Jump to content

އަހަރެން (ފިލްމް)

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

Lua error in މޮޑިއުލް:Infobox at line 416: attempt to call field '_main' (a nil value). ދިވެހި ފިލްމު އަހަރެން އަކީ ޔޫ,އެން,އެފް.ޕީއޭއިން އެހީދީގެން އެން.ސީ.އޭއިން އުފައްދާފައިވާ ފިލްމެކެވެ. މިފިލްމަކީ ޔޫ,އެން,އެފް.ޕީއޭއިން ކަނޑައަޅާފައިވާ ‘ލޯތްބާއި އަނިޔާ’ މި ޝިއާރާއި ގުޅުވައިގެން މުޖުތަމައުގައި މިވަގުތު ހުރި މައްސަލަތަކެއްގެ މައްޗަށް އާންމުން ހޭލުންތެރިކުރުވުމަށް އުފައްދާފައިވާ ފިލްމެކެވެ

ނޭޝަނަލް ސެންޓަރ ފޯރ ދި އާޓްސް އިން އުފެއްދި މިފިލްމް ޑައިރެކްޓްކޮށްފައިވަނީ އަހުމަދު ޝަރީފު ނުވަތަ ބާރު ޝަރީފް އެވެ. މިފިލްމަކީ ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކެއް މައްޗަށް ބިނާކޮށް ހަދާފައިވާ މިފިލްމެކެވެ. މިފިލްމުގައި ބޮޑަށް ބަލާފައިވަނީ މިވަގުތު ރާއްޖޭގެ މާހައުލުގައި ހުރި މިފަދަ މައްސަލަތަކެއްގެ މައްޗަށެވެ. 15 އަހަރުން މަތީގެ މީހުންނަށް ޚާއްޞަކޮށްގެން އުފައްދާފައިވާ މިފިލްމަކީ ދިގު ފިލްމެއްގެ ގޮތުގައި ނެރެފައިވާ ފިލްމެއް ވެސް މެއެވެ. އެހެންކަމުން މިފިލްމުގެ މަންޒަރުތަކާއި ޑައިލޮގް ތައް ވެސް އަމާޒުކޮށްފައިވަނީ ބޮޑެތިމީހުންނަށެވެ. މިއީ މުހައްމަދު ޙިލްމީ އާއި މަހުދީ އަހުމަދު ލިޔުނު ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ

އަހަރެން ގެ މަސައްކަތަކީ މިދާއިރާގެ ފުންނާބު އުސް ފަރާތްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. އަހަރެން ވަނީ މާލޭގެ އޮލިމްޕަހުގެ އިތުރުން ކުޅުދުއްފުށީ ތިލަ ދެކުނު ސިނަމާއާއި، އަދި ބ. އޭދަފުށީ ގައި ވެސް ދައްކާފައެވެ. އަހަރެން ގެ މަންޒަރުތައް ނަގާފައިވަނީ މާލެ، އަދި ވިލިމާލެ ގައި ތަޖުރިބާކާރު ސިނެމަޓޮގްރަފަރ އަބްދުލް ލަތީފް (ލައްޗޭ) ގެ އިރުޝާދުގެ ދަށުންނެވެ. މިފިލްމުގައި ތަރިންގެ ގޮތުގައި ހަރަކާތްތެރިވަނީ މިދާއިރާގައި މިހާރުވެސް މަޝްހޫރުކަން ހޯދާފައިވާ ތަރިންކަމަށްވާ އަހުމަދު އާސިމް، މުޙައްމަދު ޝާވިން، ނާޝިދާ މުހައްމަދު ނުވަތަ ނާއްކޮ އަދި ނާދިޔާ ނުވަތަ ސިތޫ އެވެ