ނައިޖީރިއާ
| Federal Republic of Nigeria
Nigeria
|
||||
|---|---|---|---|---|
|
||||
| Motto: "ޔުނިޓީ އެންޑް ފެއިއްތް، ޕީސް އެންޑް ޕްރޮގްރެސް" | ||||
| Anthem: އެރައިޒް އޯ ކޮމްޕެޓްރިއޮޓްސް، ނައިޖީރިއާ'ސް ކޯލް އޮބޭއި |
||||
| Capital | އަބޫޖާ 9°10′N 7°10′E / 9.167°N 7.167°E |
|||
| (and largest city) | ލާގޮސް | |||
| Official languages | އިނގިރޭސި ބަސް | |||
| Government | ރިޔާސީ ފެޑެރަލް ޖުމްހޫރިއްޔާ | |||
| - | ރައީސް | ޢުމަރު ޔަރުޢަދުއާ | ||
| - | ނާއިބް ރައީސް | ގުޑްލަކް ޖޮނަތަން | ||
| މިނިވަންކަން | އިނގިރޭސި ވިލާތުގެ ކިބައިން | |||
| - | އިޢުލާންކުރުމާއި ބަލައިގަތުން | އޮކްޓޫބަރު 1، 1960 | ||
| - | ޖުމްހޫރިއްޔާ އިޢުލާންކުރުން | އޮކްޓޫބަރު 1، 1963 | ||
| - | Water (%) | 1.4 | ||
| Population | ||||
| - | 2005 estimate | 133,530,0001 (9ވަނަ) | ||
| - | 2006 census | 140,003,542 | ||
| GDP (PPP) | 2006 estimate | |||
| - | Total | $188.5 ބިލިއަން (47th²) | ||
| - | Per capita | $1,188 (165ވަނަ²) | ||
| Gini (2003) | 43.7 (މެދުމިން) | |||
| HDI (2006) | ||||
| Currency | ނައިޖީރިއަން ނައިރާ (₦) (NGN) |
|||
| Time zone | ހއގ (UTC+1) | |||
| - | Summer (DST) | ބެލިފައެއްނުވޭ (UTC+1) | ||
| Internet TLD | .ng | |||
| Calling code | 234 | |||
ނައިޖީރިއާ އަކީ އެފްރިކާ ބައްރުގައި އޮތް އެންމެ އާބާދީ ބޮޑު ޤައުމެވެ. މުޅި ދުނިޔެއަށް ބަލާއިރު އަށްވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް ޤައުމަކީ ނައިޖީރިއާއެވެ. އަދި ކަޅުމީހުންގެ މެޖޯރިޓީއެއް އޮތް ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ އާބާދީ ބޮޑު ޤައުމަކީ ވެސް ނައިޖީރިއާއެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
ނައިޖީރިއާގެ ރަސްމީ ބަހަކީ އިނގިރޭސި ބަހާއި، ހައުސަ ބަހާއި، އިގްބޯ ބަހާއި ޔޮރުބާ ބަހެވެ. ވެރިރަށަކީ އަބޫޖާއެވެ. އެންމެ ބޮޑު ޝަހަރަކީ ލާގޯސްއެވެ. ނައިޖީރިއާ އަކީ ރިޔާސީ ނިޒާމެއް އޮންނަ، ފެޑެރަލް ޖުމްހޫރިއްޔާއެކެވެ. ނައިޖީރިއާގެ ރައީސްކަމުގެ މަޤާމުގައި މިވަގުތު އިންނެވީ ޢުމަރު މޫސާ ޔާރާދުވާއެވެ. ނައިބު ރައީސަކީ ގުޑްލަކް ޖޮނަތަންއެވެ. ސެނެޓުގެ ރައީސަކީ ޑޭވިޑް މާރކްއެވެ. މަޖިލީހުގެ ރައީސަކީ އޮލާދިމޭޖީ ސަބުރު ބަންކޯލްއެވެ. އުއްތަމަ ފަނޑިޔާރަކީ އިދްރީސް ކުތީގީއެވެ. ނައިިޖީރިއާގެ އާބާދީއަކީ 155 މިލިއަނެވެ. ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާއަކީ 2162 ޑޮލަރެވެ. ބިމުގެ ބޮޑުމިނަކީ 0.92 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ng. އެވެ. ކޯލިން ކޯޑަކީ +234 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ނައިޖީރިއަން ނައިރާއެވެ.
[އުނިއިތުރު ގެންނަވާ] ނަން
ނައިޖީރިއާއަށް ނައިޖީރިއާ އަދި ނައިސީރިއާ މި ދެ ނަން ވެސް ކިޔައެވެ. ނައިޖީރިއާ މި ނަން ނެގިފައިވަނީ އެ ޤައުމުގެ ތެރެއިން ދެމިގެން ގޮސްފައިވާ ކޯރެއްކަމުގައިވާ ނީޖަރު ކޯރުގެ ނަމުންނެވެ.
[އުނިއިތުރު ގެންނަވާ] ޖުގުރާފީ
ހުޅަނގު އެފްރިކާގައި އޮންނަ ނައިޖީރިއާގެ ސީމާ ގުޅިފައިވަނީ ބެނިން އާއި ޗާޑާއި ކެމަރޫނާއި ނީޖަރާއެވެ. ޚަލީޖު ގީނިއާގައި އޮންނަ މި ޤައުމަކީ ބިމަށް ބަލާއިރު 32 ވަނައަށް އެންމެ ބޮޑު ޤައުމެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
ނައިޖީރިއާއަކީ ދިގު ތާރީޚެއް އޮތް ޤައުމެއްކަން އާސާރީ ހޯދުންތަކުން ވަނީ ދައްކާފައެވެ. ނައިޖީރިއާގައި މީހުން ދިރިއުޅެން ފަށާފައިވަނީ ޢީސާއީ މީލާދުގެ 9000 އަހަރު ކުރީން ކަމަށް ތާރީޚީ ހޯދުންތަކުން ދައްކައެވެ. ޔޫރަޕުގެ މީހުންގެ ތެރެއިން އެންމެ ފުރަތަމައަށް ނައިޖީރިއާއަށް އައިސްފައިވަނީ ޕޯޗުގީޒުންނެވެ. 1901 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހު ނައިޖީރިއާ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިޔައެވެ. ނައިޖީރިއާއަށް މިނިވަންކަން ލިބުނީ 1 އޮކްޓޯބަރު 1960 ގައެވެ. ނައިޖީރިއާގައި ޑިމޮކްރަސީއެއް މި ފަހުން ޤާއިމުވީ 1999 ވަނަ އަހަރުގައެވެ. މިއަދު ނައިޖީރިއާގައި ހިނގަމުންދާ ހަމަނުޖެހުމަކީ އެ ޤައުމުގައި ތެލުގެ މުއްސަނދިކަން ލިބިފައިވާ ނީޖަރު ޑެލްޓާގެ މިލްކުވެރިކަމަށް ބައެއް ޤަބީލާތަކުން ކުރަމުން ގެންދާ ދަޢުވާއާ ގުޅިގެން ހިނގަމުންދާ ހަމަނުޖެހުމެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
ނައިޖީރިއާގެ އިޤްތިޞާދަކީ މުޅި ދުނިޔޭގައި ވެސް އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް އިޤްތިޞާދެވެ. ޑެމޮގްރަފިކްސް މުޅި ދުނިޔޭގެ އާބާދީގައި ހިމެނޭ ކަޅު މީހުންގެ 20% މީހުންނަކީ ނައިޖީރިއާ މީހުންނެވެ. ލިޔަން ކިޔަން ދަތުމުގެ ނިސްބަތް އުޅެނީ 68% ގައެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
ނައިޖީރިއާ އަކީ އެފްރިކާގެ މިއުޒިކުގެ ހިތް ކަމުގައި ބުނެވެއެވެ. ނައިޖީރިއާގެ މިއުޒިކުގައި ކޮންގޯ، ބުރެޒިލް އަދި ކިއުބާގެ ރަހަތައް ހިމެނިފައިވެއެވެ. ތަފާތު ދީންތަކުގެ މީހުން ދިރިއުޅޭ ނައިޖީރިއާގައި އެންމެ ގިނައީ މުސްލިމުންނާއި ނަޞާރާއިންނެވެ. މީގެ އިތުރުން ހިންދޫ ދީން ފަދަ ދީންދީނަށާއި ބޯދާ އެހެން ދީންތަކަށް ތަބަޢަވާ މީހުން ވެސް އުޅޭމެއެވެ. މީގެ އިތުރުން އިސްލާމް ދީނާއި ކްރިސްޓިއަން ދީނުގެ އުޞޫލުތައް މަސްހުނިކޮށްގެން “ކްރިސްލާމް” ނަމަކަށް ކިޔާ ދީނަކަށް ތަބަޢަވާ މީހުން ވެސް އުޅެއެވެ. މި މީހުން ބައިބަލް އާއި ޤުރުއާނާ ދެފޮތަށް ވެސް އެއް ވަރަކަށް އިޙްތިރާމް ކުރެއެވެ. މި މީހުން އަޅުކަންކުރާ އޮންނަނީ ދެދުވަހެވެ. އެއީ ހުކުރު ދުވަހާއި އާދީއްތަ ދުވަހެވެ. ކަޢުބާގައި ޠަވާފުކުރުމާއި ރޯދަ ހިފުން ފަދަ ކަންތައް ވެސް ޤަބޫލުކުރޭމެއެވެ. އެހެން ނަމަވެސް މިއީ މާގިނަ ބަޔަކު ތަބާާވާ ދީނެއް ނޫނެވެ. ކުޅިވަރަށް ބަލާއިރު ނައިޖީރިއާގައި އެންމެ ގިނަ މީހުން ކުޅޭ ކުޅިވަރަކީ ފުޓުބޯޅައެވެ. ދުނިޔޭގައި އެންމެ ގިނައިން ފުޓުބޯޅަ ކުޅުންތެރީން އެކްސްޕޯޓުކުރާ އެއް ޤައުމަކީ ވެސް ނައިޖީރިއާއެވެ.