ބިސް ދަތުރުކުރާ ހޮޅި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

މިއީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ބިސްރަވަ އާއި ރަހިމު ގުޅުވައިދޭ ހޮޅިއެވެ. ބިސްރަވައިގައި ބިސް އުފެދުމަށްފަހު ރަހިމަށް ވާޞިލްވަނީ މިހޮޅި ކަނޑަތުކޮށެވެ. ކޮންމެ އަންހެނެއްގެ ހަށިގަނޑުގައި މިފަދަ ބިސް ދަތުރުކުރާ ދެހޮޅި ވެއެވެ. ބިސް ދަތުރުކުރާ ހޮޅި ރަހިމާއި ގުޅިފައިވަނީ ރަހިމުގެ މަތިން ދެއަރިމަތިންނެވެ. ބިސް ދަތުރުކުރާ ހޮޅީގެ ދިގުމިނަކީ ގާތްގަނޑަކަށް 14-7 ސެންޓިމީޓަރެވެ.