ނީލަ ކޯރު
ވިކިޕީޑިއާ އިން
ނީލަ ކޯރު (ޢަރަބިބަހުން: النيل) ގެ ބޮޑު ބައެއް އޮންނަނީ މިޞްރުގައެވެ. އާންމު ގޮތެއްގައި ދުނިޔޭގެ އެންމެ ދިގު ކޯރުގެ ގޮތުގައި ބެލެވޭ ކޯރަކީ ވެސް ނީލަ ކޯރެވެ. އެފްރިކާގެ އުތުރު ސަރަހައްދުގެ ގައުމުތަކުން ފެށިގެން ދެކުނަށް ގޮސް ދެކުނު ބައެއް ގައުމުތަކަށް ވެސް ނީލަ ކޯރުގެ ފެން ކޯރުތައް ބެހިގެން ގޮސްފައި ވެއެވެ. ނީލަ ކޯރުގެ މައިގަނޑު އޮންނަނީ މިޞްރުގައެވެ. އަދި ބެހިފައިވާ ގޮފިތައް އޮންނަނީ މިޞްރުގެ ދެކުނަށް އެފްރިކާ ބައްރުގައިވާ ތަފާތު ގައުމުތަކުގައެވެ.
ނީލަ ކޯރު އޮންނަނީ މައިގަނޑު ދެބަޔަކަށް ބެހިފައެވެ. އެއީ ހުދުނީލަ ކޯރު އަދި ނޫނީލަ ކޯރު އެވެ. ބޮޑަށް ދިގީ ހުދު ނީލަކޯރު ކަމަށް ވިޔަސް ދަނޑުވެރިކަމަށާއި އެހެނިހެން ބޭނުންތަކަށް ބޮޑަށް ބޭނުންކުރެވިފައިވަނީ ނޫނީލަކޯރުގެ ފެން ކަމުގައި ބުނެވެއެވެ. ނީލަކޯރުގެ މިބުނި ދެބައިހެން ކަހަލަ ގޮތަކަށް ފެށިފައި އިންނަނީ ސޫދާންގެ ވެރިރަށް ޚުރްޠޫމް އިންނެވެ.
ފިހުރިސްތު |