ބޮޑީ މާސް އިންޑެކްސް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ބޮޑީ މާސް އިންޑެކްސް(އިނގިރޭސި ބަހުން: Body Mass Index) އަކީ ބަރުދަނާއި އިސްކޮޅަށް ބަލައިގެން ކާނާ ލިބުނު މިންވަރު ދެނެގަންނަށް ބޭނުންކުރާ މިންގަނޑެކެވެ. ބޮޑީ މާސް އިންޑެކްސް 18.5 އަށްވުރެ ދަށްނަމަ، ދިގުމުއްދަތެއްގައި ކާނާ ނުލިބި ނުވަތަ ނުކައި ހުރިކަމުގައި ބެލެވެއެވެ. ކުޑަކުދިންނަށް ފުދޭވަރަށް ކާނާ ލިބުނުތޯ ބަލަނީ 3 މިންގަނޑަކުންނެވެ. އެއީ:-

  • އުމުރާ އެކަށީގެންވާ ވަރަށްވުރެ އިސްކޮޅުން ކުރުވުން (އިނގިރޭސި ބަހުން: Stunting): މިމިންގަނޑުން ދައްކައިދެނީ ދިގު މުއްދަތެއްގައި ފުދޭ ވަރަކަށް ކާބޯތަކެތި ބޭނުންކުރެވިފައި ނުވާކަމެވެ.
  • އިސްކޮޅާއި އެކަށީގެންވާ ވަރަށްވުރެ ބަރުދަން ލުއިވުން(އިނގިރޭސި ބަހުން: Wasting) : މިމިންގަނޑުން ދައްކައިދެނީ ކުރު މުއްދަތެއްގައި ފުދޭ ވަރަކަށް ކާބޯތަކެތި ބޭނުންކުރެވިފައި ނުވާކަމެވެ.
  • އުމުރާ އެކަށީގެންވާ ވަރަށްވުރެ ބަރުދަން ލުއިވުން (އިނގިރޭސި ބަހުން: Underweight): މިމިންގަނޑުން ދައްކައިދެނީ ސްޓަންޓިން އާއި ވޭސްޓިން ވެސް ހިމެނިގެން ކާނާ ލިބިފައިވާ ވަރު މަދުވެފައިވާ ކަމެވެ.


ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003