ބޮލީވިއާ
ބޮލީވިޔާއަކީ ދެކުނު އެމެރިކާގެ މެދުތެރެއަށް ނިސްބަތްވާ، ބިން ބަންދު ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ބޮލީވިޔާގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހެވެ. މީގެ އިތުރުން ވެސް 36 ބަހެއް ރަސްމީ ބަސްތަކުގެ ގޮތުގައި ބަލާފައިވެއެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ބޮލީވިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ސަންތަ ކުރޫޒް ދެ ލަ ސިއޭރާއެވެ. ބޮލީވިޔާގެ ދުސްތޫރީ ވެރިރަށަކީ ސުކްރޭއެވެ. އެހެން ނަމަވެސް ސަރުކާރު ހިންގާ ރަށަކީ ލާ ޕާޒްއެވެ. މި ޤައުމަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 9 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 85 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.09 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ bo. އެވެ. ކޯލިން ކޯޑަކީ +591 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ބޮލިވިޔާނޯއެވެ.
ނަން [އުނިއިތުރު ގެންނަވާ]
ބޮލީވިޔާގެ ރަސްމީ ނަމަކީ ޕްލުރިނޭޝަނަލް ސްޓޭޓް އޮފް ބޮލީވިޔާއެވެ. ސްޕޭނު މީހުންގެ އިސްތިޢުމާރުގެ ދުވަސްވަރުގައި މި ޤައުމު އޮތް ސަރަޙައްދަށް ނިސްބަތްކޮށް ބޭނުންކޮށްފައިވާ ނަމަކީ “އަޕަރ ޕެރޫ” ނުވަތަ “ޗަރްކާސް” އެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
ބޮލީވިޔާގެ އުތުރާއި އިރުމަތީގައި އޮތީ ބްރެޒީލެވެ. ދެކުނުގައި އޮތީ ޕެރަގުއޭ އާއި އާޖެންޓީނާއެވެ. ހުޅަނގުގައި އޮތީ ޗިލީ އާއި ޕެރޫއެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
ޔޫރަޕު މީހުން އައިސް އިސްތިޢުމާރު ކުރުމުގެ ކުރީގައި ބޮލީވިޔާގެ ސަރަޙައްދަކީ އިންކާ އެމްޕަޔަރުގެ ބައެކެވެ. އެއީ ޕްރީ-ކޮލަންބިޔަން އެމެރިކާގެ އެންމެ ބޮޑު ދައުލަތެވެ. އިސްޕޭނުގެ އެމްޕަޔަރުން މި ސަރަޙައްދު އިސްތިޢުމާރުކުރީ 16 ވަނަ ޤަރުނުގައެވެ. ބޮލީވިޔާގެ ސަރަޙައްދު ހިންގަމުން ގޮސްފައިވަނީ ވައިސްރޯޔަލްޓީ އޮފް ޕެރޫގެ ދަށުންނެވެ. މި ވައިސްރޯޔަލްޓީގެ ތެރޭގައި ދެކުނު އެމެރިކާގައި ހުރި ސްޕޭނުގެ ގިނަ ކޮލޮނީތައް ހިމެނުނެވެ. މީލާދީން 1809 ވަނަ އަހަރުގައި މިނިވަންކަން އިޢުލާންކުރުމާ އެކު 16 އަހަރަށް ދެމިގެން ދިޔަ ހަނގުރާމައެއް ކުރެވުނެވެ. އޭގެ ފަހުން މީލާދީން 1825 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 6 ވަނަ ދުވަހު ޖުމްހޫރިއްޔާއެއް ޤާއިމުވިއެވެ. މި ޖުމްހޫރިއްޔާ ޤާއިމުވިއިރު ނަން ނިސްބަތްވެގެން ދިޔައީ ސިމޯން ބޮލިވާރް އަށެވެ. އެއީ އެ ޤައުމުގެ އިތުރުން އެތައް ޤައުމެއްގެ މިނިވަންކަމުގެ ބަޠަލެވެ. އެންމެ ފުރަތަމަ މި ޤައުމަށް ކީ ނަމަކީ ރިޕަބްލިކް އޮފް ބޮލިވާރް އެވެ. އެހެން ނަމަވެސް މަނުއެލް މާޓިން ކްރޫޒް، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. ސްޕެނިޝް ބަހުން އޭނާ ވިދާޅުވީ “ސި ދޭ ރޮމިއުލޯ ރޯމާ، ދެ ބޮލިވާރް ބޮލީވިޔާ” މިހެންނެވެ. މީގެ އިނގިރޭސި ތަރުޖަމާއަކީ “އިފް ފްރޮމް ރޮމިޔުލަސް ކަމްސް ރޯމް، ދެން ފްރޮމް ބޮލިވާރް ކަމްސް ބޮލީވިޔާ” އެވެ. އެހެން ކަމާއެކު 3 އޮކްޓޯބަރު 1825 ގައި ރިޕަބްލިކް އޮފް ބޮލިވާރްގެ ނަމަކީ ރިޕަބްލިކް އޮފް ބޮލީވިޔާ ކަމުގައި ހަމަޖެހިގެން ދިޔައެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
ބޮލީވިޔާގެ ނަސްލުތަކަށް ބަލާލާއިރުގައި 30% މީހުންނަކީ ކުއެޗުއާ ބަހުން ވާހަކަ ދައްކާ މީހުންނާއި އައިމާރާ ބަހުން ވާހަކަ ދައްކާ 25% އެމެރިންޑިޔަނުންނެވެ. އެހެންކަމުން އެމެރިންޑިޔަނުންގެ އާބާދީއަކީ 55% އެވެ. 30% މީހުންނަކީ މެސްޓިޒޯއިންނެވެ. އެއީ ޔޫރަޕުގެ މީހުންނާއި އެމެރިންޑިޔަނުންގެ މަސްހުނި ނަސްލެކެވެ. ގާތްގަނޑަކަށް 15% މީހުންނަކީ ދޮން މީހުންނެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
ބޮލީވިޔާގެ ސަގާފަތުގެ ތެރެއިން އަދިވާސީ އެމެރިންޑިޔަނުންގެ ސަގާފަތުގެ އަސަރު ވަރަށް ބޮޑަށް ފާޅުވެގެންދެއެވެ. މި ގޮތުން ކުއެޗުއާއިންނާއި އައިމާރާއިންގެ ސަގާފަތުގެ އަސަރުތައް ވަރަށް ބޮޑަށް ފާހަގަވެގެންދެއެވެ. މީގެ އިތުރުން ލެޓިން އެމެރިކާގެ އެހެން ޤައުމުތަކުގެ ސަގާފަތުން ވެސް ބޮލީވިޔާގެ ސަގާފަތަށް މުއްސަނދިކަން ލިބިފައިވާކަން ފާހަގަވެއެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
ޖީ.ޑީ.ޕީއަށް ބަލާއިރު ދެކުނު އެމެރިކާގެ ޤައުމުތަކުގެ ތެރެއިން އެންމެ ދަށް ޖީ.ޑީ.ޕީއެއް އޮތީ ބޮލީވިޔާގައެވެ. އެހެން ނަމަވެސް ބޮލީވިޔާއަކީ ޤުދުރަތީ ވަސީލަތްތަކުން ވަރަށް ބޮޑަށް މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 4345 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found