ހޮންޑިއުރަސް
| Republic of Honduras
República de Honduras ފަންވަތް:Es icon
|
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: "Libre, Soberana e Independiente" (Spanish) "Free, Sovereign and Independent" |
||||||
| Anthem: National Anthem of Honduras |
||||||
| Capital (and largest city) |
Tegucigalpa 14°6′N 87°13′W / 14.1°N 87.217°W |
|||||
| Official languages | Spanish,garifuna dialect , and other indigenous languages. | |||||
| Ethnic groups | 85% Mestizo 6% Amerindian 1% Black 8% White |
|||||
| Demonym | Honduran | |||||
| Government | Constitutional republic | |||||
| - | President | Porfirio Lobo Sosa | ||||
| - | 1st Vice President | María Antonieta de Bográn | ||||
| Independence | ||||||
| - | from Spain | 15 September 1821 | ||||
| - | from the Federal Republic of Central America | 31 May 1838 | ||||
| Area | ||||||
| - | Total | 112,492 km2 ([[List of countries and outlying territories by total area|102ފަންވަތް:Nd]]) 43,278 sq mi |
||||
| Population | ||||||
| - | August 2009 estimate | 7,810,848² ([[List of countries by population|93ފަންވަތް:Rd]]) | ||||
| - | 2000 census | 6,975,204 | ||||
| - | Density | 64/km2 ([[List of countries by population density|128ފަންވަތް:Th]]) 166/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $32.779 billion[1] | ||||
| - | Per capita | $4,275[1] | ||||
| GDP (nominal) | 2010 estimate | |||||
| - | Total | $14.001 billion[1] | ||||
| - | Per capita | $8,826[1] | ||||
| Gini (1992–2007) | 55.3[2] (high) | |||||
| HDI (2007) | ||||||
| Currency | Lempira (HNL) |
|||||
| Time zone | CST (UTC-6) | |||||
| Drives on the | Right | |||||
| Internet TLD | .hn | |||||
| Calling code | 504 | |||||
| 1 | "Libre, soberana e independiente" is the official motto, by congressional order, and was put on the coat of arms. | |||||
| 2 | Estimates explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected, as of July 2007. | |||||
ހޮންޑިއުރަސް އަކީ މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ޖުމްހޫރިއްޔާއެކެވެ.
ފިހުރިސްތު |
އަވަސް ކަޅިއަކުން ބަލައިލުމެއް [އުނިއިތުރު ގެންނަވާ]
ހޮންޑިއުރަސްގެ ރަސްމީ ބަހަކީ ސްޕެނިޝްބަހާއި ގަރިފޫނާ ޑައިލެކްޓްގެ އިތުރުން އަދިވާސީ ބައެއް ބަސްތަކެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ހޮންޑިއުރަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތެގުޗިގަލްޕާއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ދުސްތޫރީ ޖުމްހޫރިއްޔާއެކެވެ.ޤައުމުގެ އާބާދީއަކީ 7 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 97 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 112492 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ hn. އެވެ. ކޯލިން ކޯޑަކީ +504 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ލެންޕީރާއެވެ.
ނަން [އުނިއިތުރު ގެންނަވާ]
ކުރީން ހޮންޑިއުރަސްއަށް ކިޔައި އުޅުނު ނަމަކީ ސްޕެނިޝް ހޮންޑިއުރަސްއެވެ. އެއީ ބްރިޓިޝް ހޮންޑިއުރަސްއާ ތަފާތު ކުރުމުގެ ގޮތުންނެވެ. ބްރިޓިޝް ހޮންޑިއުރަސްއަށް މިހާރު ކިޔާ ނަމަކީ ބެލީޒްއެވެ.
ޖުޣުރާފީ [އުނިއިތުރު ގެންނަވާ]
ހޮންޑިއުރަސްގެ ހުލަނގުގައި އޮތީ ގުއަޓެމާލާއެވެ. ހުޅަނގު ދެކުނުގައި އޮތީ އެލް ސެލްވަޑޯރ އެވެ. އިރު ދެކުނުގައި އޮތީ ނިކަރާގުއާއެވެ.
ތާރީޚު [އުނިއިތުރު ގެންނަވާ]
އާސާރީ ހޯދުންތައް ހޯއްދަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ހޮންޑިއުރަސްއަކީ ތަފާތު އެތައް ނަސްލެއްގެ މީހުން އެ ޤައުމުގެ ބޯދާ ތާރީޚާ ގުޅިފައިވާ ޤައުމެކެވެ. މި ތާރީޚުގެ އެންމެ މުހިއްމު އެއް ކަމަކީ ހުޅަނގު ހޮންޑިއުރަސްގެ ޝަހަރެއްގައި މާޔާ މީހުން އުޅުން ކަމުގައި ވެސް ތާރީޚު ޢިލްމުވެރީން ވިދާޅުވެއެވެ. މާޔާއިންގެ ޙަޟާރަތު ވަނީ މީލާދީން 900 ގެ އަހަރުތަކަށް އެޅުނު އިރު ވަރަށް ބޮޑަށް ދަށަށް ދާން ފަށާފައެވެ. އެހެން ނަމަވެސް 1200 ވަނަ އަހަރާ ހަމައަށް ވެސް މި ސަރަޙައްދުގައި މީހުން އުޅުނުކަން ސާބިތުވެއެވެ. އިސްޕޭނު މީހުން މި ސަރަޙައްދަށް އައި އިރު މާޔާއިންނެއް މިތާކު ނެތެވެ. މި ހިސާބުގައި ތިބީ މާޔާއިން ނޫން އެހެން ދަރިކޮޅެއްގެ ބައެކެވެ. މީލާދީން 1502 ގައި “އައު ދުނިޔެ” އަށް ކުރެއްވި ހަތަރު ވަނަ އަދި އެންމެ ފަހު ދަތުރުގައި ކްރިސްޓަފަރ ކޮލަންބަސް ވަނީ ހޮންޑިއުރަސްގެ އައްސޭރީގައިވާ ބޭއި އައިލެންޑްސްއަށް ދުރުވެފައެވެ. އިސްޕޭނު މީހުންނަށް މި ތަން ފެނުމަށް ފަހު، މިއަދުގެ ހޮންޑިއުރަސް ވެސް ވެގެން ދިޔައީ އިސްޕޭނުގެ ވަރުގަދަ އަމްބަރާޠޫރިއްޔަތުގެ ބަޔަކަށެވެ. އިސްޕޭނު މީހުން ވަނީ ގާތްގަނޑަކަށް ތިން ޤަރުނު ވަންދެން މި ހިސާބުގައި އެމީހުންގެ ވެރިކަން ޤާއިމުކޮށްފައެވެ. އިސްޕޭނު މީހުން ހޮންޑިއުރަސް އަށާއި މެދުތެރޭ އެމެރިކާގެ އެހެން ޕްރޮވިންސްތަކަށް މިނިވަންކަން ދީފައިވަނީ 15 ސެޕްޓެންބަރު 1821 ގައެވެ. ފެޑެރަލް ރިޕަބްލިކް އޮފް ސެންޓްރަލް އެމެރިކާއިން ވަކިވެ މިނިވަން މުސްތަޤިއްލު ޤައުމަކަށް ހޮންޑިއުރަސް އިން ވެފައިވަނީ 31 މެއި 1838 ގައެވެ. އިސްޕޭނު މީހުން ހޮންޑިއުރަސްގައި ވަޒަންވެރިވެގެން ތިބި ދުވަސްވަރުގައި އެންމެ ބޮޑަށް އިސްކަންދީފައިވަނީ ރިހި ނެގުމަށެވެ.
ޑެމޮގްރަފިކްސް [އުނިއިތުރު ގެންނަވާ]
ހޮންޑިއުރަސްގެ އާބާދީގެ 85% އަކީ މެސްޓިޒޯއިންނެވެ. 6% އަކީ އެމެރިންޑިޔަނުންނެވެ. 1% އަކީ ކަޅު މީހުންނެވެ. 8% އަކީ ދޮން މީހުންނެވެ. ހޮންޑިއުރަސްގައި، ކުރީގެ ބައެއް އަދިވާސީ ދަރިކޮޅުތަކަށް ނިސްބަތްވާ މީހުންވެސް ދިރިއުޅެމުން ގެންދެއެވެ. މި ގޮތުން ފާހަގަކޮށްލެވެނީ ގުއަޓެމާލާ ބޯޑަރު ކައިރީގައި އުޅޭ މާޔާއިންގެ ގުރޫޕަކާއި ގަރިފޫނާއިންނެވެ. މީގެ އިތުރުން ޕާޔާ އިންޑިޔަނުންގެ ގުރޫޕެއް ކަމުގައިވާ ޕެޗުންނާއި ތޮލޫޕަން އާއި ލެންސާއިންނާއި މިސްކިޓޯއިން ހިމެނެއެވެ. ހޮންޑިއުރަސްގެ ކަޅު މީހުން ދިރިއުޅެމުންދަނީ ކެރީބިޔަން އައްސޭރީގައެވެ. މީގެ ތެރޭގައި ގިނައީ ވެސްޓް އިންޑީޒްގެ ރަށްތަކަށް ނިސްބަތްވާ މީހުންނެވެ.
ސަގާފަތު [އުނިއިތުރު ގެންނަވާ]
ހޮންޑިއުރަސްގެ ސަގާފަތަށް ބަލާއިރު ފެންނާނީ ލެޓިން އެމެރިކާގެ އެހެން ޤައުމުތަކާ ވަރަށް އެއްގޮތް ޤައުމެއްގެ ގޮތުގައެވެ.
އިޤްތިޞާދު [އުނިއިތުރު ގެންނަވާ]
ހޮންޑިއުރަސްގެ އިޤްތިޞާދު މަޑު މަޑުން ކުރިޔަށްދާ ކަމުގައި އިޤްތިޞާދީ މާހިރުން ވިދާޅުވެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 4275 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found