ހޯއްގޮއްވާ ކެއްސުން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ހޯއްގޮއްވާ ކެއްސުން(އިނގިރޭސި ބަހުން: Whooping cough) އަކީ ބޯޑްޓެއްލާ ޕާރޓަސިސް ކިޔާ ބެކްޓީރިޔާ އެއްގެ ސަބަބުން ފެތުރޭ ބައްޔެކެވެ. މިބަލި ފެތުރެނީ ނޭވާލުމުގެ ޒަރީޢާއިންނެވެ. ޢާންމުކޮށް މިބަލިޖެހެނީ ތުއްތު ކުދިންނާއި، ކުޑަކުދިންނަށްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ބޮޑެތި މީހުންނަށް ވެސް މިބަލި ޖެހެއެވެ.

މިބަލި ޖެހުމުން ކުރިމަތިވާ އުދަގޫ ތަކުގެ ތެރޭގައި ހޯއްގޮޮއްވާ ކެއްސުން، އަރިދަފުސް އައުން، ހުން އައުން ފަދަ އުދަގޫތައް ހިމެނެއެވެ. ބައެއް ފަހަރު ކެއްސުން ގަނޑު ނިމިގެންދަނީ ހޮނޑުލުން ކުރިމަތިވުމަށްފަހު ގައެވެ.

މިބަލިން ރައްކާތެރިވުމުގެ ގޮތުން ތުއްތު އިރުގައި ޑީޕީޓީ ވެކްސިން ދެވެއެވެ.