Jump to content

ބިހުރޯޒު ކަމަނާ މިސްކިތް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން


ބިހުރޯޒު ކަމަނާ މިސްކިތަކީ މާލޭގައި ހުރި މިސްކިތްތަކުގެ ތެރެއިން އެންމެ ޒަމާންވީ އެއް މިސްކިތެވެ. ރަށްދެބައިމަގާއި ނީލޯފަރުމަގާއި ގުޅުނު އިރުދެކުނު ކަންމަތީގައި ހުންނަ ބިހުރޯޒު މިސްކިތަކީ ބޮޑުތަކުރުފާނު ރަސްކަމަށް އިސްވުމުގެ ކުރީގައި ބިނާކުރެވުނު މިސްކިތެއްކަން ތާރީހީ ލިޔުންތަކުން އެނގެއެވެ. މި މިސްކިތް ބިނާ ކުރެއްވީ ބިހުރޯޒު ފާށަނާކަލޯ އެވެ. އަދި އިހުގައި މި މިސްކިތަށް ބިހުރޯޒު ފާށަނަާކަލޯ މިސްކިތް މިނަން ކިޔައި އުޅުނެވެ. [1]

ބިހުރޯޒު އަކީ ފާރިސީ ބަހެކެވެ. މާނައަކީ ތަނަސްކަމާއި ފާގަތިކަމެވެ.

ތާރީހީގޮތުން މި މިސްކިތް ފާހަގަކުރެވޭ މުހިއްމު އެއް ސަބަބަކީ މި މިސްކިތުގެ ހަރިންމަ ތެރޭގައި އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އުތީމު އަލްޣާޒީ މުޙައްމަދު ބޮޑުތަކުރުފާނު) އާއި އެ ރަދުންގެ ކޮއްކޯފުޅު، އަލްޣާޒީ ޙަސަން ރަންނަބަނޑޭރި ކިލެގެފާނާއި މި ދެ ބޭފުޅުންގެ މަހާނަފުޅު ހުރި ޒިޔާރަތް ހުރުމެވެ.

މިސްކިތު ބޯގަ

[އުނިއިތުރު ގެންނަވާ]

ހުސެން ފާމުލަދޭރި ކިލެގެފާނުގެ ރަސްކަމުގައި ބިހުރޯޒް ކަމަނާ މިސްކިތުގެ ކިޔަވެނި ބޭކަލުން ދުރުވެ މިސްކިތުގެ ބޯގަ ފެންނަން ނެތް ކަމަށް ދެންނެވުމުން އަލުން ބޯގައެއް ލިޔުއްވިއެވެ. އަދި 1620 ވަނަ އަހަރު އުތީމު އަލިތަކުރުފާނުގެ މުނިކާފަ ދަރިކަލުން ކަޅުތުއްކަލާގެ ރަސްކަމުގައި މައްޗަންގޯޅީގައި އުޅޭ އުސްމާނު އަލީއޭ ކިއުނު މީހަކާ ބިހުރޯޒް މިސްކިތުގެ ތުއުލިޔާގެ މޫލަވެރިކަން ހަވާލުކުރިއެވެ. އަދި ދޮންބަންޑާރައިންގެ ރަސްކަމުގެ ދުވަސްވަރަށް އައިއިރު މިބުނި އުސްމާނު އަލީގެ ދަރިކޮޅު ހުސްވުމުން ފަނޑިޔާރު މަނިކުފާނާއި ވަޒީރުން މަޝްވަރާ ކުރައްވައި ނިންމެވީ އެމިސްކިތް ބެލެހެއްޓުމާއި ތައުލިޔާ މޫލާގެ ވެރިކަން ރަދުންގެ ދަރިދަރި ކޮޅަށް ހަމަޖެއްސެވުމަށެވެ. [2]

  1. "މާލޭގައި ހުރި އާސާރީ ތަންތަން". ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެރިޓޭޖް. Archived from the original on 1505928331. Retrieved 2017-11-19. {{cite web}}: Check date values in: |archive-date= (help); Unknown parameter |dead-url= ignored (|url-status= suggested) (help)
  2. ނަޝީދު, މުޙައްމަދު. "ކުރީގެ ރައީސް ނަޝީދު: ބިހުރޯޒް ކަމަނާ މިސްކިތް". Archived from the original on 1637782598. Retrieved 2017-11-19. {{cite web}}: Check date values in: |archive-date= (help); Unknown parameter |dead-url= ignored (|url-status= suggested) (help)