމަދު - އަމާނާތް - ގައުމީ ފިލްމް އެވޯޑް- 3
- އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ : ޢަބުދުއް ސައްތާރު - އަމާނާތް - ގައުމީ ފިލްމް އެވޯޑް- 3
- އެންމެ މޮޅު ޑައިރެކްޓަރ : މަހުދީ އަހުމަދު - އަމާނާތް - ގައުމީ ފިލްމް އެވޯޑް- 3
- އެންމެ މޮޅު ފިލްމް : އަމާނާތް - ގައުމީ ފިލްމް އެވޯޑް- 3
- އެންމެ މޮޅި އެޑިޓިންގ - މުޙައްމަދު ނިޔާޒް ޓެޑްރީ - އަމާނާތް - ގައުމީ ފިލްމް އެވޯޑް- 3
- އެންމެ މޮޅު މޭކަޕް - މަހުދީ އަހުމަދު/މުޙައްމަދު ނިޔާޒް ޓެޑްރީ - އަމާނާތް - ގައުމީ ފިލްމް އެވޯޑް- 3
- އެންމެ މޮޅު ސައުންޑް އިފެކްޓް - މުހައްމަދު އިކްރާމް/މުޙައްމަދު ނިޔާޒްޓެޑްރީ - އަމާނާތް - ގައުމީ ފިލްމް އެވޯޑް- 3
- އެންމެ މޮޅު އެޑަޕްޓެޑް ސްކްރީން ޕްލޭ - މަހުދީ އަހުމަދު/މުޙައްމަދު ނިޔާޒްޓެޑްރީ - އަމާނާތް - ގައުމީ ފިލްމް އެވޯޑް- 3
- އެންމެ މޮޅު ޑައިލޮގް - މަހުދީ އަހުމަދު/މުޙައްމަދު ނިޔާޒްޓެޑްރީ - އަމާނާތް - ގައުމީ ފިލްމް އެވޯޑް- 3
- އެންމެ މޮޅު ސިނަމަޓޮގްރަފީ - ކޮކޯ ޙަލީމް/މުހައްމަދު މަނިކް - އަމާނާތް - ގައުމީ ފިލްމް އެވޯޑް- 3
- އެންމެ މޮޅު ބެކް މިއުޒިކް - މުހައްމަދު އިކްރާމް - އަމާނާތް - ގައުމީ ފިލްމް އެވޯޑް- 3
- އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ - ފަޒީލާ ޢާމރު/މިހިތާ ލޯބިދޭނަން - އަމާނާތް - ގައުމީ ފިލްމް އެވޯޑް- 3