ކުރޮއޭޝިއާ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
Republic of Croatia
Republika Hrvatska
AnthemLijepa naša domovino
Our beautiful homeland

Capital
(and largest city)
Zagreb
45°48′N 16°0′E / 45.8°N 16°E / 45.8; 16
Official languages Croatian1
Demonym Croat, Croatian
Government Parliamentary republic
 -  President Ivo Josipović
 -  Prime Minister Jadranka Kosor
 -  President of Parliament Luka Bebić
Establishment
 -  Principality 7852 
 -  Independent Principality 879 
 -  Kingdom 925 
 -  Union with Hungary 1102 
 -  Joined Habsburg Empire 1 January 1527 
 -  Independence from Austria–Hungary 29 October 1918 
 -  Joined Yugoslavia3 29 November 1943 
 -  Decision on independence 25 June 1991 
 -  Declaration of independence 08 October 1991 
Area
 -  Total 56,594 km2 (126th)
21,851 sq mi 
 -  Water (%) 1.09
Population
 -  2009 estimate 4,489,409[1] (122nd)
 -  2001 census 4,437,460[2] 
 -  Density 81/km2 (115th)
208/sq mi
GDP (PPP) 2008 estimate
 -  Total $82.407 billion[3] 
 -  Per capita $18,575[3] 
GDP (nominal) 2008 estimate
 -  Total $69.357 billion[3] 
 -  Per capita $15,633[3] 
Gini (2008) 29 (low
HDI (2007) 0.871[4] (high) (45th)
Currency Kuna (HRK)
Time zone CET (UTC+1)
 -  Summer (DST) CEST (UTC+2)
Drives on the right
Internet TLD .hr
Calling code 385
1 Also Italian in Istria and languages of other national minorities (Hungarian, Czech, Slovak, Serbian, etc.) in residential municipalities of the national minorities.
2 Shortly after the reign of Prince Višeslav, Franks were defeated in 803.
3 Before co-founding the Democratic Federal Yugoslavia, Croatia co-founded the Kingdom of Yugoslavia on 1 December 1918.

ކްރޮއޭޝިޔާއަކީ މެދުތެރޭ އަދި އިރު ދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]

ކްރޮއޭޝިޔާގެ ރަސްމީ ބަހަކީ ކްރޮއޭޝިޔަން ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ކްރޯ^ްސް ނުވަތަ ކްރޮއޭޝިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޒަގްރެބްއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 120 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 56594 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ hr. އެވެ. ކޯލިން ކޯޑަކީ +385 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.

ނަން[އުނިއިތުރު ގެންނަވާ]

އިނގިރޭސި ބަހުން މި ޤައުމުގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ކްރޮއޭޝިޔާއެވެ. ކްރޮއޭޝިޔަން ބަހުން މި ޤައުމަށް ކިޔަނީ ރިޕަބްލިކާ ހްރްވަ^ްސްކާއެވެ.

ޖުޣުރާފީ[އުނިއިތުރު ގެންނަވާ]

ކްރޮއޭޝިޔާގެ އުތުރުގައި އޮތީ ސްލޮވީނިޔާ އާއި ހަންގޭރީއެވެ. އިރުދެކުނުގައި އޮތީ ބޮސްނިޔާ އެންޑް ހެރްޒެގޮވީނާ އާއި ސާބިޔާއެވެ. އިރުމަތީގައި އޮތީ މޮންޓިނީގްރޯއެވެ.

ތާރީޚު[އުނިއިތުރު ގެންނަވާ]

ކްރޮއޭޝިޔާގެ ގޮތުގައި މިއަދު މި އޮތް ސަރަޙައްދަކީ ވަރަށް ވެސް ކުރީއްސުރެ މީހުން އާބާދުވެފައިވާ ތަނެކެވެ. ތާރީޚަށް ބަލާއިރުގައި ޕްރިންސިޕަލިޓީއެއްގެ ގޮތުގައި ޤާއިމުވެފައިވަނީ 785 ވަނަ އަހަރުގައެވެ. މިނިވަން ޕްރިންސިޕަލިޓީއެއްގެ ގޮތުގައި 879 މ. ގައެވެ. ރަސްކަމެއް ޤާއިމުވެފައި ވަނީ 925 ގައެވެ. ހަންގޭރީއާ އެކު އިއްތިޙާދުވެފައި ވަނީ 1102 ވަނަ އަހަރުގައެވެ. ހެބްސްބާރގް އެމްޕަޔަަރއާ ގުޅުނީ 1 ޖަނަވަރީ 1527 ގައެވެ. އޮސްޓްރިޔާ-ހަންގޭރީ އިއްތިޙާދުގެ ދަށުން މިނިވަންވީ 29 އޮކްޓޯބަރު 1918 ގައެވެ. ޔޫގޮސްލާވިޔާއާ ގުޅުނީ 29 ނޮވެންބަރު 1943 ގައެވެ. މިނިވަންވުމުގެ ނިންމުން ނިންމާފައިވަނީ 25 ޖޫން 1991 ގައެވެ. މިނިވަންކަން އިޢުލާނުކޮށްފައިވަނީ 08 އޮކްޓޯބަރު 1991 ގައެވެ.

ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]

ކްރޮއޭޝިޔާގެ އާބާދީގެ 89.6% އަކީ ކްރޮއަ^ް ނަސްލުގެ މީހުންނެވެ. މީގެ އިތުރުން 4.5% ސަރބުންނާއި 5.9% ބޮސްނިއާކް، ހަންގޭރީ، އިޓާލީން، ސްލޮވީނީން، ޖަރުމަނުން، ޗެކުން، ރޯމާނީންގެ މި ޤައުމުގައި ދިރިއުޅެމުން ގެންދެއެވެ. ކްރޮއޭޝިޔާގެ އާބާދީގެ 88% މީހުންނަކީ ރޯމަން ކެތަލިކް ކްރިސްޓިޔަނުންނެވެ. 4.4% މީހުންނަކީ އޮތޮޑޮކްސް ކްރިސްޓިޔަނުންނެވެ. މުސްލިމުންގެ އިންސައްތައަކީ 1.3% އެވެ. އެއްވެސް ދީނަކަށް ތަބާނުވާ 5.2% މީހުން ވެސް ކްރޮއޭޝިޔާގައި އުޅޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ސަގާފަތު[އުނިއިތުރު ގެންނަވާ]

ކްރޮއޭޝިޔާގެ ސަގާފަތަކީ ގާތްގަނޑަކަށް 14 ވަރަކަށް ޤަރުނުވެފައިވާ ސަގާފަތެކެވެ. ވަރަށް ބޮޑަށް މަދަނީ ތަރައްޤީ އާއި އާދަކާދައަށް ކުރިއެރުންތަކެއް ލިބިގެން ދިއުމުގެ ސަބަބުން ކްރޮއޭޝިޔާ ވެފައިވަނީ ވަރަށް މުއްސަނދި ސަގާފަތެއް އޮތް ޤައުމަކަށެވެ. ޔޫރަޕުގެ މުސްލިމުން ދިރިއުޅޭ ޤައުމުތަކަށް ބަލާލާއިރު ކްރޮއޭޝިޔާގެ މުސްލިމުންގެ ޢަދަދު ލައްކައަކަށް ނޭރި ކަމުގައި ވިޔަސް ކްރޮއޭޝިޔާއަކީ މުޅި ދުނިޔެއިން ވެސް ހޮވާލެވޭ ފަދަ އިސްލާމީ ސަގާފަތެއް އޮތް ޤައުމެކެވެ. ކްރޮއޭޝިޔާގެ މުސްލިމުންނަކީ ވަރަށް ދީންވެރި، އަދި އެހައިިމެ ދީލަތި ބައެކެވެ. ވަރަށް ހިތްތިރި، ބޮޑާވެރިކަމުގެ ސިފަ ނެތް، އިޚްލާޞްތެރި ބައެކެވެ.

އިޤްތިޞާދު[އުނިއިތުރު ގެންނަވާ]

ޕްރައިވެޓައިޒޭޝަން ފަދަ ރަނގަޅު އިޤްތިޞާދީ ސިޔާސަތުތަކެއް އެ ޤައުމުގައި މިހާރުވަނީ ހިންގަން ފަށާފައެވެ. އެ ޤައުމުގެ އިޤްތިޞާދަށް އެންމެ ބޮޑު ހީނަރުކަމެއް ލިބިގެން ދިޔައީ އެ ޤައުމުގައި 90ގެ އަހަރުތަކުގައި ހިނގަމުން ދިޔަ ހަނގުރާމައިގެ ސަބަބުންނެވެ. އެހެން ނަމަވެސް 1995 ވަނަ އަހަރު ހަނގުރާމަ ނިމުމަށް ފަހު ކްރޮއޭޝިޔާގެ ފަތުރުވެރިކަމާއި އަދި އެހެނިހެން ސިނާޢަތުތައް ވެސް ހަމަޔަކަށް އެޅުމުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ވަނީ ކުރިއެރުންތަކެއް ލިބެން ފަށާފައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 18575 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found