ކޮލަންބިއާ
| Republic of Colombia | ||||||
|---|---|---|---|---|---|---|
|
|
||||||
| Motto: "Libertad y Orden" ފަންވަތް:Es icon "Liberty and Order" |
||||||
| Anthem: Oh, Gloria Inmarcesible! |
||||||
| Capital (and largest city) |
Bogota 4°39′N 74°3′W / 4.65°N 74.05°W |
|||||
| Official languages | Spanish1 | |||||
| Recognised regional languages | The languages and dialects of ethnic groups are also official in their territories.[1] | |||||
| Ethnic groups | 58% mestizo, 20% white, 14% mulatto, 4% black, 3% zambo, 1% Amerindian.[2] |
|||||
| Demonym | Colombian | |||||
| Government | Presidential republic | |||||
| - | President | Juan Manuel Santos | ||||
| - | Vice President | Argelino Garzon | ||||
| - | President of Congress | Javier Cáceres Leal | ||||
| - | President of the Supreme Court | Augusto Ibáñez Guzmán | ||||
| Independence | from Spain | |||||
| - | Declared | July 20, 1810 | ||||
| - | Recognized | August 7, 1819 | ||||
| - | Current constitution | 1991 | ||||
| Area | ||||||
| - | Total | 1,141,748 km2 (26th) 440,839 sq mi |
||||
| - | Water (%) | 8.8 | ||||
| Population | ||||||
| - | April 2009 estimate | 44,928,970[3] (29th) | ||||
| - | 2005 census | 42,888,592[3] | ||||
| - | Density | 40/km2 (168th) 104/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $397.249 billion[4] | ||||
| - | Per capita | $8,800[5] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $240.832 billion[4] | ||||
| - | Per capita | $4,989[4] | ||||
| Gini (2006) | 52 (high) | |||||
| HDI (2007) | ||||||
| Currency | Peso (COP) |
|||||
| Time zone | (UTC-52) | |||||
| Date formats | dd-mm-yyyy (CE) | |||||
| Drives on the | Right | |||||
| Internet TLD | .co | |||||
| Calling code | +57 | |||||
| 1 | Although the Colombian Constitution specifies the Spanish as official language in all its territory, the native languages (approximately 75 dialects) are also official in their own territories. | |||||
| 2 | The official Colombian time, (horalegal.sic.gov.co) is controlled and coordinated by the state agency "Superintendencia de Industria y Comercio".[6] | |||||
ކޮލަންބިޔާއަކީ ނުވަތަ ރިޕަބްލިކް އޮފް ކޮލަންބިޔާއަކީ ދެކުނުއެމެރިކާ ބައްރުގެ ހުޅަނގުއުތުރުގައި އޮތް ދުސްތޫރީ ޖުމްހޫރިއްޔާއެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ކޮލަންބިޔާގެ ރަސްމީ ބަހަކީ އެސްޕަންޏޯލް ނުވަތަ އިސްޕެނިޝްއެވެ. އިނގިރޭސި ބަހުން ކޮލަންބިޔާގެ މީހުންނަށް ކިޔަނީ ކޮލޮންބިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބޮގޯޓާއެވެ. ކޮލަންބިޔާގެ ވެރިރަށަކީ ވެސް ބޮގޯޓާއެވެ. ކޮލަންބިޔާއަކީ ދުސްތޫރީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 45 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 29 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.1 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ co. އެވެ. ކޯލިން ކޯޑަކީ +57 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޕެސޯއެވެ.
ނަން [އުނިއިތުރު ގެންނަވާ]
ކޮލަންބިޔާގެ ނަން އައިސްފައިވަނީ ކްރިސްޓޮފަރ ކޮލަންބަސްގެ ނަމުންނެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
ކޮލަންބިޔާގެ އިރުމަތީގައި އޮތީ ވެނެޒުއޭލާ އާއި ބްރެޒިލެވެ. ދެކުނުގައި އޮތީ އިކުއެޑޯ އާއި ޕެރޫއެވެ. އުތުރުގައި އޮތީ ކެރީބިއަން ކަނޑެވެ. ހުޅަނގުއުތުރުގައި އޮތީ ޕެނަމާއެވެ. ހުޅަނގުގައި އޮތީ ޕެސިފިކް މަހާސާގަރެވެ. މީގެ އިތުރުން ބައެއް ޤައުމުތަކުން މެރިޓައިމް ބޯޑަރު ކޮލަންބިޔާއާ ޙިއްޞާކުރެއެވެ. އެ ޤައުމުތަކަކީ ޖެމެއިކާ، ހައިޓީ، ޑޮމިނިކަން ރިޕަބްލިކް، ހޮންޑިއުރަސް، ނިކަރާގުއާ، އަދި ކޮސްޓަރީކާއެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
މިއަދު ކޮލަންބިޔާގެ ގޮތުގައި އޮތް ސަރަޙައްދުގައި އެންމެ ފުރަތަމައަށް އާބާދުވެފައިިވީ އަދިވާސީންނެވެ. މުއިސްކާ އާއި ކުއިންބާޔާ އާއި ޓައިރޯނާ ނަސްލުގެ މީހުންނެވެ. އިސްޕޭނު މީހުން ކޮލަންބިޔާގެ ސަރަޙައްދަށް އައިސްފައިވަނީ 1499 ވަނަ އަހަރުގައެވެ. އިސްޕޭނު މީހުން ވަނީ ކޮލަންބިޔާ ސަރަޙައްދުގެ އަޞްލު ރަށްވެހިންގެ ތެރެއިން 90% މީހުންގެ ތެރެއިން ބައެއް މީހުން މަރާލައި، އަނެއްބައި މީހުން އަޅުވެތިކޮށްފައެވެ. އޭގެ ފަހުން އެމީހުން އުފެއްދީ ވައިސްރޯޔަލްޓީ އޮފް ނިއު ގްރެނާޑާއެވެ. ވައިސްރޯޔަލްޓީ އޮފް ނިއު ގްރެނާޑާގައި ހިމެނެނީ މިއަދުގެ ކޮލަންބިޔާ އާއި ވެނެޒުއޭލާ އާއި އިކުއެޑޯ އާއި ޕެނަމާއެވެ. ވައިސްރޯޔަލްޓީ އޮފް ނިއު ގްރެނާާޑާގެ ވެރިރަށެއްގެ ގޮތުގައި އޮތީ ބޮގޯޓާއެވެ. 16 ވަނަ ޤަރުނުގައި ޔޫރަޕުގެ މީހުން އެފްރިކާއިން އަޅުން ގެންނަން ފެށިއެވެ. މި ސަރަޙައްދަށް އިސްޕޭނުގެ ދަށުން މިނިވަންކަން ލިބުނީ 1819 ވަނަ އަހަރުގައެވެ. އެހެން ނަމަވެސް 1830 ވަނަ އަހަރުގައި “ގްރޭން ކޮލޮންބިޔާ” ވަނީ ރޫޅިގެން ގޮސްފައެވެ. އެއީ ވެނެޒުއާލާ އާއި އިކުއެޑޯ ވަކިވެ، ވަކި ދައުލަތްތަކަކަށްވީ ހިސާބުންނެވެ. ދެން ފެނިގެން ދިޔައީ މިއަދު ކޮލަންބިޔާ އާއި ޕެނަމާގެ ގޮތުގައި އޮތް ދެ ޤައުމު، ރިޕަބްލިކް އޮފް ނިއުގްރެނާޑާގެ ގޮތުގައި އުފަންވިތަނެވެ. މި ދައުލަތުން ޕެނަމާ ވަކިވީ 1903 ވަނަ އަހަރުގައެވެ. ކޮލަންބިޔާގެ އައު ޤާނޫނުއަސާސީ ތަޞްދީޤުކޮށްފައިވަނީ 1991 ވަނަ އަހަރުގައެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
އާބާދީގައި 45 މިލިޔަން މީހުން ތިބި ކޮލަންބިޔާއަކީ އާބާދީގެ ގޮތުން ދުނިޔޭގެ 29 ވަނަ ޤައުމެވެ. އަދި ދެކުނުއެމެރިކާ ބައްރުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. މެކްސިކޯ ފިޔަވައި ސްޕެނިޝް ބަހުން ވާހަކަދައްކާ އެންމެ ބޮޑު އާބާދީއަކީ ކޮލަންބިޔާއެވެ. އެހެންކަމުން ލެޓިން އެމެރިކާގެ ޤައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ އާބާދީ ބޮޑު ޤައުމަކީ ކޮލަންބިޔާއެވެ. ކޮލަންބިޔާގައި 2015 ވަނަ އަހަރު 50 މިލިޔަން މީހުން ތިބޭނެކަމަށް ވަނީ ބެލެވިފައެވެ. ކޮލަންބިޔާގެ އާބާދީގެ 58% މީހުންނަކީ މެސްޓިޒޯއިންނެވެ. މިއީ ޔޫރަޕުގެ މީހުންނާއި އެމެރިންޑިއަނުންގެ މަސްހުނި ނަސްލެކެވެ. 20% މީހުންނަކީ ޔޫރަޕިއަން ނަސްލުގެ މީހުންނެވެ. 14% މީހުންނަކީ މުއްލަތޯއިންނެވެ. މިއީ ޔޫރަޕާއި އެފްރިކާ މީހުންގެ މަސްހުނި ނަސްލެވެ. 4% މީހުންނަކީ އެފްރިކާގެ ކަޅު ނަސްލުގެ މީހުންނެވެ. 3% މީހުންނަކީ ޒަންބޯއިންނެވެ. އެމީހުންނަކީ އެމެރިންޑިޔަނުންނާއި އެފްރިކާ ނަސްލުގެ މީހުންގެ މަސްހުނި ނަސްލެކެވެ. 1% މީހުންނަކީ އަޞްލު ރަށްވެހިން ކަމުގައިވާ ސާފު އެމެރިންޑިޔަނުން ނުވަތަ އަދިވާސީންނެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
ކޮލަންބިޔާގެ ސަގާފަތަށް އަސަރު ފޯރުވާފައިވަނީ ނޭޓިވް އެމެރިކަން، އިސްޕެނިޝް، ޔޫރަޕިއަން، އެފްރިކަން، އެމެރިކަން، ކެރީބިއަން، މެދުއިރުމަތީގެ ސަގާފަތްތަކުންނެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
ކޮލަންބިޔާގެ އިޤްތިޞާދަކީ އެހާ ރަނގަޅު އިޤްތިޞާދެއް ނޫނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 4989 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found