ބެނީން
| Republic of Benin
République du Bénin
|
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: "Fraternité, Justice, Travail" (French) "Fraternity, Justice, Labour" |
||||||
| Anthem: L'Aube Nouvelle (French) The Dawn of a New Day |
||||||
| Capital | Porto-Novo1 6°28′N 2°36′E / 6.467°N 2.6°E |
|||||
| (and largest city) | Cotonou | |||||
| Official languages | French | |||||
| Vernacular | Fon, Yoruba | |||||
| Demonym | Beninese; Beninois | |||||
| Government | Multiparty democracy | |||||
| - | President | Yayi Boni | ||||
| Independence | from France | |||||
| - | Date | August 1, 1960 | ||||
| Area | ||||||
| - | Total | 112,622 km2 (101st) 43,484 sq mi |
||||
| - | Water (%) | 0.02% | ||||
| Population | ||||||
| - | 2009 estimate | 8,791,832[1] (89th) | ||||
| - | 2002 census | 6,769,914 | ||||
| - | Density | 78.1/km2 (120th) 202.2/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $13.035 billion[2] (140th) | ||||
| - | Per capita | $1,608[2] (166th) | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $6.712 billion[2] | ||||
| - | Per capita | $828[2] | ||||
| Gini (2003) | 36.5 (medium) | |||||
| HDI (2007) | ||||||
| Currency | West African CFA franc (XOF) |
|||||
| Time zone | WAT (UTC+1) | |||||
| - | Summer (DST) | not observed (UTC+1) | ||||
| Drives on the | right | |||||
| Internet TLD | .bj | |||||
| Calling code | 229 | |||||
| 1 | Cotonou is the seat of government. | |||||
| 2 | Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected. | |||||
ބެނީންއަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]
ބެނީންގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ބެނިނީޒް ނުވަތަ ބެނިނޮއިޒްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކޮންޓޮނޫއެވެ. މި ޤައުމުގެ ވެރިރަށަކީ ޕޮރްތޮނޯވޯއެވެ. މިއީ މަލްޓި ޕާޓީ ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 8 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 90 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 112622 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ bj. އެވެ. ކޯލިން ކޯޑަކީ +229 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ވެސްޓް އެފްރިކަން ފްރޭންކެވެ.
ނަން[އުނިއިތުރު ގެންނަވާ]
ކޮލޯނިއަލް ދުވަސްވަރާއި އަދި މިނިވަންވި އިރުގައި ވެސް މި ޤައުމުގެ ނަމަކަށް ކިޔާފައިވަނީ ދަހޯމޭ އެވެ. އެހެން ނަމަވެސް 1975 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހަށް ފަހު އެ ޤައުމުގެ ނަމަކީ ބެނީން ކަމުގައި ހަމަޖެހިގެންދިޔައެވެ. ބެނީން އާއި ނައިޖީރީއާގައި އޮންނަ ބެނީން ޝަހަރާ ދެތަނަކީ އެއްވެސް ގުޅުމެއް އޮތް ދެ ތަނެއް ނޫނެވެ. އަދި ބެނީން ބްރޯންޒަސްއާ ވެސް މި ބެނީންއަކާ ގުޅުމެއް ނެތެވެ.
ޖުޣުރާފީ[އުނިއިތުރު ގެންނަވާ]
ބެނީންގެ ހުޅަނގުގައި އޮތީ ޓޯގޯއެވެ. އިރުމަތީގައި އޮތީ ނައިޖީރިއާއެވެ. އުތުރުގައި އޮތީ ބުރުކީނާ ފާސޯ އާއި ނީޖަރެވެ.
ތާރީޚު[އުނިއިތުރު ގެންނަވާ]
އަބޮމޭ ޕްލެއިންގައި ދިރިއުޅުނު ތަފާތު ނަސްލުތަކުގެ މީހުން ގުޅިގެން ދަހޯމޭގެ ރަސްކަން ޤާއިމުކުރިއެވެ. ތާރީޚުގެ ޢިލްމުވެރީން ޤަބޫލުފުޅު ކުރައްވާ ގޮތުގައި މިއަދުގެ އަބޮމޭ ސަރަޙައްދަށް ގިނަ ޢަދަދެއްގެ ބަޔަކު ހިޖުރަކޮށްފައިވަނީ އަޅުންގެ ވިޔަފާރި ފަދަ ކަންކަމުގެ ސަބަބުން ސަލާމަތަށް ނުރައްކާވީ ބަޔަކުގެ ސަބަބުންނެވެ. ދަހޯމޭ ރަސްކަމުގެ ފުރަތަމަ ވެރިޔަކީ ގަންގްނީހެސޫ ނަމަކަށް ކިޔާ ބޭފުޅެކެވެ. މިއީ އަޖާ ޚާންދާނަކަށް ނިސްބަތްވާ ބޭފުޅެކެވެ. ދަހޯމޭ މީހުންގެ ތެރޭގައި އޮތީ ޢަސްކަރީ ސަގާފަތެކެވެ. އެއީ އެމީހުންގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގެ ގޮތުންނާއި އަދި އެމީހުންގެ އިން ފުޅާކުރުމުގެ ގޮތުންނެވެ. އޭރު ދަހޯމޭގެ ވެރިރަށެއްގެ ގޮތުގައި އޮތީ އަބޮމޭއެވެ. ދަހޯމޭ ކިންގްޑަމް ބޮޑަށް މަޝްހޫރުވެފައިވަނީ އެ މީހުންގެ ސަގާފަތާއި އާދަކާދައަށްޓަކައެވެ. ކުޑަ ފިރިހެން ކުދީން ތިބެނީ ޢުމުރުން ދުވަސްވެފައި ތިބޭ ސިފައިންގެ ބެލުމުގެ ދަށުގައެވެ. އެމީހުން އެ ކުދީންނަށް ޢަސްކަރީ ސަގާފަތާއި އާދަކާދަ ދަސްކޮށްދެއެވެ. މި ކުދީން ސިފައިންގެ ތެރެއަށް ވަންނަ ޢުމުރު އަންނަން ދެން ތިބެނީ މި ގޮތުގައެވެ. ދަހޯމޭގައި ވަރަށް ވަރުގަދަ އަންހެން ލަޝްކަރެއް ވެސް އޮތެވެ. މި ލަޝްކަރަށް ކިޔާ ނަމަކީ “އަހޯސީ” އެވެ. މީގެ މާނައަކީ އަހަރެމެންގެ މައިންނެވެ. ފުރަތަމަ ކޮޅުގައި ދަހޯމޭގެ ލީޑަރުން އަޅުންގެ ވިޔަފާރިއާ ދެކޮޅު ހެއްދެވި ކަމުގައި ވިޔަސް ގާތްގަނޑަކަށް 300 އަހަރު ވަންދެން ދަހޯމޭގައި އަޅުންގެ ވިޔަފާރި ކުރިޔަށް ދިޔައެވެ. ޕޯޗުގީޒުގެ ވިޔަފާރި ވެރީން 1472 ގައި، މި ހިސާބުގައި އަޅުންގެ ވިޔަފާރި ފެށިއެވެ. ބައެއް އަހަރު އަހަރު 20000 އަށް ވުރެ ގިނަ އަަޅުންގެ ވިޔަފާރި ވެސް މި ސަރަޙައްދުގައި ކުރެވިފައިވެއެވެ.
ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]
ބެނީންގެ އާބާދީގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެމުން ގެންދަނީ އެ ޤައުމުގެ ދެކުނުގައެވެ. ބެނީންގެ އާބާދީއަކީ ޒުވާން އާބާދީއެކެވެ. ބެނީންގެ މީހުންގެ އެވަރެޖު ޢުމުރަކީ 59 އަހަރެވެ. އެފްރިކާގެ ތަފާތު 42 ނަސްލެއްގެ މީހުން މި ޤައުމުގައި އުޅެއެވެ. ބެނީންގެ އާބާދީއަށް ބަލާއިރުގައި އެ ދައުލަތުގެ ގިނަ ރައްޔިތުންނަކީ ކިރިސްތިޔަނުންނެވެ. މީގެ އިތުރުން އަދިވާސީ ދީންތައް ކަމުގައިވާ އެނިމިސްޓް ދީންތަކަށް ތަބަޢަވާ މީހުން ވެސް ކޮންމެވެސް ވަރަކަށް އުޅެއެވެ.
ސަގާފަތު[އުނިއިތުރު ގެންނަވާ]
ބެނީންއަކީ މުއްސަނދި ސަގާފަތެއް އޮތް ޤައުމެކެވެ. އަވަށްޓެރި އެހެން ދައުލަތްތަކެކޭ އެއްފަދައިން ބެނީންއަކީ ވެސް މިއުޒިކުގައި ވަރަށް މަތީ މަޤާމެއް ޙާޞިލުކޮށްފައިވާ ޤައުމެކެވެ.
އިޤްތިޞާދު[އުނިއިތުރު ގެންނަވާ]
ބެނީންގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ ބައިނަލް އަޤްވާމީ ފަޤީރުކަމުގެ ރޮނގު ކަމުގައިވާ 1.25 ޑޮލަރު ނުލިބޭ މީހުންގެ ގިންތީގައެވެ. ބެނީންގައި އިޤްތިޞާދީ ގޮތުން އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކަށް ކުރަނީ ކޮޓަނުގެ ވިޔަފާރިއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1608 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found