ބާމިޔާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބާމިޔާ(ސައިންޓިފިކް ނަން: Abelmoschus esculentus)ނުވަތަ (އިނގިރޭސި ބަހުން: Okra)އަކީ އަރި އަރިޔަށްހުންނަ، ދަވަގިނަ، ތޮޅިއެކެވެ. ބާމިޔާ ތޮޅިޔަކީ ވަރަށްމޮޅު ތަރުކާރީއެކެވެ. ދިވެހި ބަހުން ބާމިޔާ ގަސް، އަދި ބާމިޔާ ތޮޅި އަށް ވެސް އާންމުކޮށް ކިޔައިއުޅެނީ ބާމިޔާ އެވެ. ބާމިޔާ ގަހަކީ އާންމުކޮށް 2 މީޓަރުގެ އުސްމިނަށް ހެދޭ ގަހެކެވެ. ބާމިޔާ ގަހުގެ ފަތުގެ ދިގުމިނުގައި 20-10 ސެންޓިމީޓަރު ވަރުހުރެއެވެ. ބާމިޔާ ގަހުގެ މަލުގެ ވަށަމިނުގައި 8-4ސެންޓިމީޓަރު ވަރުހުރެއެވެ. ދިވެހިން އާންމު ގޮތެއްގައި ބާމިޔާ ބޭނުންކުރަނީ ރިހަ ކައްކައިގެން ކެއުމަށެވެ.