ކެންޔާ
| Republic of Kenya
Jamhuri ya Kenya
|
||||||
|---|---|---|---|---|---|---|
|
||||||
| Motto: "Harambee"ފަންވަތް:Nbsp(Swahili) "Let us all pull together" |
||||||
| Anthem: Ee Mungu Nguvu Yetu "O God of All Creation" |
||||||
| Capital (and largest city) |
Nairobi 1°16′S 36°48′E / 1.267°S 36.8°E |
|||||
| Official languages | Swahili, English[1] | |||||
| Demonym | Kenyan | |||||
| Government | Semi-presidential Republic | |||||
| - | President | Mwai Kibaki | ||||
| - | Prime Minister | Raila Odinga | ||||
| Independence | from the United Kingdom | |||||
| - | Date | December 12, 1963 | ||||
| - | Republic declared | December 12, 1964 | ||||
| Area | ||||||
| - | Total | 580,367 km2 (47th) 224,080 sq mi |
||||
| - | Water (%) | 2.3 | ||||
| Population | ||||||
| - | 2009 estimate | 39,802,000[2] (36th) | ||||
| - | 8 February 2007 census | 31,138,735 | ||||
| - | Density | 68.6/km2 (140th) 177.6/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $60.361 billion[3] | ||||
| - | Per capita | $1,711[3] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $29.564 billion[3] | ||||
| - | Per capita | $838[3] | ||||
| HDI (2007) | ||||||
| Currency | Kenyan shilling (KES) |
|||||
| Time zone | EAT (UTC+3) | |||||
| - | Summer (DST) | not observed (UTC+3) | ||||
| Drives on the | left | |||||
| Internet TLD | .ke | |||||
| Calling code | +254 | |||||
| 1. According to cia.gov, estimates for this country explicitly take into account the effects of mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex, than would otherwise be expected.[4] | ||||||
ރިޕަބްލިކް އޮފް ކެންޔާއަކީ އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ކެންޔާގެ ރަސްމީ ބަހަކީ ސަވާހިލީ ބަހާއި އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުން ކެންޔާގެ މީހުންނަށް ކިޔަނީ ކެންޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ނައިރޯބީއެވެ. ކެންޔާގެ ވެރިރަށަކީ ވެސް ނައިރޯބީއެވެ. ކެންޔާއަކީ ސެމީ ޕްރެޒިޑެންޝަލް ރިޕަބްލިކެކެވެ. ޤައުމުގެ އާބާދީއަކީ 40 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 32 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.5 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ke. އެވެ. ކޯލިން ކޯޑަކީ +254 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކެންޔަން ޝިިލިންގެވެ.
ނަން [އުނިއިތުރު ގެންނަވާ]
ކެންޔާގެ ނަން ނިސްބަތްކުރެވިފައިވަނީ މައުންޓް ކެންޔާއަށެވެ. ޙަޤީޤަތުގައި މިނަން ކިޔައިި އުޅެނީ “ކީންޔާ” މި ގޮތަށެވެ. ކުރިން އިނގިރޭސީން މި ޤައުމުގެ ނަން ލިޔެއުޅުނީ ވެސް ކީންޔާ މިގޮތަށެވެ. 1960ގެ އަހަރުތަކުގައި ޖޯމޯ ކެންޔާޓާގެ ވެރިކަމުގައި މިހާރު މިނަން ލިޔާ ގޮތަށް ލިޔަންފެށުނެވެ. އެއީ އޭނާގެ ނަންކިޔާއިރު އަޞްލު އެ ތަނުގެ އަހުލުވެރިން އެބަސް ތަލައްފުޒުކުރާ ގޮތާއި އެ ޤައުމުގެ ނަން ތަލައްފުޒުކުރާގޮތާ އެއްގޮތްކަމުންނެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
ކެންޔާގެ އައްސޭރި ހުޅުވިފައިވަނީ އިންޑިޔާ ކަނޑަށެވެ. މި ޤައުމު އޮތީ އީކުއޭޓަރގައެވެ. ކެންޔާގެ އުތުރުގައި އޮތީ އިތިޔޯޕިޔާ (ޙަބަޝާ)އެވެ. އިރުއުތުރުގައި އޮތީ ސޯމާލިޔާއެވެ. ދެކުނުގައި އޮތީ ޓެންޒޭނިޔާއެވެ. ހުޅަނގުގައި އޮތީ ޔޫގެންޑާ އާއި ލޭކް ވިކްޓޯރިޔާއެވެ. ހުޅަނގުއުތުރުގައި އޮތީ ސޫދާނެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
މިއަދު ކެންޔާގެ ގޮތުގައި އޮތް ސަރަޙައްދު 1920 ވަނަ އަހަރާ ހަމަޔަށް އޮތީ “ބްރިޓިޝް އީސްޓް އެފްރިކާ” ގެ ގޮތުގައެވެ. ކެންޔާއަކީ ސައިންސްވެރިންގެ މެދުގައި ވަރަށް މަޤްބޫލު ތަނެކެވެ. ދުނިޔޭގައި މިއަދު ހޯދިފައިވާ ދުވަސްވީ ފޮސިލްތަކުގެ ތެރެއިން ވަރަށް ގިނަ ފޮސިލް ހޯދިފައިވާ އެއްތަނަކީ ކެންޔާއެވެ. މި ގޮތުން ކެންޔާއިން ވަނީ މީގެ 200 ވަރަކަށް މިލިޔަން އަހަރުކުރީގެ ކަމަށް ބެލެވޭ ޖަޔަންޓް ކްރޮކޮޑައިލް ފޮސިލްއެއް ވެސް ކެންޔާއިން ވަނީ ފެނިފައެވެ. އިންސާނުންގެ ފޮސިލްތަކުގެ ތެރެއިން އެންމެ ދުވަސްވީ ކަމަށް ބެލެވޭ ފޮސިލްތައް ވެސް ފެނިފައިވާ އެއް ޤައުމަކީ ކެންޔާއެވެ. ބައެއް ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި ހޮމިނިޑްސްގެ ތެރެއިން ހޯމޯ ހަބިލިސް (ސައިންސްވެރިން ބުނާ ގޮތުން 1.8 މިލިޔަން އާއި 2.5 މިލިޔަން އަހަރާދެމެދު އުޅެފައިވާ) އަދި ހޯމޯ އިރެކްޓަސް (1.8 މިލިޔަން އާއި 350000 އަހަރާ ދެމެދު އުޅެފައިވާ) އަކީ އެމީހުން ބުނާ ގޮތުގައި ހޯމޯ ސަޕިއެންސް (އިންސާނުން) ގެ ދަރިކޮޅުގެ ކާބަފައިންނެވެ. އެހެންކަމުން ބައެއް ސައިންސްވެރިންނާއި ތާރީޚު ޢިލްމުވެރިން ޤަބޫލުކުރާ ގޮތުގައި މިއަދު އަޅުގަނޑުމެން މިދެކޭ އިންސާނުން ފުރަތަމަ ދިރިއުޅެން ފަށާފައިވަނީ މިއަދު ކެންޔާ ހިމެނޭ ސަރަޙައްދުގައެވެ. އެހެން ނަމަވެސް މިއީ އަދި ހަމައެކަނި ނަޒަރިއްޔާތަކެކެވެ. މިއީ ހުރިހާ ގޮތަކުން ޔަޤީންވެފައިވާ ޤާނޫނުތަކެއް ނޫނެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
ފާއިތުވި ދަހަތަކުގައި ކެންޔާގެ އާބާދީ ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. މިހާރު ގާތްގަނޑަކަށް 40 މިލިޔަން މީހުން ތިބި ކެންޔާއަކީ ދުނިޔޭގައި އާބާދީގެ ގޮތުން 32 ވަނަ ޤައުމެވެ. ކެންޔާގެ މީހުންނަކީ ނަސްލުގެ ގޮތުން ވަރަށް ތަފާތު ބަޔެކެވެ. ކެންޔާގެ ގިނަ މީހުން ދެ ބަހުން ވާހަކަ ދައްކައެވެ. އެއީ އިނގިރޭސި ބަހާއި ސަވާހިލީ ބަހެވެ. މީގެ އިތުރުން އެމީހަކު ނިސްބަތްވާ ޤަބީލާގެ ބަހުން ވެސް ވާހަކަ ދައްކައެވެ. ކެންޔާގައި އެންމެ ގިނައީ ކިކޫޔޫ ނަސްލުގެ މީހުންނެވެ. މިއީ ކެންޔާގެ އާބާދީގެ 22% އެވެ. ލުހްޔާއިންނަކީ 14% އެވެ. ލުއޯއިިންނަކީ 13% އެވެ. ކަލެންޖިންއަކީ 12% އެވެ. ކަންބާއިންނަކީ 11% އެވެ. ކިސީއިންނަކީ 6% އެވެ. މޭރޫ އިންނަކީ ވެސް 6% އެވެ. އެފްރިކާގެ އެހެން ނަސްލުތަކުގެ މީހުންނަކީ 15% އެވެ. އޭޝިޔާ، ޔޫރަޕު އަދި ޢަރަބީންނަކީ 1% އެވެ. ކެންޔާގެ އާބާދީގެ 78% މީހުންނަކީ ނަޞާރާއިންނެވެ. މުސްލިމުންނަކީ 10% އެވެ. އަދިވާސީ ދީންތަކަށް ތަބާވާ މީހުންގެ ޢަދަދަކީ ވެސް 10% އެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
އެތައް ނަސްލެއްގެ މީހުން އުޅޭ ޤައުމެއްގެ ގޮތުން ކެންޔާއަކީ ވަރަށް މުއްސަނދި ސަގާފަތެއް ނުވަތަ ސަގާފަތްތަކެއް އޮތް ޤައުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
މިނިވަންކަން ލިބުމަށްފަހު ކެންޔާއިންވަނީ ތަރައްޤީގެ މަގުގައި ފިޔަވަޅުތަކެއް އަޅާފައެވެ. އެހެން ނަމަވެސް ޤައުމުގެ އިޤްތިޞާދު އަދިވެސް މާ ރަނގަޅެކޭ ނުބުނެވޭނެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1711 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found