ހޮންކޮންގު
ހޮންކޮންގަކީ މިހާރަށް ބަލާއިރު ސީނުކަރަ ނުވަތަ ޗައިނާގެ ޚާއްޞަ އިދާރީ ސަރަޙައްދެކެވެ. އެހެން ނަމަވެސް މިއީ ކުރީން އިނގިރޭސި ވިލާތުގެ ދަށުގައި އޮތް ޤައުމެއްގެ ގޮތުގައި ބެލެވެމުން އައި ތަނެކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
ހޮންކޮންގުގެ ރަސްމީ ބަހަކީ އިނގިރޭސި ބަހާއި ޗައިނާ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ހޮންކޮންގަރސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ހޮންކޮންގު ޝަހަރެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ މުސްތަޤިއްލު ނޫން ބައި ޑިމޮކްރަސީއެކެވެ. ވެރިކަން ހިންގާ ފަރާތަކީ ރައްޔިތުން އިންތިޚާބުކުރާ ފަރާތެއް ނޫނެވެ. ޤައުމުގެ އާބާދީއަކީ 7 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 98 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1104 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ hk. އެވެ. ކޯލިން ކޯޑަކީ +852 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ހޮންކޮންގު ޑޮލަރެވެ.
[އުނިއިތުރު ގެންނަވާ] ނަން
ހޮންކޮން އަކީ ކެންޓަނީސް ބަހުން ކިޔާ ނަމެކެވެ. މި ނަމުގެ އިނގިރޭސި މާނައަކީ ތާޒާ ހާބަރެވެ. 1842 ވަނަ އަހަރުގެ ކުރީން ހޮންކޮންގު މި ނަން ދެވިފައިވަނީ މިހާރުގެ އަބެރްދީން ހާބަރަށެވެ. 1842 ވަނަ އަހަރުން ފެށިގެން މުޅި މި ރަށަށް ކިޔާ ނަމެއްގެ ގޮތުގައި ހޮންކޮންގު ބޭނުން ކުރެވެން ފެށިއެވެ.
[އުނިއިތުރު ގެންނަވާ] ޖުޣުރާފީ
ހޮންކޮންގު އޮންނަނީ ސީނުކަރަ ނުވަތަ ޗައިނާގެ ދެކުނު އައްސޭރީގައެވެ. އެއީ މަކާއުގެ އިރުމަތިން އެ ތަނާ 60 ކިލޯމީޓަރު ދުރުގައެވެ. ހޮންކޮންގުގެ ސަރަޙައްދު ކަމުގައި ބެލެވިފައިވަނީ ހޮންކޮންގު ޖަޒީރާ އާއި ކޮވްލޫން ޕެނިންސޫލާ އާއި ނިއު ޓެރިޓަރީޒްގެ އިތުރުން ކައިރީގައި އޮންނަ 200 ޖަޒީރާއެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
ހޮންކޮންގުގެ ތާރީޚު ފެށިފައިވަނީ ޗައިނާގެ ދެކުނު އައްސޭރީގައި އޮތް ރަށެއްގެ ގޮތުގައެވެ. ހޮންކޮންގޭ ކިޔާ ރަށުގައި މީހުން ދިރިއުޅެން ފަށާފައިވާ ކަމަށް އާސާރީ ހެކިތަކުން ފެންނަނީ މީގެ އެތައް ސަތޭކަ އަހަރެއް ކުރީންނެވެ. ހޮންކޮންގުގެ ވަޒަންވެރީން އެންމެ ފުރަތަމަ ކޮށްފައިވާ ކަމެއް ކަމުގައި ފެންނަނީ މަސްވެރިކަމެވެ. އޭގެ ފަހުން ލޮނު އުފައްދަން ފަށާފައިވެއެވެ. ދެން އެއަށް ފަހު ވިޔަފާރީގެ މަރުކަޒަކަށް މި ރަށް ވަނީ ވެފައެވެ. މިއަދު މުޅި ދުނިޔޭގައި ވެސް ޖީ.ޑި.ޕީ ބޮލަކަށް ޖެހޭ ނިސްބަތް އެންމެ މަތީ ޤައުމުތަކުގެ ލިސްޓްގެ 6 ވަނައިގައި އޮތް ހޮންކޮންގު އެ ހިސާބަށް ގެންގޮސްފައިވަނީ އިނގިރޭސީންނެވެ. މީގެ އެތައް ސަތޭކަ ނުވަތަ އެތައް ހާސް އަހަރެއް ކުރީން ހޮންކޮންގުގައި މީހުން ދިރިއުޅެން ފަށާފައިވީ ކަމަށް ވިޔަސް، ލިޔެކިޔުމުގައި ހޮންކޮންގު މިނަން، މި ރަށުގެ ނަމެއްގެ ގޮތުގައި ބޭނުން ކުރެވެން ފަށާފައިވަނީ މީލާދީން 1842 ވަނަ އަހަރުގައެވެ. ޔޫރަޕުގެ މީހަކަށް އެންމެ ފުރަތަމައަށް މި ރަށަށް އައި މީހަކީ ޕޯޗުގަލްގެ މީހެއް ކަމުގައިވާ ޖޯޖް އަލްވާރޭޒް އެވެ. އެއީ މީލާދީން 1513 ވަނަ އަހަރުގައެވެ. ސީނު ކަރައިގެ ކިންގް ދަރިކޮޅުން އަފިހުން އިމްޕޯޓްކުރުމާ ދެކޮޅު ހެދުމުގެ ސަބަބުން މީލާދީން 1839 ވަނަ އަހަރު ޗައިިނާ އާއި އިނގިރޭސީންނާ ދެމެދު “ފުރަތަމަ އަފިިހުން ހަނގުރާމަ” ހިނގިއެވެ. 1841 ވަނަ އަހަރު އިނގިރޭސީން ހޮންކޮންގު ހިފިއެވެ. އަދި ހަނގުރާމަ ނިމުމުން ހޮންކޮންގު ރަސްމީ ސިފައެއްގައި އިނގިރޭސީންގެ އަތްމައްޗަށް ޗައިނާއިން ދޫކޮށްލިއެވެ. އެއީ “ޓްރީޓީ އޮފް ނަންކިންގް” ގައި އެއްބަސްވެފައިވާ ގޮތުގެ މަތީންނެވެ. މި ޓްރީޓީ ގައި ސޮއިކުރެވުނީ 29 އޯގަސްޓް 1842 ގައެވެ. 1860 ވަނަ އަހަރު “ދެވަނަ އަފިހުން ހަނގުރާމަ” އިގައި ޗައިނާ ބަލިވުމުން ކޮވްލޫން ޕެނިންސޫލާ އާއި ސްޓޯންކަޓަރސް އައިލެންޑް އިނގިރޭސީންނަށް ލިބުނެވެ. މީލާދީން 1898 ގައި “ކޮންވެންޝަން ފޯރ ދަ އެކްސްޓެންޝަން އޮފް ހޮންކޮންގް ޓެރިޓަރީ” ގެ ދަށުން ލަންޓައު އައިލޭންޑާއި އެއާ ޖެހިގެން އުތުރަށް ހުރި ރަށްތައް (ނިއު ޓެރިޓަރީޒް) 99 އަހަރަށް އިނގިރޭސީންނަށް ލިބުނެވެ. މިއަދާ ހަމަޔަށް ވެސް ހޮންކޮންގުގެ ޓެރިޓަރީގެ ގޮތުގައި އޮތީ މި ތަންތަނެވެ. އެއްވެސް ބަދަލެއް ނެތިއެވެ. އިނގިރޭސީންނާއި ޗައިނާ މީހުންނާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހޮންކޮންގު ޗައިިނާއާ ޙަވާލުކުރީ 1 ޖުލައި 1997 ގައެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
އާބާދީގެ 95% އަކީ ޗައިނާ ދަރިކޮޅު މީހުންނެވެ. އެހެން ނަސްލުތަކަށް ނިސްބަތްވާ މީހުން ވިޔަފާރި އާއި ވަޒީފާ ތަކުގައި ޙަރަކާތްތެރިވެއެވެ. ސަގާފަތު ހޮންކޮންގުގެ ސަގާފަތަކީ ހުޅަނގުގެ ސަގާފަތާއި މަސްހުނި ވެފައިވާ ޗައިނާގެ ސަގާފަތެކެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
ކޮމިއުނިސްޓް ޗައިނާގެ ބައެއްގެ ގޮތުގައި އޮތަސް، އެއް ޤައުމެއް، ދެ އުޞޫލެއް، ގެ ދަށުން ހޮންކޮންގުގައި އޮތީ މިނިވަން ވިޔަފާރީގެ ވެށްޓެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 44413 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found
