ރުމޭނިއާ

ވިކިޕީޑިއާ އިން
Romania
România
AnthemDeşteaptă-te, române!
Awaken, Romanian!

Capital
(and largest city)
Bucharest (Bucureşti)
44°25′N 26°06′E / 44.417°N 26.1°E / 44.417; 26.1
Official languages Romanian1
Ethnic groups  89.5% Romanians, 6.6% Hungarians, 2.5% Roma, 1.4% other minority groups
Demonym Romanian
Government Unitary semi-presidential republic
 -  President Traian Băsescu
 -  Prime Minister Emil Boc
Legislature Parliament
 -  Upper House Senate
 -  Lower House Chamber of Deputies
Formation
 -  Transylvania 10th century 
 -  Wallachia 1290 
 -  Moldavia 1346 
 -  First Unification 1599 
 -  Reunification of Wallachia and Moldavia January 24, 1859 
 -  Officially recognised independence from the Ottoman Empire July 13, 1878 
 -  Unification with Transylvania December 1, 1918 
EU accession January 1, 2007
Area
 -  Total 238,391 km2 (82nd)
92,043 sq mi 
 -  Water (%) 3
Population
 -  1 January 2009 estimate ފަންވަތް:Nts[1] (52nd)
 -  2002 census 21,680,974 
 -  Density 90/km2 (104th)
233/sq mi
GDP (PPP) 2008 estimate
 -  Total $270.772 billion[2] (39th)
 -  Per capita $12,600[2] (65th)
GDP (nominal) 2008 estimate
 -  Total $200.074 billion[2] (43rd)
 -  Per capita $9,310[2] (61st)
Gini (2005) 31 (low) (21st)
HDI (2009) Green Arrow Up Darker.svg 0.837 (high) (63rd)
Currency Leu (L)2 (RON)
Time zone EET (UTC+2)
 -  Summer (DST) EEST (UTC+3)
Drives on the right
Internet TLD .ro .eu
Calling code 40
1 Other languages, such as Hungarian, German, Turkish, Crimean Tatar, Greek, Romani, Croatian, Macedonian, Ukrainian and Serbian, are official at various local levels.
2 Romanian War of Independence.
3 Treaty of Berlin.

ރުމޭނިޔާއަކީ މެދުތެރޭ އަދި އިރު ދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.

ފިހުރިސްތު

[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް

ރުމޭނިޔާގެ ރަސްމީ ބަހަކީ ރުމޭނިޔާ ބަހެވެ. އިނގިރޭސި ބަހުން ރުމޭނިޔާ މީހުންނަށް ކިޔަނީ ރޮމޭނިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބުކަރެސްޓެވެ. ސޫރިޔާގެ ވެރިރަށަކީ ވެސް ބުކަރެސްޓެވެ. ރުމޭނިޔާއަކީ ޔުނިޓަރީ ސެމި ޕްރެޒިޑެންޝަލް ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 21 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 54 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.2 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ro. އެވެ. ކޯލިން ކޯޑަކީ +40 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ރުމޭނިޔަން ލިއުއެވެ.

[އުނިއިތުރު ގެންނަވާ] ނަން

ރުމޭނިޔާގެ ނަން ނެގިފައިވަނީ ރޮމޭނިޔަނުން މި ބަހުންނެވެ. އެހެން ކަމުން ރުމޭނިޔާގެ މާނައަކީ ރޮމޭނިޔަނުންގެ ބިމެވެ. ރޯމާ ނުވަތަ ޖިޕްސީން ނުވަތަ ރެދިން ރުމޭނިޔާގައި އުޅުނަސް، ރުމޭނިޔާގެ ނަން ނިސްބަތް ކުރެވިފައިވަނީ އެމީހުންނަކަށް ނޫނެވެ. ޖުޣުރާފީ ރުމޭނިޔާގެ ހުޅަނގުގައި އޮތީ ހަންގޭރީ އާއި ސާބިޔާއެވެ. އިރު އުތުރުގައި އޮތީ ޔުކްރެއިނާއި ރިޕަބްލިކް އޮފް މޮލްޑޯވާއެވެ. ދެކުނުގައި އޮތީ ބަލްގޭރިޔާއެވެ.

[އުނިއިތުރު ގެންނަވާ] ތާރީޚު

ޔޫރަޕުން މިހާތަނަށް އިންސާނުންގެ އެންމެ ދުވަސްވީ އަސަރެއް ފެނިފައިވަނީ ރުމޭނިޔާއިންނެވެ. އެއީ “ކޭވް ވިއްތް ބޯން” ނަމަކަށް ކިޔާ ތަނަކުންނެވެ. މިއީ މީގެ 42000 އަހަރު ކުރީގެ ނިޝާނެއް ކަމަށާއި މިއީ ފުރިހަމަ އިންސާނުން ނުވަތަ “ހޯމޯ ސެޕިއެންސް” ގެ ތެރެއިން އެންމެ ފުރަތަމަ ޔޫރަޕުގެ ބައްރަށް ވަން މީހުންގެ އަސަރު ކަމަށް ވެސް ތާރީޚީ ކަންތައް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. އެހެން ނަމަވެސް ތާރީޚީ ލިޔުމެއްގައި އެންމެ ފުރަތަމަ މި ސަރަޙައްދުގެ މީހުންނާ މެދު ލިޔެވިފައިވަނީ ޢީސާއީ މީލާދުގެ 440 އަހަރު ކުރީންނެވެ. އެއީ ގީތީ ދަރިކޮޅުގެ މީހުން ކަމުގައި ވެސް އެ ލިޔުމުގައިވެއެވެ. މި ސަރަޙައްދަކީ މަޢުދަންތަކުން މުއްސަނދިވެފައި އޮތް ސަރަޙައްދަކަށް ވުމުން ރޫމީން މި ސަރަޙައްދު ހިފިއެވެ. އަދި އެތައް ޒަމާނެއް ވަންދެން ރޫމީންގެ ވެރިކަން އޮތުމާއި އެމީހުންގެ ތެރެއިން ބައެއް މީހުން އެތަނުގައި ވަޒަންވެރިވުމުގެ ސަބަބުން ރޮމޭނިޔަނުންގެ ކާބަފައިން މި މީހުންގެ ދަރިކޮޅުތަކުން އުފަންވިއެވެ. ރޫމީން މި ސަރަޙައްދުން ފޭބުމުން ދެން މި ސަރަޙައްދަށް ވެރިވެގަތީ ގޮތުންނާއި ހަނުންނެވެ. އޭގެ ފަހުން އައީ ނޯމޭޑުންނެވެ. މެދު ޒަމާނަށް އައި އިރުގައި ރުމޭނިޔާގައި މީހުން ދިރިއުޅެމުން އައީ ތިން ޕްރިންސިޕަލިޓީއެއްގައެވެ. އެއީ ރޮމޭނިއަންލޭންޑް (ވަލާކިޔާ) އާއި މޮލްޑާވިޔާ އާއި ޓްރާންސިލްވޭނިޔާގައެވެ. މިއަދުގެ ރުމޭނިޔާގެ ޑިމޮކްރެޓިކް ތާރީޚު ފެށިފައިވަނީ 1989 ވަނަ އަހަރުން ފެށިގެންނެވެ.

[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް

ރުމޭނިޔާގެ އާބާދީގެ 89.5% މީހުންނަކީ ރޮމޭނިޔަނުންނެވެ. ހަންގޭޭރީންނަކީ 6.6% އެވެ. ރޯމާއިން ނުވަތަ ރެދިން ނުވަތަ ޖިޕްސީންނަކީ 2.46% މީހުންނެވެ. މި މީހުންނަށް ރެދިންނޭ ކިޔަނީ މިއީ އިންޑިޔާގެ ރާޖަސްތާނަށް ނިސްބަތްވާ ބައެއް ކަމަށް ބެލެވިފައިވާތީއެވެ. ރޯމާ ރެދިންގެ ބަސް އެންމެ ގާތީ ސިންގަޅަ ބަހާ ކަމުގައި ބަހުގެ ޢިލްމުވެރިން ވިދާޅުވެއެވެ. ދިވެހި ބަހުގެ އުސްތާޒެއް ކަމުގައިވާ ގ. ކަލާވެހި އިބްރާހީމް ވަޙީދު (އޮގަރު އިބްރާހީމް ވަޙީދު) ވިދާޅުވި ގޮތުގައި ބަޔަކު ދިރާސާކޮށްފި ކަމުގައިވާ ނަމަ ޖިޕްސީންގެ ބަހާއި ދިވެހިބަހާ ދެމެދު އޮތް ގުޅުން ސިންގަޅަ ބަހާއި ޖިޕްސީންގެ ބަހަށް ވުރެ ގާތްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. އަދި މިކަމަށް ހެކިލިބޭ ހާދިސާއެއް ސީދާ އޭނާއަށް ކުރިމަތިވެ ވަޑައިގެންނެވި ކަމަށް ވެސް ވަޙީދު ވިދާޅުވެއެވެ. އެހެން ކަމުން މިފަދަ ދިރާސާއެއް ކުރުމަކީ ދިވެހިންނާއި މި މީހުންނާ އޮތް ގުޅުން ހޯދުމަށް ކުރެވިދާނެ މަސައްކަތެކެވެ. އަދި ހަމަ އެހެންމެ ދިވެހިންގެ އަޞްލާމެދު އިތުރު އަލިކަމެއް ލިބިގެން ހިނގައިދާނޭ ކަމެއް ވެސް މެއެވެ.

[އުނިއިތުރު ގެންނަވާ] ސަގާފަތު

ރުމޭނިޔާގެ ސަގާފަތަކީ ޔޫރަޕާއި ދެކުނު އޭޝިޔާ އަދި މެދު އިރުމަތީގެ ސަގާފަތްތަކާ ގުޅުން އޮތް ސަގާފަތެކެވެ.

[އުނިއިތުރު ގެންނަވާ] އިޤްތިޞާދު

މިހާރަށް ބަލާއިރު 1989 ވަނަ އަހަރުން ފެށިގެން ރުމޭނިޔާގެ އިޤްތިޞާދަށް ހެޔޮ އަސަރުތަކެއް ކުރަމުންދާ ކަމަށް ބެލެވެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 12600 ޑޮލަރެވެ.


Cite error: <ref> tags exist, but no <references/> tag was found

Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން