ކްރައިސްޓް ދިރިޑީމަރގެ ބުދު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކްރައިސްޓް ދިރިޑީމަރގެ ބުދު

ކްރައިސްޓް ދިރިޑީމަރގެ ބުދު އަކީ ބްރެޒިލްގެ ރިއޯޑީ ޖެނެއިރޯގައި ހުންނަ ބުދެކެވެ. މިބުދުގެ ދިގުމިނުގައި 120 ފޫޓް ހުންނައިރު ، ބަރުދަނުގައި 635 ޓަން ހުރެއެވެ. މިބުދު ހުންނަނީ ތިޖޫކާ ފޮރެސްޓް ނެޝަނަލް ޕާރކްގައިވާ 700 މީޓަރުގެ އުސްމިން ހުންނަ ކޯކޮވާޑޯ ފަރުބަދައިގެ އެންމެ މަތީގައެވެ. ބުނެވޭގޮތުގައި މިއީ މިވައްތަރުގެ ދުނިޔޭގައި ހުރި އެންމެ ދިގު ބުދެވެ. މަސީޙީ ދީންގެ ނިޝާން ދައްކައިދޭ މިބުދު ރިއޯޑީ ޖެނެއިރޯ އަދި ބްރެޒިލްގެ ރަމްޒެއްގެ ގޮތުގައި ވެސް ބޭނުންކުރެވެއެވެ.

ބުނެވޭގޮތުގައި މިބުދު ބިނާކުރުމަށް 9 އަހަރު ދުވަސް ނެގިއެވެ. އެއީ 1922ން 1931 އަށެވެ. މިބުދު ހަދައި ނިމި ރަސްމީގޮތުން ހުޅުވާފައިވަނީ 12 އޮކްޓޯބަރ 1931 ގައެވެ. މިބުދުގެ އަގުގައި ގާތްގަނޑަކަށް ނުވަތަ ބުދު ހެދުމަށް ގާތްގަނޑަކަށް 250 ހާސް އެމެރިކާ ޑޮލަރު ހޭދަވިކަމަށް ވެއެވެ. 10 ފެބުރުއަރީ 2008 ގައި ހޮނު އެޅުމުގެ ސަބަބުން މިބުދަށް ގެއްލުންތަކެއް ލިބިފައި ވެއެވެ.