ނިއުމޯނިޔާ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ނިއުމޯނިޔާއިނގިރޭސި ބަހުން: Pneumonia) އަކީ ފުއްޕާމޭއަށް ޖެހޭ ބައްޔެކެވެ. މިއީ އެންމެ ސާދާ ބަހުން ބުނާނަމަ 'ފުއްޕާމޭ ދުޅަވުން އެވެ. މިބަލި ޖެހުމުން ފުއްޕާމޭގައި ހުންނަ ކުދި ވައިކޮތަޅު ގައި ދިޔަ ޖަމާވާގޮތް ވެއެވެ. ތަފާތު ވައްތަރުގެ ބެކްޓީރިޔާ، ވައިރަސް، ފަންގަސް، އަދި ޕަރަސައިޓް ތަކުގެ ސަބަބުން ނިއުމޯނިޔާ ޖެހޭކަން ފާހަގަ ކުރެވެއެވެ. ކެމިކަލް ގެ ސަބަބުން ނުވަތަ ޖިސްމާނީ ގޮތުން ލިބޭ އަނިޔާ އަކާއި ވިދިގެން ވެސް ނިއުމޯނިޔާ ޖެހިދާނެއެވެ.

ނިއުމޯނިޔާ ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ކެއްސުން، މޭގައި ރިހުން، ހުންއައުން އަދި ނޭވާލާން އުދަގޫވުން ފަދަ ކަންތައްތައް ހިމެނެއެވެ. ބަލި ދެނެގަތުމަށް ކުރެވޭނެ އެންމެ މުހިއްމު އެއްކަމަކީ ކުޅު ޓެސްޓުކުރުން އަދި މޭގެ އެކްސްރޭ ނެގުމެވެ.