ކެންބޯޑިއާ
| Kingdom of Cambodia
ព្រះរាជាណាចក្រកម្ពុជា
Preăh Réachéa Anachâk Kâmpŭchea |
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: "Nation, Religion, King" |
||||||
| Anthem: Nokoreach Royal Kingdom |
||||||
| Capital (and largest city) |
Phnom Penh 11°33′N 104°55′E / 11.55°N 104.917°E |
|||||
| Official languages | Khmer | |||||
| Official scripts | Khmer script | |||||
| Demonym | Khmer or Cambodian | |||||
| Government | Constitutional monarchy, Parliamentary representative democracy |
|||||
| - | King | Norodom Sihamoni | ||||
| - | Prime Minister | Hun Sen | ||||
| Legislature | Parliament | |||||
| - | Upper House | Senate | ||||
| - | Lower House | National Assembly | ||||
| Formation | ||||||
| - | Khmer empire | 802 | ||||
| - | French colonization | 1863 | ||||
| - | Independence from France | November 9, 1953 | ||||
| - | Monarchy abolished | March 18, 1970 | ||||
| - | Monarchy restored | September 24, 1993 | ||||
| Area | ||||||
| - | Total | 181,035 km2 (88th) 69,898 sq mi |
||||
| - | Water (%) | 2.5 | ||||
| Population | ||||||
| - | 2009 estimate | 14,805,000[1] (67th) | ||||
| - | 2008 census | 13,388,910 | ||||
| - | Density | 81.8/km2 (125th) 211.8/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $28.461 billion[2] | ||||
| - | Per capita | $2,082[2] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $11.250 billion[2] | ||||
| - | Per capita | $823[2] | ||||
| HDI (2007) | ||||||
| Currency | Riel (៛)1 (KHR) |
|||||
| Time zone | (UTC+7) | |||||
| - | Summer (DST) | (UTC+7) | ||||
| Drives on the | right | |||||
| Internet TLD | .kh | |||||
| Calling code | 855 | |||||
| 1 | Local currency, although US dollars are widely used. | |||||
ކިންގްޑަމް އޮފް ކެންބޯޑިޔާއަކީ އިރުދެކުނު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ކެންބޯޑިޔާގެ ރަސްމީ ބަހަކީ ޚިމެރު ބަހެވެ. އިނގިރޭސި ބަހުން ކެންބޯޑިޔާގެ މީހުންނަށް ކިޔަނީ ޚިމެރްސް ނުވަތަ ކެންބޯޑިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ނޮންޕެންއެވެ. ކެންބޯޑިޔާގެ ވެރި ރަށަކީ ނޮންޕެން އެވެ. ކެންބޯޑިޔާއަކީ ދުސްތޫރީ ރަސްކަމެކެވެ. އަދި ޕާލަމެންޓަރީ ރެޕްރެޒެންޓޭޓިވް ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 14 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 66 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.18 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ kh. އެވެ. ކޯލިން ކޯޑަކީ +855 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ރިއެލްއެވެ.
ނަން [އުނިއިތުރު ގެންނަވާ]
ކެންބޯޑިޔާ، މި ނަމަކީ މި ޤައުމަށް ޢާއްމުކޮށް އިނގިރޭސި ބަހުން ކިޔާ ނަމެވެ. މި ނަން ނެގިފައިވަނީ ފަރަންސޭސި ބަހުން ކިޔާ ކެންބޯޖް މިނަމުންނެވެ. ކުރީގައި އިނގިރޭސީން ކެންބޯޑިޔާއަށް ކެންޕޫޗިޔާއޭ ވެސް ކިޔާފައިވާކަން ފާހަގަ ކުރެވެއެވެ. އެއީ ކެންބޯޑިޔާގެ ރަސްމީ ބަސް ކަމުގައިވާ ޚިމެރު ބަހުން އެ ޤައުމަށް ކިޔާ ނަން ކަމުގައިވާ ކަންޕޫޗިޔާ މި ބަހުން ނެގިފައިވާ ބަހެކެވެ. މި ނަން އައިސްފައިވަނީ ޚިމެރީންގެ ބޯދާ ރަސްކަމެއް ކަމުގައިވާ ކަންބޫޖާ (ކަންބޫޖާދޭޝަ) މި ނަމުން ނެގިފައިވާ ބަހެކެވެ. ކަންބޫޖާ ނުވަތަ ކަންބޯޖާ މި ނަމަކީ ކަންބޯޖާއިންނަށް ބޯދާ ސެންސިކިރުތު ބަހުން ކިޔާފައިވާ ނަމެކެވެ. މިއީ އުތުރު އިންޑިޔާއަށް ނިސްބަތްވާ ޤަބީލާއެކެވެ. މި ޤަބީލާއަށް މި ނަން ކިޔާފައިވަނީ އެ މީހުންްގެ ބާނީ ކަމުގައިވާ ކަންބޫ ސްވަޔަމްބޫވާގެ ނަމަށް ނިސްބަތްކޮށެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
ކެންބޯޑިޔާގެ ހުޅަނގާއި ހުޅަނގުއުތުރުގައި އޮތީ ތައިލޭންޑެވެ. އިރުއުތުރުގައި އޮތީ ލާއޯސްއެވެ. އިރުމައްޗާއި އިރުދެކުނުގައި އޮތީ ވިއެޓްނާމެވެ. ދެކުނުގައި އޮތީ ޚަލީޖު ތައިލޭންޑެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
ކެންބޯޑިޔާގައި މީހުން ދިރިއުޅެން ފެށި ތާރީޚެއް ހޯދުމަށް މިހާތަނަށް ލިބިފައިވާ ހެކިތަކަކީ ޤަބޫލުކުރެވެން ނެތް ހެކިތަކެެއް ކަމުގައި ޢިލްމުވެރިން އަދި ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ފެންނަން ހުރި ހެކިތަކަށް ބަލާއިރު ޢީސާގެފާނުގެ މީލާދުގެ ކުރިން 6000 އަހަރު ކުރީއްސުރެ ފަށައިގެން ވެސް ކެންބޯޑިޔާގައި މީހުން ދިރިއުޅެމުންދާ ކަމަށް ޢިލްމީ ގޮތުން ސާބިތުވެއެވެ. ކެންބޯޑިޔާގެ ރަތަނަކިރީގައި ކޮންނަނިކޮށް އާސާރީތަކެތި ދަނީ ފެންނަމުންނެވެ. ކެންބޯޑިޔާގެ މަސައްކަތްތެރީން ހަދާފައިވާ ބައެއް ތަންތަން މިހާރު ފެނިފައިވާ އިރު މީގެ ތެރެއިން ގިނަ ތަންތަނަކީ ޢީސާގެފާނުގެ މީލާދުގެ 2000 އަހަރު ކުރީން ހަދާފައިވާ ތަންތަން ކަމަށް ބެލިފައިވެއެވެ. ޢީސާގެފާނުގެ މީލާދުގެ 3000 އަހަރު ކުރީން ހަނޑުލުގެ ދަނޑުވެރިކަން ކުރާ މީހުން އުތުރު ފަޅިން މި ސަރަޙައްދަށް އައި ކަމަށް ބެލެވިފައިވެއެވެ. މީލާދުގެ 500 އަހަރު ކުރީގެ ދަގަނޑުގެ މަސައްކަތްތެރިކަމާ ގުޅޭ ސާމާނު ވެސް މިއަދު ދަނީ ފެންނަމުންނެވެ. މިއަދު ކެންބޯޑިޔާ އާއި އަވަށްޓެރި ޤައުމަކާ ދެމެދު އެންމެ ބޮޑު މައްސަލަތަކެއް އުފެދިފައިވަނީ ޕްރިއާވިހާރައިގެ މައްސަލައިގައެވެ. މި ތަނަކީ ޤަދީމީ ފައްޅިއެކެވެ. މިތަނަކީ ތައިލެންޑުގެ ތަނެއް ކަމަށް އެ ޤައުމުން ދަޢުވާކުރާ އިރު ކެންބޯޑިޔާއިން ދަޢުވާކުރަނީ މިއީ އެމީހުންގެ ތަނެއް ކަމުގައެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
ކެންބޯޑިޔާގެ އާބާދީގެ 90% އަކީ ޚިމެރު ނަސްލަށް ނިސްބަތްވާ އަދި ޚިމެރު ބަހުން ވާހަކަ ދައްކާ މީހުންނެވެ. ކެންބޯޑިޔާގެ އާބާދީގެ 95% މީހުންގެ ދީނަކީ ތޭރަވަދާ ބުދިޒަމްއެވެ. 3% މީހުންނަކީ މުސްލިމުންނެވެ. 2% މީހުންނަކީ ކްރިސްޓިޔަނުންނެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
ކެންބޯޑިޔާގެ ސަގާފަތަށް އެންމެ ބޮޑު އަސަރެއް ފޯރުވަނީ އެ ޤައުމުގެ އާބާދީގެ 95% މީހުން އެ ދީނަކަށް ތަބަޢަވާ ތޭރަވަދާ ބުދިޒަމް އިންނެވެ. މީގެ އިތުރުން ފަރަންސޭސި އިސްތިޢުމާރުގެ ސަބަބުން ވެސް އެ ޤައުމުގެ ސަގާފަތަށް ނުފޫޒުތަކެއް ފޯރާފައިވާކަން ފާހަގަ ކުރެވެއެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
ކެންބޯޑިޔާގެ އިޤްތިޞާދަކީ ކުރިއަރަމުން އަންނަ އިޤްތިޞާދެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 2082 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found