ކާބޯތަކެތީގެ އަންބަލަން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ކާބޯތަކެތީގެ އަންބަލަން(އިނގިރޭސި ބަހުން: Food pyramid) އަކީ ކާނާގެ ތަފާތު ވައްތަރުތަކާއި އެއިން ލިބޭ ފައިދާގެ މައްޗަށް ބަލައިގެން ކާބޯތަކެތި ވަކި ގިންތިތަކަށް ބަހާލައިގެން ރާވާލުމުން އުފެދޭ ކާބޯތަކެތީގެ ފުންޏެކެވެ. މިފަދަ އަންބަލަން އެއްގެ ބޭނުމަކީ ކާބޯތަކެތި ހޯދާ މީހާއަށާއި، ތައްޔާރުކުރާމީހާއަށް ހަށިގަނޑަށް ބޭނުންވާ ގޮތަށް ކާނާ ތައްޔާރު ކުރުމުގައި ތަކެތި އިޚްތިޔާރުކުރަން ފަސޭހައިން އެނގޭނެ ގޮތަކަށް ކުރެހުމަކުން ދައްކާލުމެވެ. އެހެންކަމުން ކެއިންބުއިމުގެ ކަންތައް ފަސޭހައިން ދެނެގަތުމުގައި ކާބޯތަކެތި ވަތްގަނޑުތަކަކަށް ބަހާލަން ޖެހެއެވެ. އެއީ ބައެއް ތަކެއްޗަކީ ހަށިގަނޑު ބިނާކޮށް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ބޭނުންވާ ތަކެއްޗެވެ. އަނެއްބައި ތަކެއްޗަކީ ހަށިގަނޑު ހިންގުމަށާއި، ހަށިގަނޑުން ކަންތައްތަކެއް ހާޞިލްކޮށް ގަތުމަށް ބޭނުންވާ ހަކަތަ ލިބިގަތުމަށް ބޭނުންވާ ތަކެއްޗެވެ. އަދި އަނެއްބައި ތަކެއްޗަކީ ބަލިތަކުން ހަށިގަނޑު ދިފާޢުވުމުގައި ގުނަވަންތަކުން ކުރާ މަސައްކަތްތައް ފަހިކޮށްދިނުމަށް ބޭނުންވާ ތަކެއްޗެވެ. މީގެ ތެރެއިން ބައެއް ވައްތަރުގެ ކާނާ ޖެހޭނީ އެހެން ވައްތަރަށްވުރެ މަދުން ނުވަތަ ގިނައިން ކާށެވެ. އެހެންކަމުން މިއިން ކޮންމެ ވައްތަރަކުން ވަކި މިންވަރެއް ކޮންމެ ދުވަހެއްގެ ކޮއްތުގައި ހިމަނަން ޖެހެއެވެ. ކާބޯތަކެތީގެ އަންބަލަން ބަހާލެވިފައިވަނީ މިދެންނެވި އުޞޫލުން ބަހާލެވޭ ކާބޯތަކެތި ހިމެނޭގޮތުންނެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003