ކަރަންފޫ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ކަރަންފޫ

ކަރަންފޫ(ސައިންޓިފިކް ނަން: Syzygium aromaticum)ނުވަތަ (އިނގިރޭސި ބަހުން: Clove)އަކީ މަތިކަރާބޭހުގެ ބާވަތެކެވެ. އަދި މިއީ ހަވާދުގެ ބާވަތެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް ވެސް މެއެވެ. މިއީ ދުފާއިރު ބޭނުންކުރާ އެއްޗެކެވެ. މީގެ ކުރީކޮޅުގައި ހަތަރު ތުނޑު ހުންނާނެއެވެ. މިއީ ކުޅި ރަހަލާ، ކަޅުކުލައިގެ އެއްޗެކެވެ. ކަރަންފޫ މައިގަނޑު ގޮތެއްގައި އެންމެ ގިނައިން ހައްދަނީ ޒެންޒިބާރު، އިންޑޮނޭޝިޔާ، އަދި މަޑަގަސްކަރައިގައެވެ. ކަރަންފުލަކީ ކައި ނިމިގެން އަނގައިގެ ތެރޭގައި ހުންނަ ވަސް ކަނޑުވާލުމަށް ވެސް ކައި އުޅޭ އެއްޗެކެވެ.

ކަރަންފޫ ގަސް އާންމުކޮށް ހެދެނީ 20-10 މީޓަރާއި ދެމެދުގެ އުސްމިނަކަށެވެ. ކަރަންފޫ ގަހުގެ ފަތް ހުންނަނީ ދިގުކޮށް ވައް ފާނޑަކަށެވެ. ކަރަންފޫ ގަހުގެ މާ ހުންނަނީ ރަތް ކުލައެއްގައެވެ.