ކިރިގިސްތާން
| Kyrgyz Republic
Кыргыз Республикасы
Kırgız Respublikası Кыргызская Республика Kyrgyzskaya Respublika |
||||||
|---|---|---|---|---|---|---|
|
|
||||||
| Anthem: National Anthem of the Kyrgyz Republic |
||||||
| Capital (and largest city) |
Bishkek 42°52′N 74°36′E / 42.867°N 74.6°E |
|||||
| Official languages | Kyrgyz (State) Russian (Official)[1] |
|||||
| Ethnic groups | 68.9% Kyrgyz 14.4% Uzbek 9.1% Russian 7.6% others |
|||||
| Demonym | Kyrgyz Kyrgyzstani[2] |
|||||
| Government | Presidential republic | |||||
| - | President | Kurmanbek Bakiyev | ||||
| - | Prime Minister | Daniar Usenov | ||||
| Independence | from the Soviet Union | |||||
| - | Established | 14 October 1924 | ||||
| - | Kirghiz SSR | 5 December 1936 | ||||
| - | Declared | 31 August 1991 | ||||
| - | Completed | 25 December 1991 | ||||
| Area | ||||||
| - | Total | 199,900 km2 (86th) 77,181 sq mi |
||||
| - | Water (%) | 3.6 | ||||
| Population | ||||||
| - | 2009 estimate | 5,482,000[3] (110th) | ||||
| - | 1999 census | 4,896,100 | ||||
| - | Density | 27.4/km2 (176th) 71/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $11.604 billion[4] | ||||
| - | Per capita | $2,184[4] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $5.050 billion[4] | ||||
| - | Per capita | $950[4] | ||||
| Gini (2003) | 30.3 (medium) | |||||
| HDI (2007) | ||||||
| Currency | Som (KGS) |
|||||
| Time zone | KGT (UTC+6) | |||||
| Drives on the | right | |||||
| Internet TLD | .kg | |||||
| Calling code | 996 | |||||
ކިރްގިސްތާނަކީ މެދުތެރޭ އޭޝިޔާއަށް ނިސްބަތްވާ ބިންބަންދު ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ކިރްގިސްތާނުގެ ރަސްމީ ބަހަކީ ރޫސީ ބަހެވެ. ދައުލަތުގެ ބަހަކީ ކިރްގިޒް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ކިރްގިޒް ނުވަތަ ކިރްގިސްތާނީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބިޝްކެކެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 110 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 199900 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ kg. އެވެ. ކޯލިން ކޯޑަކީ +996 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސޮމްއެވެ.
ނަން [އުނިއިތުރު ގެންނަވާ]
ކިރްގިސްތާނުގެ ނަން ނިސްބަތްވަނީ އެ^ްނޯނިމް “ކިރްގިޒް” އަށެވެ. ކިރްގިސްތާނުގެ މާނައަކީ ކިރްގިޒް މީހުންގެ ބިމެވެ. “ކިރްގިޒް” މި ބަހުގެ މާނައަކީ “ސާޅީސް އަންހެން ކުދިން” ނުވަތަ “ސާޅީސް ޤަބީލާ” އެވެ. މިިއީ ވާހަކަތަކުގެ ބަޠަލެއް ކަމުގައިވާ “މަނަސް” ޚިތާނީންނާ ދެކޮޅަށް އެއްކުރެއްވި ކަމަށް ބުނާ ސާޅީސް ޤަބީލާއަށް ނިސްބަތް ކުރެވިފައިވާ ނަމެކެވެ. ކިރްގިސްތާނުގެ ދިދައިގައިވާ އިރުގައި ސާޅީސް ދޯދި ލާފައިވަނީ ވެސް މަނަސްގެ މި ސާޅީސް ޤަބީލާ ރަމްޒުކޮށް ދިނުމުގެ ގޮތުންނެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
ކިރްގިސްތާނުގެ އުތުރުގައި އޮތީ ކަޒަކިސްތާނެވެ. ހުޅަނގުގައި އޮތީ އުޒްބެކިސްތާނެވެ. ހުޅަނގު ދެކުނުގައި އޮތީ ތަޖިކިސްތާނެވެ. އިރުމަތީގައި އޮތީ ޗައިނާއެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
ކިރްގިސްތާނުގެ ދައުލަތް އެންމެ ބޮޑަށް ފުޅާވެގެން ގޮސްފައިވަނީ މީލާދީން 840 ހާ ތާގައި ޚާނޭތުން ބަލިކުރުމަށް ފަހުގައެވެ. ދެން އެމީހުން ޖެހިލީ ޗައިނާއާ ވީ ފަރާތަށެވެ. މި ގޮތުން ތިއާން ޝާންގައި 200 ވަރަކަށް އަހަރު އެމީހުން ވެރިކަން ކޮށްފައިވެއެވެ. އެހެން ނަމަވެސް 12 ވަނަ ޤަރުނުގައި ކިރްގިޒް މީހުންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދު ކުޑަ ވެގެން ދިޔައެވެ. މޮންގޯލުން ކުރިއަރަން ފެށުމާއެކު 13 ވަނަ ޤަރުނުގައި ކިރްގިޒް ނަސްލުގެ މީހުން ދެކުނަށް ޖެހުނެވެ. ކިރްގިޒް ނަސްލުގެ މީހުންގެ މައްޗަށް ގެންގީޒް ޚާން ފަތަޙަ ހޯދާފައިވަނީ މީލާދީން 1207 ވަނަ އަހަރުގައެވެ. ސީނުކަރައިގެ ކުރީގެ ލިޔުންތަކާއި އެހިސާބުގެ މުސްލިމުންގެ ލިޔުންތަކުން ފެންނަ ގޮތުގައި ކިރްގިޒް ނަސްލުގެ މީހުންގެ ބޮލުގެ އިސްތަށީގެ ކުލައަކީ ރަތް ކުލައެވެ. ގައިގައި ހުންނަނީ ހުދު ދޮން ކުލައެވެ. ލޮލުގެ ކަޅީގައި ހުންނަނީ ނޫ ކުލައެވެ. މިއީ މީލާދީން 7 ވަނަ ޤަރުނާއި 12 ވަނަ ޤަރުނާ ދެމެދު ކިރްގިޒް ނަސްލުގެ މީހުން ސިފަކޮށްފައިވާ ގޮތެވެ. އެެހެން ކަމުން އެމީހުންނަކީ ސްލެވިކް ނަސްލެއްގެ ބައެއްކަމަށް ޤަބޫލުކުރެވިދާނެއެވެ. މިއަދު ކިރްގިޒް މީހުންގެ ސިފައަށް ބަލާއިރުގައި ފެންނާނީ މެދުތެރޭ އޭޝިޔާ އާއި ހުޅަނގު ދެކުނު އޭޝިޔާ އަދި އިރުމަތީ އޭޝިޔާގެ މީހުން މަސްހުނިވެފައިވާ ނަސްލެއްގެ ގޮތުގައެވެ. ރަޝިޔާގެ ބައެއްގެ ގޮތުގައި މިއަދުގެ ކިރްގިސްތާންގެ ސަރަޙައްދު ހަމަޖެހިގެން ދިޔައީ މީލާދީން 1876 ވަނަ އަހަރުގައެވެ. މެދުތެރޭ އޭޝިޔާގައި ރަޝިޔާއާ ދެކޮޅަށް ހިނގި ޙަރަކާތްތައް ފުނޑުފުނޑުކޮށްލުމުގެ ގޮތުން ރަޝިޔާއިން ހިންގި ޢަމަލުތަކުގެ ސަބަބުން 1916 ވަނަ އަހަރު ވަރަށް ގިނަ ބަޔަކު ޗައިނާއަށް ހިޖުރަކުރިއެވެ. ކިރްގިސްތާން ރަޝިޔާގެ ކިބައިން މިނިވަންކަން އިޢުލާންކޮށްފައިވަނީ 31 އޯގަސްޓު 1991 ގައެވެ. ފުރިހަމަ މިނިވަންކަމެއް ލިބުނީ 25 ޑިސެންބަރު 1991 ގައެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
ކިރްގިސްތާނުގެ އާބާދީގެ 68.9% މީހުންނަކީ ކިރްގިޒް ނަސްލުގެ މީހުންނެވެ. 14.4% މީހުންނަކީ އުޒްބެކް ނަސްލުގެ މީހުންނެވެ. 9.1% މީހުންނަކީ ރަޝިޔާ ނަސްލުގެ މީހުންނެވެ. 7.6% އަކީ އެހެން ނަސްލުތަކަށް ނިސްބަތްވާ މީހުންނެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
ކިރްގިސްތާނުގެ އާދަކާދައިގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެކައްޗަކީ އެޕިކް ޕޮއެމެއް ކަމުގައިވާ މަނަސް އެވެ. “ބްރައިޑް ކިޑްނެޕިންގ” އަކީ ކިރްގިސްތާނުގެ ސަގާފަތެކެވެ. އެހެން ނަމަވެސް މިހާރު މިއީ މަނާކުރެވިފައިވާ ކަމެކެވެ. އަދިވެސް ބައެއް މީހުން މިކަން ކުރަމުންދާކަން ފާހަގަކުރެވެއެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
ކިރްގިސްތާނަށް ހުޅަނގުގެ ޤައުމުތަކުން އެހީވަމުން ދިއުމާއެކު ވެސް އަދި ރަނގަޅު އިޤްތިޞާދެއް ބިނާކުރެވޭ ގޮތެއް ނުވެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 2184 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found