ރަތުލޯ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ރަތުލޯ (އިނގިރޭސި ބަހުން: Copper)ނުވަތަ ކޮޕަރ އަކީ އިންސާނުންނާއި، ޖަނަވާރުންނާއި، އަދި ގަސްގަހާއި ގެއްސަށްވެސް ވަރަށް ބޭނުންތެރި މަޢުދަނެކެވެ. ބޮޑު މީހެއްގެ ހަށިގަނޑުގައި 150-75 މިލިގްރާމް އާއި ދެމެދުގެ އަދަދަކަށް ކޮޕަރ ހުރެއެވެ. މީގެތެރެއިން ½ ހުންނަނީ ކަށިތަކާއި މަސްތަކުގައެވެ. މިމާއްދާ ނިސްބަތުން އެންމެ ގިނައީ ސިކުނޑި އާއި ފުރަމޭ ގައެވެ. ކޮޕަރ ބޭނުންވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި، މީހާ ހެދި ބޮޑުވުމާއި، ކަށިތަކާއި، ހުޅުތަކާއި، ހަންގަނޑާއި، ލޭނާރުތަކާއި، ނޭވާލާ ނިޒާމް އާއި، އަދި ލޭގައި ހުންނަ ދިރުތައް ރައްކާތެރިކޮށްދިނުން ހިމެނެއެވެ. ކޮޕަރ ޖަމާވާނީ ބަނޑާއި ކުޑަ ގޮހޮރުގައެވެ. ކޮޕަރ ލިބޭ ކާނާގެ ތެރޭގައި، ކަނޑުމަސް، އެއްގަމުމަސް، އަދި ގޮވާމުގެ ބާވަތްތައް ހިމެނެއެވެ. ބޮޑުމީހެއްގެ ދުވަހެއްގެ ކެއުމުގައި 1.5 – 3.0 މިލިގްރާމް އާއި ދޭތެރޭގެ އަދަދަކަށް ކޮޕަރ ލިބޭ ކާނާ ހިމަނަން ޖެހެއެވެ. އިންސާނާގެ ހަށިގަނޑުގައި ކޮޕަރ މަދުވެއްޖެނަމަ ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި ހިތުގެ ބަލިތައް، ނާރުގެ ބަލިތައް ޖެހޭގޮތްވުމާއި، އަދި ސެލޯށިތައް ރަގަޅަށް އުފެދޭގޮތްނުވުން ހިމެނެއެވެ. ކެންސަރު އަދި ހުޅުތައް ދުޅަވުން އަށް ފަރުވާގެ ގޮތުގައި ކޮޕަރ ހުންނަ ބޭސް ބޭނުން ކުރެވެއެވެ.


ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003