ހަނދު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ހަނދު، އަކީ ބިމަށް ނިސްބަތްވާ ހަމައެކަނި ތޮބީއީ ސެޓްލައިޓެވެ. އަދި އިރަވީ ނިޒާމުގައި ފަސްވަނައަށް އެންމެ ބޮޑު ސެޓަލައިޓެވެ. ހަނދަކީ އަރުޒުގެ އުޑުގައިވާ ދެވަނައަށް އެންމެ ބްރައިޓް އޮބްޖެކްޓެވެ. އިރަވީ ނިޒާމުގައިވާ އެހެން ޕްލެނެޓް ތަކަށް ނިސްބަތް ވާ ތޮބީއީ ސެޓްލައިޓް ތަކަށް ވެސް ހަނދޭ ކިޔެއެވެ. ހަނދުގެ ޑަޔަމީޓަރަކީ ގާތްގަނޑަކަށް 3480 ކިލޯމީޓަރެވެ. ނުވަތަ އަރުޒުގެ ޑަޔަމީޓަރުގެ ހަތަރު ބައިކުޅަ އެއްބައެވެ. ހަނދުގެ މާސް އަކީ އަރުޒުގެ މާސްގެ 1.2 އިންސައްތައެވެ. ހަނދުގެ އެވަރެޖް ޑެންސިޓީ އަކީ އަރުޒުގެ ޑެންސިޓީގެ ފަސްބައިކުޅަ ތިންބައެވެ.