ހިއުމަން ޕްލަސެންޓަލް ލެކްޓަޖަން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ހިއުމަން ޕްލަސެންޓަލް ލެކްޓަޖަން ނުވަތަ (އިނގިރޭސި ބަހުން: Human placental lactogen)އަކީ މަސް ނުވަތަ ޕްލަސެންޓާ އިން އުފައްދައި ދޫކުރާ ޕޮލިޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯންގެ އޮނިގަނޑާއި، މިހޯރމޯން އިން ކޮށްދޭ މަސައްކަތް ގްރޯޘް ހޯރމޯން އާ ވަރަށް އެއްގޮތެވެ. ކުޑަ ދަރިފުޅަށް މާބަނޑު ދުވަސްވަރު ބޭނުންވާ ހަކަތަ ފޯރުކޮށް ދިނުމަށްޓަކައި މާބަނޑު އަންހެނާގެ މެޓަބޮލިކް ސްޓޭޓް މާބަނޑު ދުވަސްވަރު މިހޯރމޯން މޮޑިފައި ކުރުވައެވެ. މިއީ އިންސޫލިން އާ ދެކޮޅު ހޯރމޯން އެކެވެ. މިހޯރމޯން އަށް ހިއުމަން ކޮރިއޮނިކް ސޯމަޓަމެމޯޓްރޮޕިން އޭ ވެސް ކިޔައެވެ.