ކޮންގޯ (ދިމިޤްރާޠީ ޖުމްހޫރިއްޔާ)

ވިކިޕީޑިއާ އިން

ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ ނުވަތަ 1997 އާ ހަމަޔަށް ޒައިރުގެ ގޮތުގައި އޮތް ކޮންގޯ-ކިންޝާޝާއަކީ މެދުތެރޭ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ. މިއީ އެފްރިކާ ބައްރުގައި އޮތް ތިންވަނައަށް އެންމެ ބޮޑު ޤައުމެވެ. އަވަސް ކަޅިއަކުން ބަލައިލުމެއް ކޮންގޯ-ކިންޝާޝާގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އެންމެ ބޮޑު ޝަހަރަކީ ކިންޝާޝާއެވެ. ވެރިކަން ކުރަނީ ވެސް ކިންޝާޝާގައެވެ. މި ޤައުމަކީ ސެމީ ޕްރެޒިޑެންޝަލް ރިޕަބްލިކެކެވެ. އާބާދީއަކީ 66 މިލިއަނެވެ. ބިމުގެ ބޮޑުމިނަކީ 2.34 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ cd. އެވެ. ކޯލިން ކޯޑަކީ +243 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކޮންގޯލީޒް ފްރޭންކެވެ. ނަން ކުރީގައި މި ޤައުމަކީ ބެލްޖިއަން ކޮލޮނީ އޮފް ބެލްޖިއަން ކޮންގޯއެވެ. މިނިވަންކަން ލިބުމަށް ފަހު މި ޤައުމަށް ކިޔާފައިވާ ނަމަކީ ރިޕަބްލިކް އޮފް ކޮންގޯ މިނަމެވެ. މި ނަން މި ގޮތުގައި ދެމި އޮތީ އޯގަސްޓު 1، 1964 އާ ހަމަޔަށެވެ. މި ހިސާބުން ރިޕަބްލިކް އޮފް ކޮންގޯ މި ނަމުގެ ބަދަލުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ މި ނަން ޤައުމުގެ ނަމެއް ކަމުގައި ހަމަޖެއްސިއެވެ. މިއީ އަވަށްޓެރި ރިޕަބްލިކް އޮފް ކޮންގޯއާ ނަމުގެ ގޮތުން ތަފާތުވުމަށް ޓަކައެވެ. 27 އޮކްޓޯބަރު 1971 ގައި ރައީސް މަބޫޓޫ މި ޤައުމުގެ ނަމަކީ ޒައިރު ކަމުގައި ހަމަޖެއްސިއެވެ. މަބޫޓޫގެ ވެރިކަން ނިމުމަށް ފަހު 1997 ގައި އަލުން ޤައުމުގެ ނަމެއްގެ ގޮތުގައި ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ހަމަޖެހިގެންދިޔައެވެ. ޖުޣުރާފީ ކޮންގޯ-ކިންޝާޝާގެ އުތުރުގައި އޮތީ ސެންޓްރަލް އެފްރިކަން ރިޕަބްލިކް އާއި ސޫދާނެވެ. އިރުމަތީގައި އޮތީ ރުވާންޑާ އާއި ޔޫގެންޑާ އާއި ބުރުންޑީއެވެ. ދެކުނުގައި އޮތީ ޒެންބިޔާ އާއި އެންގޯލާއެވެ. ހުޅަނގުގައި އޮތީ ރިޕަބްލިކް އޮފް ކޮންގޯއެވެ. ތާރީޚު މީގެ ދެހާސް އަހަރު ކުރީން ވެސް މި ސަރަޙައްދުގައި މީހުން ދިރިއުޅެފައިވާކަން ސާބިތުވެއެވެ. ކޮންގޯއަށް ބެލްޖިއަމްގެ ކިބައިން މިނިވަންކަން ލިބުނީ 30 ޖޫން 1960 ގައެވެ. 1960 ވަނަ އަހަރުގެ މެއި މަހުގައި ބޭއްވި ބަރުލަމާނީ އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅަކީ ޕެޓްރިކް ލުމުމްބާގެ ޕާޓީއެވެ. އެހެންކަމުން ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ޕެޓްރިކް ލުމުމްބާއަށެވެ. ބަރުލަމާނުން ޤައުމުގެ ރައީސެއް ކަމުގައި އިންތިޚާބުކުރީ އެލިޔަންސް ޑެ ބަސްކޮންގޯ ޕާޓީގެ ޖޯސެފް ކަސަވޫބޫއެވެ. މިނިވަންކަން ލިބުނުތާ މާ ގިނަ ދުވަހެއް ނުވެ ކޮންގޯގެ ބައެއް ޕްރޮވިންސުތަކުން ޤައުމުގެ އައު ޒަޢާމަތާ ދެކޮޅު ޙަރަކާތްތައް ފެށިއެވެ. މިނިވަންވުމަށް ފަހުގައި އެ ޤައުމުގައި ތިބި ޔޫރަޕުގެ 100000 އަށް ވުރެ ގިނަ މީހުން ކޮންގޯ ދޫކޮށް ހިޖުރަކުރުން ވެސް ވެގެންދިޔައީ ކޮންގޯ-ކިންޝާޝާގެ ތާރީޚުގައި ހިނގައި ދިޔަ މުހިއްމު ޙާދިސާއަކަށެވެ. ފްރެންޗް ކޮލޮނީ އޮފް މިޑްލް ކޮންގޯ އިން ވެސް ރިޕަބްލިކް އޮފް ކޮންގޯގެ ނަން އިޚްތިޔާރު ކުރުމާއެކު ދެ ކޮންގޯގެ ނަން ވެސް ކިޔަން ފެށުނީ އެތަނުގެ ވެރިރަށާ ގުޅުވައިގެންނެވެ. ކޮންގޯ-ލިއޯޕޮލްޑްވިލް އާއި ކޮންގޯ-ބްރަޒަވިލް ގެ ގޮތުގައި ދެ ކޮންގޯ ފާހަގަވެގެން ދިޔައެވެ. ފަހުން ކޮންގޯ-ލިއޯޕޮލްޑްވިލްއަށް ކިޔަނީ “ދަ ކޮންގޯ”އެވެ. ކޮންގޯ-ބްރަޒަވިލްއަށް ކިޔަނީ “ކޮންގޯ” އެވެ. 1966 ވަނަ އަހަރު ޤައުމުގެ ނަން ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ނަމަށް ބަދަލު ކުރެއްވީ ޖޯސެފް މަބޫޓޫއެވެ. 1971 ވަނަ އަހަރު ރިޕަބްލިކް އޮފް ޒައިރުގެ ނަމަށް ބަދަލުކުރުމަށް ފަހު އަލުން 1997 ގައި ޤައުމުގެ ކުރީގެ ނަން ކަމުގައިވާ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ނަން ބޭނުން ކުރެވެންފެށުނެވެ. ޑެމޮގްރަފިކްސް އާބާދީީގައި 66 މިލިޔަން މީހުން ތިބި ކޮންގޯ-ކިންޝާޝާއަކީ ފަރަންސޭސި ބަހުން ވާހަކަދައްކާ ޤައުމުތަކުގެ ތެރޭގައި އޮތް އެންމެ އާބާދީ ބޮޑު ޤައުމެވެ. ސަގާފަތު ވަރަށް ގިނަ ނަސްލުތަކުގެ މީހުންގެ ގޮޮވައްޗެއް ކަމުގައިވެފައިވާ ކޮންގޯ-ކިންޝާޝާގެ ސަގާފަތަށް މިހުރިހާ ނަސްލެއްގެ މީހުންގެ އަސަރު ފޯރާފައިވެއެވެ. އާބާދީގެ 70% އަކީ ނަޞާރާއިންނެވެ. 10% އަކީ މުސްލިމުންނެވެ. އިޤްތިޞާދު ދުނިޔޭގެ އެންމެ ފަޤީރު ފަސް ޤައުމުގެ ތެރޭގައި ހިމެނޭ ކޮންގޯ-ކިންޝާޝާގެ އިޤްތިޞާދު 2000 ވަނަ އަހަރުން ފެށިގެން އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. އެންމެ ބޮޑު ކުރިއެރުމެއް ޤައުމުގެ އިޤްތިޞާދަށް ލިބިފައިވަނީ 2004 ވަނަ އަހަރުއެވެ. ކޮންގޯ-ކިންޝާޝާގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 329 ޑޮލަރެވެ.


Wiki letter w.svg މި މަޒުމޫނަކީ މުޅިން ފުރިހަމަ ވެފައިވާ މަޒުމޫނެއް ނޫނެވެ. މި މަޒުމޫނު ފުރިހަމަ ކޮށްދެއްވަން ބޭނުންފުޅު ނަމަ އިނގިރޭސި ވިކިޕީޑިއާ ގައި މި ޢުންވާނުގެ ދަށުން ލިޔެވިފައިވާ މަޒުމޫނު ބައްލަވައިގެން ތަރުޖަމާގެ ނުނިމި އޮތް ބައި ފުރިހަމަކޮށް ދެއްވާށެވެ. ކަނާތްފަރާތުގެ އަރިމަތީގައިވާ ފާލަންތަކުން އިނގިރޭސި ބަހުން އޮތް މަޒުމޫނަށް ވަޑައިގެންނެވޭނެއެވެ.

]]

އެހެން ބަސްބަހުން