ބޭނަޒީރު ބުއްޓޫ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
Benazir Bhutto
بینظیر بھٹو
ބޭނަޒީރު ބުއްޓޫ

In office
19 October 1993 – 05 November 1996
President Wasim Sajjad
Farooq Leghari
Preceded by Moeen Qureshi
Succeeded by Miraj Khalid
In office
02 December 1988 – 06 August 1990
President Ghulam Ishaq Khan
Preceded by Muhammad Khan Junejo
Succeeded by Ghulam Mustafa Jatoi

Born ޖޫން 21 1953(1953-06-21)
Karachi, Pakistan
Died ޑިސެމްބަރ 27 2007 (54 އަހަރުގައި)
Rawalpindi, Pakistan
Political party Pakistan Peoples Party
Spouse Asif Ali Zardari
Religion Islam

ބޭނަޒީރު ބުއްޓޫ ޖޫން 21, 1953 އިން ޑިސެމްބަރު 27, 2007 އަކީ ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ބޭނަޒީރު ބުއްޓޫ އަކީ މުސްލިމް ޤައުމެއްގެ ޒަޢާމަތަށް ވަޑައިގެންނެވި އެންމެ ފުރަތަމަ އަންހެން ބޭފުޅާއެވެ. އެކަމަނާ ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރުކަން ދެފަހަރެއްގެ މަތިން ކުރައްވާފައެވެ. 1988 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ހޮވިވަޑައިގަތް އިރު އެކަމަނާގެ ޢުމުރުފުޅަކީ 35 އަހަރެވެ. އެހެންނަމަވެސް ޕާކިސްތާނުގެ ރައީސް ޣުލާމް އިސްޙާޤު ޚާން ގެ އޯޑަރަކަށް ޚިޔާނާތުގެ ތުހުމަތުތަކެއް ކުރިމަތިވެފައިވާތީ 20 މަސް ވީތަނާ އެކަމަނާ ބޮޑުވަޒީރުކަމުން ދުރުކުރެވުނެވެ. 1993 ވަނަ އަހރު ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމަށް ބޭނަޒީރު ބުއްޓޫ އިންތިޚަބު ވެވަޑައިގަތެވެ. މިދައުރު ނިންމަވާލައްވަން އެކަމަނާއަށް ޖެހިވަޑައިގަތީ 1996 ވަނަ އަހރުގައެވެ. މިފަހަރުވެސް ކުރިއެކޭ އެއްގޮތަށް ޚިޔާނާތުގެ ތުހުމަތުތަކެއް ކުރިމަތިވެގެން ރައީސް ފާރޫޤު ލެގާރީގެ އޯޑަރަކަށެވެ.

ތަޢުލީމާއި ޙަޔާތްޕުޅު[އުނިއިތުރު ގެންނަވާ]

ބޭނަޒީރު ބުއްޓޫ އުފަންވެވަޑައިގަތީ 21 ޖޫން 1953 ގައި ޕާކިސްތާނުގެ ކަރާޗީގައެވެ.

އަވަހާރަކޮށްލުން[އުނިއިތުރު ގެންނަވާ]

ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލެވުނީ އިންތިޚާބަށް ކެންޕޭން ކުރައްވަން އުޅުއްވުމުގެ ތެރޭގައި ރާވަލްޕިންޑީގައި އޮތް ބައްދަލުވުމެއް ނިންމެވުމަށްފަހު ވަޑައިގަންނަވަނިކޮށެވެ.


އަދި އިތުރަށް ބައްލަވާލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]