ކަށިކެޔޮ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ކަށިކެޔޮ

ކަށިކެޔޮ(އިނގިރޭސި ބަހުން: Pandanus)ނުވަތަ (އިނގިރޭސި ބަހުން: Screw Pine) އަކީ ކަށިކެޔޮގަހުގައި އަޅާ މޭވާ އެވެ. މިއީ ވަރުގަދަ ދަޅިގަނޑެއްގައި ވަކަކާޖެހި ވަކެއް ފިތިބާރުކޮށް ހުންނަ ވައްތަކަކުން އެކުލެވިފައި ހުންނަ އެއްޗެކެވެ. ކަށިކެޔޮ ގަހަކީ ގޮފިތަކެއްލައިފައި ބޮނޑި އަކަށް ހެދޭ ބިޔަވާ ގަހެކެވެ. މިގަހުގެ ފަތް ހުންނަނީ ވަރަށް ދިގުކޮށް ދެފަރާތް އެއްވަރަށް މެދަށް އަޑިވެލާފައި ކޮޅަށް ތޫނުކޮށެވެ. ފަތުގެ ކައިރިފަށުގައްޔާއި މެދުގައި ތޫނުކަށިތަކެއް ހުރެއެވެ. ގަސްހަރުލާފައި ހުންނަނީ ފައިބާ ބިމަށް ހިފައިފައި ހުންނަ ވަރަށް ވަރުގަދަ އަޅޯތަކަކުންނެވެ. މިއީ ތިލަގައި، މޫދުވާ ކަފި މޫތަކެއް ހުންނަ ގަހެކެވެ. ކަށިކެޔޮލު އާއިލާގެ 600އަށްވުރެ ގިނަވައްތަރު މިހާތަނަށް ހޯދިފައި ވެއެވެ.