ބަޣާވާތް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބަޣާވާތަކީ، ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރުމަށް މަސައްކަތް ކުރުމެވެ. ސަރުކާރުގެ ނުވަތަ ދައުލަތުގެ އެންމެ އިސްފަރާތް މަގާމުން ދުރުކޮށް އެހެން މީހަކު ނުވަތަ ބަޔަކު ވެރިކަމަށް އައުމަށް ނުވަތަ ގެނައުމަށް މަސައްކަތް ކުރުމެވެ. ނުވަތަ މި ބޭނުމަށް ހިންގޭ ހަރަކާތްތަކެވެ. މި ކަމުގައި ކާމިޔާބު ވިޔަސް ނުވަތަ ނުވިޔަސް އެއީ ބަޣާވާތެކެވެ. ގިނަ ފަހަރަށް ބަޣާވާތް ހިންގާފައި ހުންނަނީ ސިފައިންގެ ނުވަތަ ކުލީ ސިފައިންގެ ބައިވެރި ވުމާ އެކުގައި ކަމަށް ވިޔަސް ފުލުހުން ނުވަތަ އާއްމު ރައްޔިތުން ބެ ބަޔަކު ވެސް ބަޣާވާތް ހިންގާފާނެއެވެ. އެއިރެއްގައި އޮތް ސަރުކާރަށް ބަޣާވާތުގެ ހަރަކަތްތައް މައިތިރި ނުކުރެވި ބާޣީން ގެ ބާރު ގައުމުގައި ވަރުގަދަވެއްޖެ ނަމަ ބަޣާވާތް ކާމިޔާބުވީ ކަމަށް ބަލައެވެ. އަދި ބަޣާވާތާ ގުޅިގެން އޭގެ ފަހުން ގައުމުގައި ހަމަނުޖެހުން އުފެދި، ހާލަތު ގޯސްވެ، މަދަނީ ހަނގުރާމަ ފެށެވެއެވެ.

ތާރީހް[އުނިއިތުރު ގެންނަވާ]

ރާއްޖޭގެ ތާރީހުން އެނގޭ ގޮތުގައި ރަސްކަމުގެ ދުވަސްވަރު އެކި ފަހަރުމަތިން ބަޣާވާތް ކުރެވި ވެރިކަން ބަދަލުކުރެވިފައި އެބަހުއްޓެވެ.

ދިވެހިރާއްޖެ ޖުމުހޫރިއްޔަތަކަށް ބަދަލުވުމަށް ފަހު ފުރަތަމަ ރައީސް މުޙައްމަދު އަމީން ދޮށިމެނާ ކިލެގެފާނު ގެ ވެރިކަން 7 މަހާއި 26 ދުވަސްތެރޭ ބަޣާވާތަކުން ބަދަލުކޮށް އެ ކިލެގެފާނުގެ ނައިބު ރައީސްއަކަށް ހުންނެވި ވެލާނާގޭ އަލްފާޟިލް އިބްރާހިމް މުޙައްމަދު ދީދީ ވެރިކަމުގެ އެންމެހައި ކަންކަން ހިންގުމާ ހަވާލުވެލެއްވި އެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ ބަޔަކު ސްރީލަންކާގެ ތަމަޅަ ކުލީ ސިފައިން ގެނެސް ހަތިޔާރުގެ ބޭނުން ކޮށްގެން އޭރުގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ގެ ވެރިކަން އިންގިލާބުކޮށްލުމަށް ނާކާމިޔާބު ބަޣާވާތެއް ހިންގިއެވެ. މި ބަޣާވާތް މަޝްހޫރުވެފައި ވަނީ ބަޑި ބުރާސްފަތި މި ނަމުންނެވެ. މި ބަޣާވާތުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އަބްދުﷲ ލުތުފީ އާއި ސަގަރު ނާސިރެވެ. މި ބަޣާވާތުގައި ބައިވެރިވި މީހުން އިންޑިޔާ ސިފައިންގެ އެހީއާ އެކު ހައްޔަރުކޮށް ބައެއް މީހުން ޖަލުގައި ބަންދުކުރެވުނެވެ. އަނެއްބައި މީހުން އަރުވާލެވެނުވެ.