ބަނބުޅަބޮސް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ބަނބުޅަބޮސް

ބަނބުޅަގޮސް(ސައިންޓިފިކް ނަން: Citrus maxima)ނުވަތަ (އިނގިރޭސި ބަހުން: Pomelo)އަކީ ބޮނޑުލުބޯ ޒާތުގެ މޭވާއެކެވެ. މީގައިދޭނީ ހިތިފޮނި ރަހައެކެވެ. މީގައި ބޯ ތޮށިގަނޑެއް އޮންނާނެއެވެ. މިމޭވާ އާންމުކޮށް ހުންނަނީ މަޑުފެހި އަދި ރީނދޫ ކުލައެއްގައެވެ. މިއީ އާންމު ގޮތެއްގައި ދެކުނު އޭޝިޔާގެ ގައުމުތަކުގައި ހެދޭކަމަށް މަޝްހޫރު ވެފައިވާ މޭވާ އެކެވެ.

މިއީ ހުތް މޭވާތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު މޭވާ އެވެ. މިމޭވާގެ ވަށަމިނުގައި 25-15 ސމ ވަރު ހުރެއެވެ. އާންމު ގޮތެއްގައި ބަނބުޅަބޮސް ގެ ބަރުދަނުގައި 2-1ކިލޯ ހުރެއެވެ. އިންޑިޔާ، ޕާކިސްތާން އަދި އަފްޣާނިސްތާން ފަދަ ގައުމުތަކުގައި މިމޭވާ އަށް ކިޔަނީ ޗެކޯޓާރާ އެވެ. މިމޭވާގެ ތޮށި ޗައިނީޒް ޑިޝް ތަކުގައި ވަރަށްގިނައިން ބޭނުންކުރާކަން ފާހަގަ ކޮށްލަން ޖެހެއެވެ. ގަދީމީ ބޭސް ވެރިކަމުގައި ފިޓްޖެހުން ހުއްޓުވުމަށާއި، ކެއްސުން ކުޑަކޮށްދިނުމަށް ބަނބުޅަބޮސް ބޭނުންކޮށްފައި ވެއެވެ. ހަންގަނޑުގައި އުފެދިފައި ހުންނަ ދުޅައާއި ފާރު ފަސޭހަކޮށްދިނުމަށް ބަނބުޅަބޮސް ގަހުގެ ފަތް މުގުރައިގެން ބޭހުގެ ގޮތުގައި ބޭނުންކޮށްފައި ވެއެވެ. ބްރެޒިލްގައި ބަނބުޅަގޮސް ގަހުގެ ބައިތައް ބޭނުންކޮށްގެން ކޯފް ސިރަޕް އުފައްދާފައި ވެއެވެ.

ފޮޓޯ ގެލެރީ[އުނިއިތުރު ގެންނަވާ]