ހުންކޮށި ފަޅައިގެންދިއުން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ހުންކޮށި ފަޅައިގެންދިއުން (އިނގިރޭސި ބަހުން: Ruptured spleen) އަކީ ވަރަށް މަދުން ނަމަވެސް ދިމާވާ ޞިއްޙީ މައްސަލަ އެކެވެ. މިއީ ޞިއްޙީ ގޮތުން ދިމާވެދާނެ އިމަޖެންސީ ނުވަތަ އަވަސް ފަރުވާ ބޭނުންވާނެ ޙާލަތެކެވެ. އެގޮތުން މެޑިކަލް އަދި ސަރޖިކަލް ފަރުވާ އަވަސް ގޮތެއްގައި ލިބެންޖެހެއެވެ.

ލޭއަޅާ ބަލި އަދި ބައެއް ވައްތަރުގެ ލޭމަދުވުން ހުންނަ މީހުންނަށް ފަރުވާ ކުރުމުގެ ތެރޭގައި ހުންކޮށި އޮޕަރޭޝަން ކޮށްގެން ނަގަން ޖެހެއެވެ. ހުންކޮށި ނަގައިފިނަމަ ރައްކާތެރިވުމުގެ ގޮތުން ތަފާތު ވެކްސިން ތަކާއި ހަށި ދަމަނަ ތައް ހަށިގަނޑަށް ފޯރުކޮށްދޭން ޖެހެއެވެ. އެއީ ހުންކޮށި އަކީ ތަފާތު ބަލިތަކުން ދިފާޢުވުމުގައި މުހިއްމު ރޯލެއް ކުޅޭ އެއްޗަކަށްވެފައި ހުންކޮށި ނެތުމުން ގެއްލިގެންދާ ބައި ފޫބެއްދުމަށްޓަކައެވެ.