ކަރާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކަރަލަކީ ތަރުކާރީ އަދި މޭވާގެ ތެރޭގައި ވެސް ގުނޭ ކާނާގެ ބާވަތެކެވެ. ކަރާގެ ޢިލްމީ ނަމަކީ ސިޓްރުއްލަސް ލެނޭޓަސް އެވެ.

ޞިއްޙީ ފައިދާތައް[އުނިއިތުރު ގެންނަވާ]

ކަރަޔަކީ ހަށިގަނޑަށް ފައިދާ ހުރި މީރު މޭވާ އެކެވެ. ފެން ގިނަ ޢަދަދަކަށް އެކުލެވިގެންވާތީ ކަރު ހިއްކުން ފިލުވުމުގައި އެހީތެރި ވެދެއެވެ. ކަރާ ކެއުމުން ހަށިގަނޑަށް ފިނިކަމާއި ތާޒާކަން ގެނެސްދެއެވެ.

ކަރާއިން ލިބިދޭ ޞިއްޙީ ފައިދާތަކަށް ބަލާއިރު ފުރަގަސް ފަރާތު ބަލި، ބަނޑު ހިކުން، މަސާނާ އަދި ގުރުދާގައި ހިލަ އުފެދުން، މައިދާ އަދި ގުރުދާ ސާފުކުރުން، ލޮލުގެ ފެނުން ސާފުވުން، ރީދޫ ވުން ލޭގެ ޕްރެޝަރު މަތިވުން، އަދި ބޮލުގައި ރިހުން ފަަދަ ކަންތައްތައް ކުޑަކުރުމުގައި އެހީތެރި ވެދެއެވެ.

ކަރާގައި ދަނގަޑު ގިނަ ޢަދަދަކަށް އެކުލެވިގެން ވެއެވެ. ކަރާ ކެއުމުން ހޫނުގެ ސަބަބުން ކުރިމަތިވާ ސްޓްރޯކް ޖެހުމުން ދުރުކޮށްދެއެވެ. ކަރާ ކެއުމުގައި ބޮޑަށް އެދެވިގެންވަނީ ކެއުމުގެ ކުރިންނާއި ކެއުމުގެ ފަހުން އޮންނަ ވަގުތުގައި ކަމަށް ބުނެވެއެވެ.