ބައިކަލް ކުޅި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ބައިކަލް ކުޅި

ބައިކަލް ކުޅިއަކީ ރަޝިޔާގެ ދެކުނު ސައިބީރިޔާގައި އޮންނަ ކުޅިއެކެވެ. މިކުޅި އޮންނަނީ ހުޅަގު އުތުރުން އިރްކަޓްސްކް އާއި އިރު ދެކުނުން ބަރްޔަތު ރިޕަބްލިކް އާއި ދެމެދުގައެވެ. ނުވަތަ ބަރްޔަތު ރިޕަބްލިކްގެ އިރުމަތީ އައްސޭރި ފަށުގައެވެ. ސައިބީރިޔާގެ ނޫލޯ ގެ ނަމުން ވެސް މިތަން މަޝްހޫރު ވެފައިވެއެވެ. 1637 މީޓަރުގެ ފުން ބައިކަލް ކުޅި އަކީ ދުނިޔޭގައިވާ އެންމެ ފުން ކުޅި އެވެ. އަދި މިއީ ދުނިޔޭގައިވާ ތާޒާފެން އެކުލެވޭ އެންމެ ބޮޑު ކުޅި ވެސް މެއެވެ. ދުނިޔޭގައި ހިމެނޭ ތާޒާ ފެނުގެ ޖުމުލައިގެ 20 އިންސައްތަ ހިއްޞާ ކުރަނީ ބައިކަލް ކުޅި އެވެ. ދުނިޔޭގެ އާޘާރީ ތަރިކައެއްގެ ގޮތުގައި ބަލައި ރައްކާކުރެވޭނެ ތަނެއްކަމަށް ޔުނެސްކޯ އިން ބައިކަލް ކުޅި ކަނޑައެޅީ 1996 ވަނަ އަހަރު އެވެ.

25 މިލިއަން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބުނާ ބައިކަލް ކުޅި އަކީ ދުނިޔޭގައިވާ އެންމެ ދުވަސްވީ ކުޅިވެސް މެއެވެ. 1700 އަށްވުރެ ގިނަ ތަފާތު ވައްތަރުގެ ގަސްގަހާއި. ޖަނަވާރާއި ދޫނި ސޫފާސޫފި މިހިސާބުގައި އުޅޭކަމަށް ބުނެވެއެވެ. އަދި އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި ތަކެއްޗަކީ ހަމައެކަނި ބައިކަލް ކުޅި ހިމެނޭ ހިސާބުގައި އުޅޭ ތަކެތި ކަމަށް ބުނެވެއެވެ.