ބަރުމާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Union of Myanmar
ဴပည္ေထာင္စုဴမန္မာနုိင္ငံေတာ္
Pyi-daung-zu Myan-ma Naing-ngan-daw
Flag Coat of arms
Anthem: Kaba Ma Kyei
Location of ބަރުމާ (green) in ASEAN (dark grey)  –  [Legend]
Location of ބަރުމާ (green)

in ASEAN (dark grey)  –  [Legend]

Location of ބަރުމާ (green)

in ASEAN (dark grey)  –  [Legend]

CapitalNaypyidaw
19°45′N 96°6′E / 19.750°N 96.100°E / 19.750; 96.100
Largest city Yangon (Rangoon)
Official languages Burmese
Recognised regional languages Jingpho, Kayah, Karen, Chin, Mon, Rakhine, Shan
Demonym Burmese
Government Military junta (de facto Military Dictatorship)
 -  Chairman of the State Sr. Gen. Than Shwe
 -  Vice Chairman of the State Peace and Development Council Vice-Sr. Gen. Maung Aye
 -  Prime Minister Gen. Thein Sein
 -  Secretary-1 of the State Peace and Development Council Thiha Thura Tin Aung Myint Oo
Formation
 -  Bagan 1044 
 -  Independence 4 January 1948 (from United Kingdom
 -  Current constitution May 2008 
Area
 -  Total 676,578 km2 (40th)
261,227 sq mi
 -  Water (%) 3.06
Population
 -  2009 estimate 50,020,000[1] (24th)
 -  1983 census 33,234,000
 -  Density 73.9/km2 (119th)
191.5/sq mi
GDP (PPP) 2008 estimate
 -  Total $67.963 billion[2]
 -  Per capita $1,156[2]
GDP (nominal) 2008 estimate
 -  Total $26.205 billion[2]
 -  Per capita $445[2]
HDI (2007) 0.586[3]
Error: Invalid HDI value · 138th
ކަރަންސީ kyat (K) (mmK)
Time zone MMT (UTC+6:30)
ޑްރައިވްސް right[4]
Calling code 95
އިންޓަރނެޓް ޓީއެލްޑީ .mm
1. Some governments recognize Rangoon as the national capital.
2. މި ގައުމަށް ކުރާ އަންދާޒާތަކުގައި އެއިޑްސްގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ އަސަރުތަކަށް ސާފުކޮށް ރިއާޔަތްކޮށްފައިވެއެވެ؛ މިކަމުގެ ސަބަބުން އުމުރު ދުވަސް ދަށްވުމާއި، ތުއްތު ކުދިން މަރުވުމާއި މަރުވުމުގެ ނިސްބަތް މަތިވުމާއި، އާބާދީއާއި ކުރިއެރުމުގެ ނިސްބަތް ދަށްވުމާއި، އުމުރާއި ޖިންސަށް ބަލާފައި އާބާދީ ބަހާލުމަށް އެހެން ގޮތަކަށް ހީކުރެވޭ ވަރަށް ވުރެ ބަދަލުތަކެއް އަތުވެދާނެއެވެ.

ބަރުމާ ނުވަތަ ޔޫނިއަން އޮފް މިޔަންމާއަކީ ދެކުނު އިރުމަތީ އޭޝިޔާގައި ބިމުގެ ގޮތުން ބަލާއިރު އޮތް އެންމެ ބޮޑު ޤައުމެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]

ބަރުމާގެ ރަސްމީ ބަހަކީ ބަރމީޒް ބަހެވެ. ޤައުމުގެ މީހުންނަށް އިނގިރޭސިބަހުން ކިޔަނީ ވެސް ބަރމީޒްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ރަންގޫނެވެ. ވެރިކަން ކުރަނީ ނައިޕިޔިދާވްގައެވެ. މި ޤައުމަކީ ޢަސްކަރީ ޚުދުމުޚްތާރު ވެރިކަމެއް ހިނގަމުން އަންނަ ޤައުމެކެވެ. އާބާދީއަކީ 50 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 24 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.67 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ mm. އެވެ. ކޯލިން ކޯޑަކީ +95 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކިޔާތެވެ.

ނަން[އުނިއިތުރު ގެންނަވާ]

ބަރުމާ މި ނަމަކީ ބަރްމީޒް ބަހުގެ ‘ބަމަރު’ މި ބަހުން ނެގިފައިވާ ނަމެކެވެ. ނުވަތަ އޭގެ ކުރީގެ ގޮތަށް ބަލާއިރު ‘މްރަންމާ’ މި ނަމުންނެވެ. އިނގިރޭސީންގެ އިސްތިޢުމާރީ ވެރިކަމުގެ ދަށުގައި ބަރުމާ އޮތީއްސުރެ ވެސް އެ ޤައުމަށް އިނގިރޭސީން ކިޔަމުން އައީ ބަރުމާ މިނަމެވެ. އެހެން ނަމަވެސް 1989 ގައި ޢަސްކަރީ ސަރުކާރުންވަނީ އެ ޤައުމުގެ ރަސްމީ ނަމަކީ މިޔަންމާ ކަމުގައި ހަމަޖައްސާފައެވެ. އެހެން ނަމަވެސް ބަރުމާގެ ބައިމަދު ނަސްލުތަކުގެ މީހުން މިކަން ޤަބޫލެއް ނުކުރެއެވެ. އެއީ މިޔަންމާއަކީ އެ ޤައުމުގެ ވަކި ނަސްލެއްގެ މީހުންނަށް ޚާއްޞަކޮށް ބޭނުންކުރެވުނު ނަމަކަށްވާތީއެވެ.

ޖުޣުރާފީ[އުނިއިތުރު ގެންނަވާ]

ބަރުމާގެ އިރު އުތުރުން އޮތީ ޗައިނާއެވެ. އިރުމަތީގައި އޮތީ ލާއޯސްއެވެ. އިރު ދެކުނުގައި އޮތީ ތައިލޭންޑެވެ. ހުޅަނގުގައި އޮތީ ބަންގާޅެވެ. ހުޅަނގުއުތުރުގައި އޮތީ އިންޑިޔާއެވެ. ހުޅަނގު ދެކުނުގައި އޮތީ ބޭ އޮފް ބެންގާލެވެ. ބަރުމާއަކީ އަކަމިނަށް ބަލާއިރު 40 ވަނައަށް އެންމެ ބޮޑު ޤައުމެވެ.

ތާރީޚު[އުނިއިތުރު ގެންނަވާ]

އާކިއޮލޮޖިކަލް ދިރާސާތަކުން ދައްކާ ގޮތުގައި ބަރުމާއަކީ ވަރަށް ދުވަސްވެފައިވާ ސަރަޙައްދެކެވެ. 1044 ވަނަ އަހަރާއި 1287 ވަނަ އަހަރާ ދެމެދުގައި އޮތީ ބަގާން ނަމަކަށް ކިޔާ ވެރިކަމެކެވެ. 1287 ވަނަ އަހަރުން ފެށިގެން 1531 ވަނަ އަހަރާ ހަމަޔަށް ބަރުމާގައި ކުދިކުދި ރަސްކަންތަކެއް އުފެދިފައި އޮތެވެ. 1962 ވަނަ އަހަރުން ފެށިގެން ބަރުމާގައި ހިނގަމުން އަންނަނީ ޢަސްކަރީ ވެރިކަމެކެވެ. މިއަދުގެ ބަރުމާ ނުވަތަ މިޔަންމާގެ ގޮތުގައި އޮތް ސަރަޙައްދަކީ އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުގައި އޮތުމަށް ފަހުގައި މިނިވަންވެފައިވާ ސަރަޙައްދެކެވެ. ފުރަތަމަ ބަރުމާ ހަނގުރާމައަށް ފަހުގައި އަވާ ރަސްކަމުގެ ފަރާތުން ވަނީ މަނިޕޫރާއި ތެނައްސަރީމާއި، އަރަކާން އިނގިރޭސީންނަށް ދޫކޮށްލާފައެވެ. ރަންގޫނާއި ދެކުނު ބަރުމާ “ބްރިޓިޝް އިންޑިޔާ” ގެ ބައެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ 1853 ގައެވެ. ބަރުމާގެ ހުރިހައި ހިސާބެއް “ބްރިޓިޝް އިންޑިޔާ” ގެ ދަށަށް ގޮސްފައިވަނީ 1886 ގައެވެ. މިއީ ތިންވަނަ ބަރުމާ ހަނގުރާމައަށް ފަހުގައެވެ. 1937 ވަނަ އަހަރާ ހަމަޔަށް ބަރުމާ އޮތީ ބްރިޓިޝް އިންޑިޔާގެ ޕްރޮވިންސެއްގެ ގޮތުގައެވެ. އެއަހަރު ބަރުމާވަނީ އަމިއްލަ ވެރިކަމެއް ހިންގާ ކޮލޮނީއަކަށް ބަދަލުވެފައެވެ. ބަރުމާއަށް އިނގިރޭސީންގެ ކިބައިން ފުރިހަމަ މިނިވަންކަމެއް ލިބިފައިވަނީ 4 ޖަނަވަރީ 1948 ގައެވެ. އެއީ ޔޫނިއަން އޮފް ބަރުމާގެ ގޮތުގައެވެ. 4 ޖަނަވަރީ 1974 ގައި އެއީ “ސޯޝަލިސްޓް ރިޕަބްލިކް އޮފް ދަ ޔޫނިއަން އޮފް ބަރުމާ” ކަމުގައި ހަމަޖެހުނެވެ. އެހެން ނަމަވެސް 23 ސެޕްޓެންބަރު 1988 ގައި އަނެއްކާ ވެސް އެއީ ޔޫނިއަން އޮފް ބަރުމާ ކަމުގައި ހަމަޖެހުނެވެ. 18 ޖޫން 1989 ގައި “ސްޓޭޓް ލޯ އެންޑް އޯޑަރ ރީސްޓޮރޭޝަން ކައުންސިލް” އިން ޔޫނިއަން އޮފް ބަރުމާގެ ނަމަކީ ޔޫނިއަން އޮފް މިޔަންމާ ކަމުގައި ހަމަޖެއްސިއެވެ.

ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]

އާބާދީގައި 50 މިލިޔަން މީހުން ތިބި ބަރުމާއަކީ އާބާދީގެ ގޮތުން ދުނިޔޭގެ 24 ވަނަ ޤައުމެވެ. ބަރުމާގެ އާބާދީގެ 68% އަކީ ބަމަރުންނެވެ. 10% އަކީ ޝާންއެވެ. 7% އަކީ ކަޔިން ނަސްލުގެ މީހުންނެވެ. 4% އަކީ ރަޚިން ނަސްލުގެ މީހުންނެވެ.

ސަގާފަތު[އުނިއިތުރު ގެންނަވާ]

ބަރުމާގެ ސަގާފަތަށް އަވަށްޓެރި ޤައުމުތަކުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވެއެވެ. މި ގޮތުން ފާހަގަކޮށްލެވެނީ އިންޑިޔާ އާއި ޗައިނާގެ ނުފޫޒެވެ. ބަރުމާގައި އޮންނަނީ ތޭރަވަދާ ބުދިޒަމްއެވެ. މީގެ ތެރެއަށްވަނީ އެ ޤައުމަށް ޚާއްޞަ އެތައް ކަމެއް ވެސް އެކުވެފައެވެ.

އިޤްތިޞާދު[އުނިއިތުރު ގެންނަވާ]

ބަރުމާއަކީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ނިކަމެތި އިޤްތިޞާދެއް އޮތް ޤައުމެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1156 ޑޮލަރެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  1. ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
  2. 2.0 2.1 2.2 2.3 "Burma (Myanmar)". International Monetary Fund. Retrieved 2009-10-01. 
  3. "Human Development Report 2009. Human development index trends: Table G" (PDF). The United Nations. Retrieved 2009-10-05. 
  4. Road infrastructure is still for driving on the left.