ރޯނު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ރޯނު[އުނިއިތުރު ގެންނަވާ]

ރޯނަކީ ބޮނބި ނަރުން ހަދާ ފަށެވެ. ރޮނުވަށައި އުޅެނީ ދެއުޅި ލިލީ އިންނެވެ. ލިލީއަކީ ބޮނބިނަރުން ހަދާ އުޅިއެވެ. އުޅިކަމުގައި ބެލެވެނީ ބަންނަ ތަކެތި ނުވަތަ ފަށް އަނބުރައިގެން ހަދާ ފަށެވެ. ރޯނުގެ ޒަމާންވީ ތާރީޚެއްވާނޭކަން ޔަޤީނެވެ. އެހެނީ އެއީ ޤަދީމީ ދިވެހި ތަރިކައިގެ ބައެކެވެ. ދިވެހީން ބާރޓާގެ އުސޫލުތައް ބޭނުންކުރި އިރު ދިވެހީންގެ 'ފައިސާ' އެކެވެ. އެއިގެ ފަހުން ހަރު މުދަލެކެވެ. އަގުހުރި އުފެއްދުމެކެވެ. ދިވެހިރާއްޖޭގައި ރުއްގަސް އުފެދުނު ހިސާބާއި ރޯނާއި ގުޅުވާލެވިދާނެއެ. ތާރީޚީ ގޮތުން ރޯނު ރާއްޖޭގައި ބޭނުން ކުރަން ފެއްޓީ ތާރީޚެއް ބުނެދެވެން ނެތަސް އެއީ ވަރަށް ގަދީމީ ދިވެހި ރާއްޖޭގައިވެސް ބޭނުން ކުރެވުނު އެއްޗެއްކަން އެގެއެވެ. މިގޮތުން ރޯނުން ދިވެހިން ގެދޮރު އަޅައި އުޅުނު ކަމަށާއި އެއީ ވިޔާފާރީގެ ބައެއްކަމަށް ދިވެހި އަދީބުންގެ އަދަބިއްޔާތުން ފެނެއެވެ.

ރޯނު ހެދުން[އުނިއިތުރު ގެންނަވާ]

ރޯނަކީ އިހު ބުނި ފަދައިން ވަށާ އެއްޗެކެވެ. މާނައަކީ ދެއަތްތިލައިގެ އެތެރެ ފުށަށް ލައިގެން އަނބުރައިގެން ތަފާތު ދެއެއްޗެއް ވާންކޮށް ގުޅުވައިލުމެވެ. މިގުތުން ރޯނު އުފެއްދުމަކީ ބުރަ އަދި ދުވަސް ނަގާ މަސައްކަތެކެވެ. ދެވެހިންގެ ތަރިކައެކެވެ. ކާބަފައިންގެ ހުނަރުވެރިކަމުގެ ބައެކެވެ. ރޯނުވެށާނީ ބޮނބި ތައްޔާރު ކުރުމަށްފަހުއެވެ.

ބޮނބި[އުނިއިތުރު ގެންނަވާ]

ބޮނބި ތައްޔާރުކުރުމޭ ބުނެވެނީ ކާށީގެ ބޭރުގައިވާ ތޮށިގަނޑު (ދިވެހި ބަހުން ބޮނބި) ނަގާ އެއިގެ ކިފުޅި ވަކި ކުރުމަށެވެ. މިގޮތުން ކިފުޅިބޮނބިގަނޑު ނަގާނީ ކާށި ހެހެގެންނެވެ. މިގޮތަށްނަގާ ބޮނބިގަނޑު ވަޅުލާނީ ފޯކުރުމަށްޓަކައި މުދުކައިރީގައެވެ. މިގޮތުން ހަފްތާތަކަކަށްފަހު ބޮނބި މަޑުވެ އަތަށް ފަސޭހަ ވީމާ ކޮނެ ނަގާނީއެވެ. އެއިރުން ބޮނބި ހުންނާނީ މަޑުވެ ރޫޅެންކާރިވެފައެވެ.

ކިފުޅި ވަކި ކުރުން[އުނިއިތުރު ގެންނަވާ]

މިގޮތައް ނެރޭ ބޮނބީގެ ކިފުޅިވަކިކުރާނީ ތަޅައިގެންނެވެ. ތަޅާނީ ހަތަރެސްކަނަށް އޮންނަ ވަކަރު މުގުރުބުރިއަކުންނެވެ. އެގޮތަށް ތަޅާއިރު ބޮނބިގަޑު ބާއްވަނީ ހަމައެފަދަ ވަކަރުގަނޑެއްގެ މަތީގައެވެ. މިގޮތުން ބޮނބިކުނޑި ވަކިވެ ކިފުޅިން ނަރުނެރެވޭހާ ވީމާ އެވީ ބޮނބި ނަރުތައް ނެރޭށެވެ. މިގޮތުން ނެރޭ ބޮނބި ނަރުތައް އަވީގައިވެސްލައެވެ. ބައެއްމީހުން އަވީގައިނުލާ ރޯނު ވަށަން ވަންދެން ގޯނީގައި ރައްކާކުރެއެވެ.

ވެށުން[އުނިއިތުރު ގެންނަވާ]

ވަށަނީ މިދެންނެވި ނަރުތަކުން އުޅިހަދައިގެންނެވެ. މިފަދަ އުޅިއަށްކިޔަނީ ލިލީއެވެ. ލިލީހެދުމަށްފަހު ފުރަތަމަ ލިލީ މެދުން ލަންބާލައި އެދެފަރާތުން ވަށަންފައްޓާނީއެވެ. މިއީ ފައްޓާގޮތެވެ. މިގޮތައް ފެއްޓުމަށްފަހު ފުރަތަމަ އުޅީގެ ދެފަރާތައް އިތުރު ލިލީތައްލައިގެން ރޯނު ވަށަމުން ކުރިއަށް ގެންދާނީއެވެ. ނިންމާލާ ލިލީގެ ކޮޅު ހިމަކޮށް ނިމޭތާނގައި ގޮށެއްލާނީއެވެ. ރޯނުވަށައިއުޅެނީ އަބަދުވެސް ދެ ލިލީ އިންނެވެ.


ބޭނުންތައް[އުނިއިތުރު ގެންނަވާ]

ރޯނުގެ ބޭނުންތައް ބޮޑުވެފައި ވަރަށް ގިނައެވެ. ޒަމާން ބަދަލުވެ ދިވެހީންގެ އާދަކާދަ ތަކަށް ބަދަލުތަކެއް އައި ކަމުގައިވިއަސް ދިވެހީން ރޯނު އެކަހެރި ނުކުރާ ކަހަލައެވެ. މިގޮތުން އެއިގެ ބޭނުން ދަނީ އިތުރުވަމުންނެވެ. ބައެއްބޭނުންތައް އުވި ދިޔައަސްމެއެވެ. މިގޮތުން ރޯނަކޯ ފަށެކެވެ. ބަންނަ ތަންތަނުގައި ރޯނުގެ ބޭނުންބޮޑެވެ. ރާރުކުގައި އެތް ލަންބާލުމަށް ބަންނަފަށުގައިއާއި އެތް ނުފޮޅޭނެހެން ވަށައިގެން ރޯނު ބޭނުންކުރެއެވެ. ބަދިއާއި ރާގުޑީގެ ހިފާ ތަނުގައިވެސް މިބޭނުން ކުރެވެއެވެ. ރޯނަކި ދޯނި ކޮޅާން ބޭނުންކުރާ އެއްޗެއްވެސް މެއެވެ. ރޯނުގަނޑު ހިންމިއަށް ވެއްދުމައްޓަކައި ވަކަރުގަނޑާއި ކާރިކުރުމަށްފަހު އައްޕަތުން އެތެރެއަށް ވައްދާނީއެވެ. ސަންދޯކުފަދަ ތަކެތީގައިއާއި އުނދޯލީގައިވެސް ރޯނުފުރައެވެ. މިގޮތުން ރޯނުފުރުމުގައި ދެގޮތެއް ބޭނުންކުރެވެއެވެ. އެއީ ސަންދޯކު ރޯނު ފުރުމާއި 'ކަންބައްދައި ރޯނު' ފުރުމެވެ. ސަންދޫކު ރޯނުފުރުމަކީ ދިގަށާއި ހުރަހަށް ރޯނުފުރާލުމެވެ. ކަންބައްދާ ފުރުމަކީ އެއްކަނުން އަނެއްކަނަށް އެއް އަރިމަތިން އަނެއް އަރިމައްޗަށް ފުރުމެވެ.


ތާރީޚު[އުނިއިތުރު ގެންނަވާ]

މީގެ 9000 އަހަރުކުރިން އަރިހާގައި ވަޅުލެވިފައިވާ އަންހެނެއްގެ ލޯވަޅުގައި ބޮލިތަކެއް ހުއްޓާ ފެނުނުކަމަށް ޑރ. ޝީމާ ސައީދުގެ ޕީ.އެޗް.ޑީ ތީސިސްގައި ވެއެވެ. އަދި މިއީ ރާއްޖެއިން ބޭރުކުރެވުނު އެއްޗެއްކަމުގައި ލަފާކުރެވޭކަމުގައިވެސް ވެއެވެ. މިފަދަ ބުނުމަކަށް ޔަޤީންކަމެއް ލިބިއްޖެނަމަ ދިވެހީންގެ ވިޔާފާރިތައް މީގެ 9000 އަހަރު ކުރިއާއި ގުޅުވައިލެވިދާނެއެވެ. އެހެންވެއްޖެނަމަ ބޮއްޔާއިއެކު ރޯނުގެ ވިޔާފާރި ކުރެވިފައިވާނޭކަމުގައި ހީކޮށް، ރޯނުގެ ތާރީޙު 9000 އަހަރުކަމުގައި ވެސް ބެލިދާނެއެވެ. މިއީ އަދި ހަމަ ނަޒަރިއްޔާތެކެވެ.

ހަވާލާ ދިނުންތައް[އުނިއިތުރު ގެންނަވާ]

ޑރ. ޝީމާ ސައީދު – މޯލްޑިވިއަން ވޭއިސް އޮފް ނޯއިންގ

ރޯއިސްޓަން އެލިސް/ ސިއާން ޕްރިޗާރޑް ޖޯންސް/ ބޮބް ގިބަންސް – މޯލްޑިވްސް