ރުވާންޑާ
| Republic of Rwanda
Repubulika y'u Rwanda
République du Rwanda |
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: Ubumwe, Umurimo, Gukunda Igihugu "Unity, Work, Patriotism" |
||||||
| Anthem: "Rwanda nziza" |
||||||
| Capital (and largest city) |
Kigali 1°56.633′S 30°3.567′E / 1.943883°S 30.05945°E |
|||||
| Official languages | Kinyarwanda, French, English | |||||
| Vernacular language | Swahili | |||||
| Demonym | Rwandan, Rwandese | |||||
| Government | Republic | |||||
| - | President | Paul Kagame | ||||
| - | Prime Minister | Bernard Makuza | ||||
| Independence | from Belgium | |||||
| - | Date | July 1, 1962 | ||||
| Area | ||||||
| - | Total | 26,338 km2 (147th) 10,169 sq mi |
||||
| - | Water (%) | 5.3 | ||||
| Population | ||||||
| - | July 2009 estimate | 10,473,282[1] (80th) | ||||
| - | 2010 census | 10,264,947[2] | ||||
| - | Density | 397.6/km2 (29th) 1,029.9/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $10.004 billion[3] | ||||
| - | Per capita | $1,043[3] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $4.459 billion[3] | ||||
| - | Per capita | $465[3] | ||||
| Gini (2003) | 45.1 (medium) | |||||
| HDI (2007) | ||||||
| Currency | Rwandan franc (RWF) |
|||||
| Time zone | CAT (UTC+2) | |||||
| - | Summer (DST) | not observed (UTC+2) | ||||
| Drives on the | right | |||||
| Internet TLD | .rw | |||||
| Calling code | 250 | |||||
| 1 Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected. | ||||||
ރުވާންޑާ ނުވަތަ “ލޭންޑް އޮފް އަ ތައުޒަންޑް ހިލްސް” އަކީ އިރުމަތީ-މެދުތެރޭ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]
ރުވާންޑާގެ ރަސްމީ ބަހަކީ ކިންޔާރްވާންޑާ ބަހާއި ފަރަންސޭސި ބަހާއި އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ރްވާންޑަންސް ނުވަތަ ރްވާންޑީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކިގަލީއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 9 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 84 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 26338 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ rw. އެވެ. ކޯލިން ކޯޑަކީ +250 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ރްވާންޑަން ފްރޭންކެވެ.
ނަން[އުނިއިތުރު ގެންނަވާ]
“ރުވާންޑާ” މި ނަން ނެގިފައިވަނީ “ވަންޔަރުއާންޑާ” މީހުންނަށް ނިސްބަތް ކޮށެވެ. ރުއާންޑާއަށް ނިސްބަތްކޮށް ކިޔޭ އަނެއް ނަމަކީ “ލޭންޑް އޮފް އަ ތައުޒަންޑް ހިލްސް” އެވެ.
ޖުޣުރާފީ[އުނިއިތުރު ގެންނަވާ]
ރުވާންޑާ އާއި ބޯޑަރުގެ ގޮތުން ގުޅޭ ޤައުމުތަކަކީ ޔޫގެންޑާ އާއި ބުރުންޑީ އާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ޓެންޒޭނިޔާއެވެ.
ތާރީޚު[އުނިއިތުރު ގެންނަވާ]
މިއަދުގެ ރުވާންޑާގައި މީހުން ދިރިއުޅެން ފެށި ވަކި ތާރީޚެއް އަދި ހޯދިފައެއް ނުވެއެވެ. އެހެން ނަމަވެސް ތާރީޚީ ޢިލްމުވެރީން ޤަބޫލުކުރައްވާ ގޮތުގައި، މި ހިސާބުގައި މީހުން އާބާދުވެފައިވަނީ ޢީސާއީ މީލާދުގެ އަށް ސާސްކަފު ނުވަތަ ތިން ސާސްކަފު ކުރީންނެވެ. މި ގޮތުން އެންމެ ފުރަތަމަ މި ސަރަޙައްދުގައި ވަޒަންވެރިވެފައިވާ ކަމަށް ބެލެވެނީ ޝިކާރަ ކުރާ މީހުންނެވެ. 1884-1885 ގައި ތަންގަންޔިކާ ސަރަޙައްދުގެ އިސް މީހުންނާއެކު ޖަރުމަނުން ސޮއިކުރި އެއްބަސްވުންތަކަށް ފަހުގައި ޖަރުމަނު މީހުން ވަނީ ތަންގަންޔިކާ އާއި ބުރުންޑީ އާއި ރުވާންޑާއަކީ ޖަރުމަނުގެ ބާރު ހިނގާ ސަރަޙައްދެއް ކަމުގައި ދަޢުވާކޮށްފައެވެ. ޖަރުމަނުގެ އިސް ބޭފުޅަކު، މި ސަރަޙައްދުގެ ވެރިކަމުގައި ހުރި ބޭފުޅަކާ ބައްދަލު ކުރައްވާފައިވަނީ 1894 ގައެވެ. 2500 ސިފައިންނާއެކު، އިރުމަތީ އެފްރިކާގައި ބާރު ހިންގަމުން ދިޔަ ޖަރުމަނު މީހުން ރުވާންޑާގެ މީހުންގެ ދިރިއުޅުމުގެ އޮނިގަނޑަށް ބަދަލެއް ގެންނަން މަސައްކަތްކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ. ރުވާންޑާއަށް ބެލްޖިއަމްގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 1 ޖުލައި 1962 ގައެވެ.
ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]
ރުވާންޑާގެ ގިނަ މީހުންނަކީ ކިންޔަރުވާންޑާ ބަހުން ވާހަކަ ދައްކާ މީހުންނެވެ. ވިޔަފާރީގެ މުޢާމަލާތްތަކުގައި މީގެ ތެރެއިން ބައެއް މީހުން ވެސް ސަވާހިލީ ބަހުން ވާހަކަ ދައްކައި އުޅެއެވެ. ރުވާންޑާގެ ތަޢުލީމީ މީހުން ވާހަކަ ދައްކާ މައިގަނޑު ދެ ބަހަކީ އިނގިރޭސި ބަހާއި ފަރަންސޭސި ބަހެވެ. ރުވާންޑާގެ އާބާދީގެ 93.6% މީހުންގެ ދީނަކީ ކްރިސްޓިޔަން ދީނެވެ. 4.6% މީހުންނަކީ މުސްލިމުންނެވެ.
ސަގާފަތު[އުނިއިތުރު ގެންނަވާ]
ރުވާންޑާގެ ސަގާފަތަށް އެ ޤައުމު އިސްތިޢުމާރު ކުރީ ޔޫރަޕުގެ މީހުންގެ އަސަރު ފޯރާފައިވި ނަމަވެސް، ބޮޑަށް ފެނިގެންދަނީ އެފްރިކާގެ އަވަށްޓެރި ޤައުމުތަކުގެ ސަގާފަތުން ވެސް ފެންނަ ފަދަ ކަންތައް ތަކެކެވެ.
އިޤްތިޞާދު[އުނިއިތުރު ގެންނަވާ]
ރުވާންޑާގެ އިޤްތިޞާދަށް ބަލާއިރުގައި އަދިވެސް އިންޑަސްޓްރިއަލައިޒޭޝަންގެ އެއްވެސް ކަމެއް ނެތް ކަން ފާހަގަކުރެވެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1043 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found