ރީސަސް ލޭގެ ގުރޫޕްގެ ނިޒާމް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ރީސަސް ލޭގެ ގުރޫޕްގެ ނިޒާމް ނުވަތަ (އިނގިރޭސި ބަހުން: Rhesus blood group system) އަކީ ވެސް ލޭގައި މުހިއްމު ދައުރެއް އަދާކުރާ ނިޒާމެކެވެ. ލޭގެ ރަތް ސެލްގެ ސަތަހައިގައި ބައިވަރު އާރްއެޗް އެންޓިޖަން(Rh antigen) ތައް ހުރެއެވެ. އެންމެ އާންމުކޮށް ހުންނަ އާރްއެޗް އެންޓިޖަން އަށް ކިޔަނީ ޑީ-އެންޓިޖަން(D-antigen) އެވެ. ޑީ-އެންޓިޖަން ހުރިނަމަ އެމީހަކީ އާރް އެޗް ޕޮޒިޓިވް(Rh+ve)މީހެކެވެ. އަދި ޑީ-އެންޓިޖަން ނެތްނަމަ އެމީހަކީ އާރްއެޗް ނެގެޓިވް(Rh-ve)މީހެކެވެ. އާންމުގޮތެއްގައި 85އިންސައްތަ މީހުންނަކީ އާރްއެޗް ޕޮޒިޓިވް މީހުންނެވެ. ބާކީ 15އިންސައްތަ މީހުންނަކީ އާރްއެޗް ނެގެޓިވް މީހުންނެވެ. އޭބީއޯ ލޭގެ ގުރޫޕްގެ ނިޒާމްއާއި، ޚިލާފަށް އާރްއެޗް އެންޓިޖަން އަށް ނިސްބަތްވާ ހަށިދަމަނަތައް އޭގެ ޒާތުގައެއް ނުއުފެދެއެވެ. މިފަދަ ހަށިދަމަނަތައް އުފެދެނީ އާރްއެޗް ނެގެޓިވް މީހެއްގެ ގަޔަށް ލޭއެޅުން، ނުވަތަ ވިހެއުމުގެ ތެރޭގައި އާރްއެޗް އެންޓިޖަން އަށް ހުށަހެޅުމުންނެވެ. މާބަނޑުމީހާ އާރްއެޗް ނެގެޓިވް ވެފައި، ބަނޑުގައިވާ ކުޑަދަރިފުޅު އާރްއެޗް ޕޮޒިޓިވް ނަމަ، މައިމީހާގެ ހަށިގަނޑުގައި މިފަދަ ހަށިދަމަނަތައް އުފެދި، މަހުގެތެރެއިން ކުޑަދަރިފުޅުގެ ހަށިގަނޑަށް ވާސިލް ވެއެވެ. މިހާލަތުގައި ކުޑަދަރިފުޅަށް އިރިތްރޯބްލާސްޓޯސިސް ފީޓާލިސް(Erythroblastosis fetalis )އޭ ކިޔާ ބައްޔެއް ޖެހެއެވެ.