ބޮސްނިޔާ އެންޑް ހެރްޒިގޮވީނާ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
Bosnia and Herzegovina
Bosna i Hercegovina (bs / hr / sr)
Босна и Херцеговина (bs / sr cyrillic)
AnthemDržavna himna Bosne i Hercegovine
The National Anthem of Bosnia and Herzegovina
Capital
(and largest city)
Coat of arms of Sarajevo.svg Sarajevo
43°52′N 18°25′E / 43.867°N 18.417°E / 43.867; 18.417
Official languages Bosnian/Croatian/Serbian
Ethnic groups  48% Bosniak
37% Serb
14% Croat[1]
Demonym Bosnian
Government Federal democratic republic[2]
 -  High Representative Valentin Inzko1
 -  Presidency members Haris Silajdžić2
Nebojša Radmanović3
Željko Komšić4
 -  Prime Minister Nikola Špirić
Independence
 -  Formed August 29, 1189 
 -  Banate established 1154 
 -  Independence lost
   to Ottoman Empire conquest
1527 
 -  Annexation of Bosnia by Austro-Hungarian Empire 1908 
 -  National Day November 25, 1943 (establishing of the anti-fascist governing organ ZAVNOBIH
 -  Independence Day (from the SFR Yugoslavia) March 1, 1992 
 -  Observed April 6, 1992 
Area
 -  Total 51,129 km2 (127th)
19,767 sq mi 
Population
 -  2009 estimate 4,613,414[1] (120th5)
 -  1991 census 4,377,053 
 -  Density 90,2/km2 (126th5)
230/sq mi
GDP (PPP) 2008 estimate
 -  Total $30.441 billion[3] (100th)
 -  Per capita $7,623[3] (92nd)
GDP (nominal) 2008 estimate
 -  Total $18.469 billion[3] (99th)
 -  Per capita $4,625[3] (86th)
Gini (2007) 30.15 (low
HDI (2008) Green Arrow Up Darker.svg 0.812 (high) (76th)
Currency Convertible Mark (BAM)
Time zone CET (UTC+1)
 -  Summer (DST) CEST (UTC+2)
Drives on the right
Internet TLD .ba
Calling code 387
1 Not a government member; the High Representative is an international civilian peace implementation overseer with authority to dismiss elected and non-elected officials and enact legislation
2 Current presidency Chair; Bosniak.
3 Current presidency member; Serb.
4 Current presidency member; Croat.
5 Rank based on 2007 UN estimate of de facto population.
Map Bih entities.png

ބޮސްނިޔާ އެންޑް ހެރްޒިގޮވީނާއަކީ އިރުދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. ކުރުކޮށް މި ޤައުުމަށް ކިޔާ ނަމަކީ ބޮސްނިޔާއެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]

ބޮސްނިޔާގެ ރަސްމީ ބަހަކީ ބޮސްނިޔަން ބަހާއި ކްރޮއޭޝިޔަން ބަހާއި ސާބިޔަން ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ބޮސްނިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސަރަޔޭވޯއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. ބޮސްނިޔާއަކީ ފެޑެރަލް ދިމިޤްރާޠީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 3 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 126 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 51129 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ba. އެވެ. ކޯލިން ކޯޑަކީ +387 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކޮންވަރޓިބްލް މާރކްއެވެ.

ނަން[އުނިއިތުރު ގެންނަވާ]

ބޮސްނިޔާގެ ރަސްމީ ނަމަކީ ބޮސްނިޔާ އެންޑް ހެރްޒިގޮވީނާ ކަމުގައި ވިޔަސް، މި ޤައުމަށް ބޮސްނިޔާ-ހެރްޒިގޯވީނާއޭ ވެސް އަދި ހަމަ އެކަނި ބޮސްނިޔާއޭ ވެސް ކިޔައެވެ.

ޖުޣުރާފީ[އުނިއިތުރު ގެންނަވާ]

ބޮސްނިޔާއަކީ އިރު ދެކުނު ޔޫރަޕުގައި ބަލްކަން ބިންދުލުގައެވެ. ބޮސްނިޔާގެ އުތުރުގައި އޮތީ ކްރޮއޭޝިޔާއެވެ. އަދި ހަމަ އެހެންމެ ހުޅަނގާއި ދެކުނުގައި ވެސް އޮތީ ކްރޮއޭޝިޔާއެވެ. އިރުމަތީގައި އޮތީ ސަރބިޔާއެވެ. އިރުދެކުނުގައި އޮތީ މޮންޓިނީގްރޯއެވެ. އެންމެ 26 ކިލޯމީޓަރު ފިޔަވައި ބޮސްނިޔާ މުޅި ބިންވަނީ ވަށާލެވިގެންނެވެ. އެހެންކަމުން މިއީ ބިންބަންދު ޤައުމެއް ކަމުގައި ނުވިޔަސް މިއީ ގާތްގަނޑަކަށް ބިންބަންދު ޤައުމެކެވެ.

ތާރީޚު[އުނިއިތުރު ގެންނަވާ]

އެންމެ މަދުވެގެން ވެސް ނިއޯލިތިކް ޒަމާނުން ފެށިގެން ބޮސްނިޔާގައި މީހުން ދިރިއުޅެމުން ގެންދެއެވެ. މި ގޮތުން ބޮސްނިޔާގައި ދިރިއުޅުނު އެއް ބަޔަކީ އިލީރިޔަނުން ނަމަކަށް ކިޔާ ބައެކެވެ. މީލާދުގެ ހަތަރު ޤަރުނު ކުރީން ސެލްޓިކް ނަސްލުގެ މީހުން ހިޖުރަކުރި ކުރުން ވެސް ބޮސްނިޔާގެ ތާރީޚުން ފާހަގަކުރެވެއެވެ. އިލީރިޔަނުންނާއި ރޫމީންނާ ދެމެދު ހަމަނުޖެހުންތައް ހިނގަން ފަށާފައިވަނީ މިލާދުގެ 229 އަހަރު ކުރީންނެވެ. ރޫމީންނަށް މި ސަރަޙައްދު އެއްކޮށް އެމީހުންގެ ބާރުގެ ދަށަށް ގެނެވުނީ މީލާދީން 9 ވަނަ އަހަރުގައެވެ. ރޫމީންގެ ހަނގުރާމައިގެ ތާރީޚުގައި އެމީހުންނަށް އެންމެ އުނދަގޫ ބޮޑުވި ހަނގުރާމަތަކުގެ ތެރޭގައި ބޮސްނިޔާގައި އެމީހުން ކުރި ހަނގުރާމަ ހިމެނިފައިވެއެވެ. ދައުލަތެއްގެ ގޮތުގައި ބޮސްނިޔާ އުފަންވެފައިވަނީ 29 އޯގަސްޓް 1189 ގައެވެ. އުސްމާނީންގެ ދަށަށް ދިޔައީ 1527 ވަނަ އަހަރުގައެވެ. އޮސްޓްރޮ ހަންގޭރިޔަން އެމްޕަޔަރގެ ބަޔަކަށްވީ 1908 ވަނަ އަހަރުގައެވެ. ޔޫގޮސްލާވިޔާގެ ކިބައިން މިނިވަންކަން ލިބުނީ 1 މާރިޗު 1992 ގައެވެ. މިނިވަން ދުވަސް ފާހަގަ ކުރި ފުރަތަމަ ދުވަހަކީ 6 އެޕްރީލު 1992 އެވެ.

ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]

ބޮސްނިޔާއަކީ ތަފާތު ތިން ނަސްލެއްގެ މީހުންނަށް ދިރިއުޅުމުގެ ގޮވަތި ފޯރުކޮށްދީފައިވާ ޤައުމެކެވެ. އެއީ ބޮސްނިޔާކް ނަސްލުގެ މީހުންނާއި ކްރޮއަތުންނާއި ސަރބުންނެވެ. އާބާދީގެ 43% އަކީ ބޮސްނިޔާކުންނެވެ. 31% އަކީ ސަރބުންނެވެ. 17% އަކީ ކުރޮއަތުންނެވެ. 6% އަކީ ޔޫގޮސްލާވް ނަސްލުގެ މީހުންނެވެ. މުސްލިމުންނަކީ ބޮސްނިޔާގެ އާބާދީގެ 45% އެވެ. ސަރބް އޮތޮޑޮކްސް މީހުންގެ އިންސައްތައަކީ 36% އެވެ. ރޯމަން ކެތަލިކް މަޒުހަބުގެ މީހުންނަކީ 15% އެވެ. ޔަހޫދީންނާއި ޕްރޮޓެސްޓުންގެ ނިސްބަތަކީ 4% އެވެ.

ސަގާފަތު[އުނިއިތުރު ގެންނަވާ]

ބޮސްނިޔާގެ ސަގާފަތަށް ބަލާއިރުގައި ޔޫރަޕުގައި މުސްލިމް މެޖޯރިޓީއެއް އޮތް މަދު ޤައުމުތަކުގެ ތެރޭގައި ބޮސްނިޔާ ހިމެނޭ ކަމުން، ބޮސްނިޔާގެ ސަގާފަތުން މިކަންތައް ފެނެއެވެ. ކުރީން ޔޫގޮސްލޭވިޔާގެ ބައެއްގެ ގޮތުގައި އޮތުމުން، ސަރބިޔާ އަދި ރަޝިިޔާގެ އަސަރުތައް ސަގާފަތުން ފެންނަ ފަދައިން، ޔޫރަޕުގެ އެހެން ޤައުމުތަކާއި ތުރުކީގެ ސަގާފަތުގެ އަސަރު ވެސް ބޮސްނިޔާގެ ސަގާފަތުން ފެނެއެވެ. ތުރުކީގެ އަސަރު ބޮސްނިޔާގެ ސަގާފަތުން ފެނުމުގެ އެންމެ ބޮޑު ސަބަބަކީ ތުރުކީގެ އުސްމާނީ ޚިލާފަތުގެ ދަށުގައި އެތައް ޒަމާނެއް ވަންދެން ބޮސްނިޔާ އޮތުމެވެ.

އިޤްތިޞާދު[އުނިއިތުރު ގެންނަވާ]

ބޮސްނިޔާގެ އިޤްތިޞާދަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެ ޤައުމުގައި ކުރެވުނު ދިގު ހަނގުރާމައެވެ. ދެން ކުރީން މަރުކަޒީ އުޞޫލަކުން ކޮންޓްރޯލް ކުރެވިފައި އޮތް އިޤްތިޞާދު ފްރީ މާކެޓް އިކޮނޮމީއަކަށް ބަދަލުކުރުމުގެ ބުރަކަމެވެ. އެހެން ނަމަވެސް ބޮސްނިޔާއިން އަންނަނީ އިޤްތިޞާދީ ގޮތުން ރަނގަޅު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 7623 ޑޮލަރެވެ.

  1. 1.0 1.1 Bosnia and HerzegovinaCIA World Factbook
  2. https://www.cia.gov/library/publications/the-world-factbook/geos/bk.html
  3. 3.0 3.1 3.2 3.3 Bosnia and Herzegovina. International Monetary Fund. Retrieved on 2009-10-01.