ކަޅު ރެވި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ކަޅު ރެވި

ކަޅު ރެވި(ސައިންޓިފިކް ނަން: Brassica nigra)ނުވަތަ (އިނގިރޭސި ބަހުން: Black Mustard)އަކީ ރެވިގެ ވައްތަރެކެވެ. ރެވި ފަދަ އިން ކަޅު ރެވި އަކީ ވެސް ހަވާދުގެ ބާވަތެކެވެ. ކަޅު ރެވި ފުރަތަމަ ފެނިފައިވަނީ ނުވަތަ ހައްދާފައިވަނީ ޔޫރަޕުގެ މެދުތެރޭ ކަނޑާވީ ހިސާބުގައިވާ ގައުމުތަކުގައެވެ. އާންމު ގޮތެއްގައި ކަޅު ރެވި ކިޔަނީ ކަޅު ރެވި އަޅާ ގަހުގެ އޮށަށެވެ. 1 މިލިމީޓަރު ގެ ބޮޑުމިން ހުންނަ މިއޮށަކީ ހަރު މުށި ނުވަތަ ކަޅުކުލައިގެ ހުންނަ އެއްޗެކެވެ. އާންމު ގޮތެއްގައި ކަޅު ރެވި ބޭނުންކުރަނީ ރިހަ ފަދަ ތަކެތި ތައްޔާރު ކުރުމުގެ ތެރޭގައެވެ. ޚާއްޞަކޮށް ދެކުނު އޭޝިޔާގެ ގައުމުތަކުގެ ކެއުންތަކުގައި ރެވީގެ ބާވަތްތައް ބޭނުންކޮށްފައި ހުރެއެވެ. ކަޅު ރެވި ތެޔޮ ކައްކާ ތެލެއްގެ ގޮތުގައި ވެސް އިންޑިޔާގައި ބޭނުންކުރާ ކަމަށް ވެއެވެ.